ޕްރެޝަރު ކުރި ނަމަވެސް، ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާނުލާނެ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފިއެވެ.
ނޫސްވެރިންނާއި ބައްދަލުކޮށް، ނިރުބަވެރި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު، ޔޮވް ގަލަންޓް ބުނެފައިވަނީ ކޮންމެ ބަޔަކު ޕްރެޝަރު ކުރި ނަމަވެސް އިސްރާއީލުން ތިބެން ޖެހޭނީ ހަނގުރާމައިގައި ސާބިތުކަންމަތީ ކަމަށެވެ.
އިސްރާއީލަށް އޮންނަ ޕްރެޝަރު ބޮޑުވާނެ ކަމަށާއި ކުރިއަށް އޮތްތާ އުނދަގޫ ނިންމުންތަކެއް ނިންމަން މަޖުބޫރުވެދާނެކަން ފާހަގަ ކުރަމުން އޭނާ ބުނީ، ކާމިޔާބީއާއި ހަމައަށް ވާސިލުވެގެން ނޫނީ ހަނގުރާމަ ހުއްޓާނުލެވޭނެ ކަމަށެވެ.
"ފަހަތަށް ޖެހުމެއް ނެތް. ހުއްޓުމެއް ވެސް ނެތް. ދާނީ ކުރިއަށް" އޭނާ ބުންޏެވެ.
ގަލަންޓް ބުނީ، އިސްރާއީލުގެ މީހުން ހަނގުރާމަ ކުރަމުން އަންނަނީ ޣައްޒާގެ މައި ސަރަހައްދުތަކުގައެވެ.
ކޮންމެ ހާލަތެއްގައި ވެސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ގަލަންޓް ބުނެފައިވަނީ ގިނަ ގައުމުތަކުން އެހަނގުރާމަ ހުއްޓާލުމަށް ގޮވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ އެމެރިކާއިން ވެސް ވަނީ ހަނގުރާމައިގައި އާންމުންގެ ގިނަ ބަޔަކު ޝަހީދު ނުވަތަ މަރުވަމުން އަންނަކަން ފާހަގަކޮށް، އިންސާނީ އެހީ ޣައްޒާއަށް ވައްދައި ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލަން ގޮވާލާފައެވެ. ނަމަވެސް އެމެރިކާއަކީ މިހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީފައިވާ ގައުމެވެ.
ޕްރެޝަރުގެ ވާހަކަ އިސްރާއީލުން ދައްކާފައިވާއިރު، އަރަބި ގިނަ ގައުމުތަކުން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅެއް ވެސް އަޅާފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.
އަރަބި ގައުމުތަކުން އިސްރާއިލްއަށް ކިހިނެއް ދަތިކުރާނީ އެއަށްވުރެ އަރަބިންގެ ހާލު މާދައް
ޕްރެޝަރުގެ ވާހަކަ އިސްރާއީލުން ދައްކާފައިވާއިރު، އަރަބި ގިނަ ގައުމުތަކުން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅެއް ވެސް އަޅާފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.
ޢަރަބި ގައުމުތައް މަޑުން ތިބިއްޔާ ދެން ބޮން އަޅާނީ އެމީހުންގެ ބޮލައް. މިހިން ނުވާން ބޭނުމިއްޔާ އިޒުރޭލާ ދެކޮޅަށް ހަގުރާމަ އިއުލާން ކުރޭ
ޔާﷲ ޔަހޫދީ އިސްރާއިލްގެ ޓެރެރިސްޓުން ބަލިކޮށް ނިކަމެތި ކުރައްވާށި. އާމީން!
ތިއީ ހިތްވަރެއް ހުރި ބައެއް ނޫން! ދުނިޔެ އެއްކޮޅަށް ލައިގެން އިުޅޭއިރު ރައިފަލްގަނޑެއް ހިފައިގެން އުޅޭ ދެތިން ސަތޭކަ މުޖާހިދުން ބަލިނުކުރެވެގެން ކުށެއް ނެތް މީހުން މަރަނީ.