އިސްރާއީލުން މިހާރު ފަލަސްތީނުގެ ޣައްޒާގައި ކުރަމުން ގެންދާ ހަނގުރާމައަށް ފަހު ޣައްޒާގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ އިސްރާއީލުން ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިއްޔެ ދިން ބަސްދީގަތުމެއްގައި ހަނގުރާމައަށްފަހު ޣައްޒާގެ ކަންތައްތައް ބަލަހައްޓާނީ ކޮންބައެއްތޯ ކުރި ސުވާލަށް ޖަވާބު ދެމުން ނަތަންޔާހޫ ބުނެފައިވަނީ “މުއްދަތެއްނެތް ގޮތަށް” ޣައްޒާގެ ސަލާމަތީ ކަންތައްތަކުގެ ޒިންމާ ނަގާނީ އިސްރާއީލުން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

”އަހަރެމެންގެ އަތުގައި ސަލާމަތީ ކަންކަމުގެ ޒިންމާ ނެތް ހާލަތުގައި މި އޮންނަނީ ހަމާސްގެ ނިރުބަވެރިކަން ހިތަށް އަރުވާލަންވެސް ދަތި ދަރަޖައަކަށް މައްޗަށް ގޮސްފައި.” ނަތަންޔާހޫ ބުނެފައި ވެއެވެ.

ޣައްޒާގައި ހަމާސްގެ ބެލުމުގައި ދަށުގައި ތިބި މީހުން މިިނިވަން ކުރަންދެން ހަމަލާތައް ހުއްޓާނުލާނެ ކަމަށްވެސް ނަތަންޔާހޫ ވަނީ އަނެއްކާވެސް ބުނެފައެވެ. ނަމަވެސް އެހީ ވެއްދުމަށާއި، ހައްޔަރުގައި ތިބި މީހުން ނުކުތުމަށް ހަމަލާތަކަށް ކުދި ކުދި މަޑު ޖައްސާލުންތައް ގެނެވިދާނެ ހާލަތްތައް ބަލާނެ ކަމުގައި އޭނާ ބުނެފައިވެއެވެ.

ނަތަންޔާހޫ މިހެން ބުނެފައިވާއިރު، ހަނގުރާމައަށް ފަހު ޣައްޒާގެ ވެރިކަން ކުރާ ޖަމާއަތުގެ ގޮތުގައި ހަމާސް ނޯންނާނެ ކަމަށާއި، ހަނގުރާމައިގެ ފަހުން އިސްރާއީލުގެ އަސްކަރިއްޔާއަށް ޣައްޒާގައި “ފުރިހަމަ މިނިވަންކަން” ލިބޭނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލެންޓް ވެސް ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ބޮން އަޅަމުން ގެންދާއިރު، ހަމަލާތައް ހުއްޓާލަން ބައިނަލްއަގުވާމީ އެތައް ފަރާތަކުން ދަނީ އިސްރާއީލަށް ގޮވާލަމުންނެވެ.

ޣައްޒާ ވެފައިވަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށް ކަމަށް ބުނެ އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްވެސް ވަނީ މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް އިއްޔެ ގޮވާލައްވާފައެވެ.

އިސްރާއީލުން މެދު ނުކެނޑި ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ މިއަދަށް އެއް މަސް ދުވަސް ވެގެން ދާއިރު މިހާތަނަށް ޣައްޒާގެ 10328 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 4237 ކުޑަކުދިންނާއި 2719 އަންހެނުން ހިމެނޭ އިރު، 25965 މީހުން ޒަހަމްވެފައި ވާކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.

ނަތަންޔާހޫ ވަނީ ޣައްޒާއިން ރިޕޯޓު ކޮށްފައިވާ ޝަހީދުވީ މީހުންގެ އަދަދާއި މެދު ދެކޮޅު ހަދާ، އޭގެ ތެރޭގައި “އެތައް ހާސް” ފަލަސްތީނުގެ މުޖާހިދުން ހިމެނޭ ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ ހަމާސް އިން ޣައްޒާގެ ރައްޔިތުން ނިވާފަތްގަނޑަކަށް ހަދާ ކަމަށްވެސް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ކަލޭގެ ނިމުން ހިތި ގޮތަކަށް ގެންނަވާށި

    74
    0
  2. ޅިޔަނުބެ

    ކަލެއަށް ހަލާކުހުރި މިހިރަ ލުއްޗާ ނަތަންޔާހު. ކަލޭގެ ނިމުން ޝެރޮން އަށްވުރެ ހާލު ބޮޑުވާނެ އިންޝާ ﷲ

    67
  3. Anonymous

    ހަނގުރާމައަށްފަހު އިސްރާއީލުގެ ކަންތައް ބަލަހައްޓާނީ ޙަމާސްއިން

    74
    0
  4. ފަލަސްތީން

    ފަލަސްތީނާ ބެހޭ ފޮޓޯތަކާ މައުލޫމަތު ޝެޔާކޮއްބަލަ ދިވެހިންނޭ އޭރުން މީހުންނަ އެގޭނީ ވާނުވާ.

    14
  5. ޭނޯންނާނެ

    ކަލޭގެކަންތައްތައް ބަލަހައްޓާނީ މަ. ޢާދޭ މަކައިރިއަށް.

  6. މަޑޭ

    މި ވަބާ ކޮވިޑް 19އަށް ވުރެ ވެސް ނުރައްކާތެރި.މި ބަލާވެރިކަން ފަލަސްތީނަށް ޖެހިގެން މިއުޅެނީ. މީނާ ގެ ނިމުން ހިތިވާނެ. އުމުރު ގެ ބާކީބައި ވެސް މީހުން މެރުމުގައި އެ ހޭދަކޮށްލަނީ .ކޮން ކަހަލަ ހައިވަނެއް މީ. ފަލަސްތީނު ރައްޔިތުން އިރާދުކުރެވިއްޔާ މިނިވަންވާނެ.

  7. Anonymous

    ނަރަކައިގެ އަލިފާންގަނޑެތެރޭ އޮވެ އަޒާބަށް ތެޅެމުން ތި ކަމެއް ކަލޭ ކުރަން ރެޑީވޭ އިންޝާﷲ ތިދައްޖާލު ދުނިޔޭ ހުރިހާ ދުވަހަކު ތިދުވަހެއް ކަލޭ އަކަށް ހުވަފެނަކުންވެސް ނުފެންނާނެ

    10
  8. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ﷲއިރާދަފުޅުން ކަލެއާ ކަލޭގެ ސައިތާނީ ބާރުތައް ފުޑުފުޑުވެ ނެތިދާނެ މުޖާހިދުންނައް ﷲނަސްރުމިންވަރުކޮށްދެއްވާނެ އިސްރާއީލްކިޔާ ޓެރެރިސްޓު ވަލުކުއްތާތައް ބަލަހައްޓާނީ މުޖާހިދުން

    12
  9. ސދފފ

    ކަލޭމެން އަބަދުވެސް ތި ބަލަހައްޓނީ

  10. ޑިމޮކްރަސީ

    ޣައްޒާގެ ރައްޔިތަކު ނުހުންނާނެ މިދުނިޔޭގައެއް ކަލޭ ބަލަހައްޓާކައް މިހިރަ ނުލަފާ ދައްޖާލާ އެތަން މިހާރުވެސް އެދަނީ ކަލެއާއި ކަލޭގެ ޖައްލާދުން ވީރާނާ ގަބުރުސްތާނަކަށް ހަދަމުން

  11. އަހްމަދު

    ޢައްޒާގެ ކަންކަން ނިންމާނީ ޔަހޫދީ ޓެރެރިސްޓުންނެއް ނުން! އެކަން ނިންމީނީ ފަލަސްތީނާއި އައްޒާގެ ރައްޔިތުން! ޔާﷲ ގަދަހިއްޕެވުމަކުން މިމީހުންގެ މަރު ހިއްޕަވާށި. އާމީން

  12. ބޭބެ

    ﷲ ގެ އިރާދަ ފުޅުން އެކަން އެގޮތަކަށް ނުހިނގާނެ. ތީ ކަލޭމެންގެ ތަދުބީރު. ﷲ ގެ ތަޤްދީރު އަދިވޭ.

  13. ޑޭޝް އަޙްމަދު

    ﷲ އިރާދަކުރެއްވިޔާ ތިކަން ތިޔަހެން ނުވާނެ.