ފަލަސްތީނުގެ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ހޮސްޕިޓަލްގައި ވަގުތީ ހިޔާވަހިކަން ހޯދަމުން އަންނަ ކުދިންތަކެއް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ކުދިންގެ ހާލަތު ދުނިޔެ އަށް ކިޔައި ދީފިއެވެ.
ޣައްޒާގެ ކުޑަކުދިންގެ ތެރެއިން މިވަގުތު އަލް ޝިފާ ހޮސްޕިޓަލުގައި ދިރިއިއުޅޭ އެ ކުދިން ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ހޮސްޕިޓަލުގެ ގޯތިތެރޭގައެވެ.
ޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށްވެފައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެތަނުގެ ބޯހިޔާވަހިކަން ހޯދަމުންނެވެ.
ޣައްޒާގެ ކުދިން ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގެ ބޭނުމަކީ ބައިނަލް އަގުވާމީ ދުނިޔެއަށް އެކުދިން މިވަގުތު ތަހައްމަލު ކުރަމުންދާ ކަންކަން ހާމަކޮށްދިނުމެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަމުން ކުޑަ ކުއްޖަކު ބުނީ މިދިޔަ މަހުގެ ހަތަކުން ފެށިގެން ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި އިސްރާއިލުން ދަނީ އެކުދިންގެ ބޮލަށް ބޮން އަޅުމުންކަމަށެވެ. އިސްރާއިލުން ބޮން އަޅަމުން ދަނީ ހަނގުރާމަވެރިންނަށް ކަމަށް ބުނެ ދޮގު ހަދަމުންދާ ކަމަށް ބުނެފައިވެއެވެ.
އެ ކުއްޖާ ބުނި ގޮތުގައި އިސްރާއީލުން ނަތީޖާއެއްގެ ގޮތުން ޝަހީދު ކުރަނީ ކުށެއް ނެތް ކުޑަކުދިންނެވެ. އަދި އެ ކުދިންގެ ކުރިމަގަށް ދެކެމުންދިޔަ އުންމީދުތަކާއި ހުވަފެންތައް ވިއްސިވިހާލިވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
"އަހަރެމެން އަތުގައި ކާނެ އެއްޗެއް ބޯނެ ފެނެއް ނެތް، އަހަރުމެން އަތުގައި ކާނެ ރޮއްޓެއް ނެތް، އަހަރުމެން ބޯން ބޭނުން ކުރަމުން މިދަނީ ނުސާފު ފެން" އެ ކުއްޖާ ބުނެފައިވެއެވެ.
އެ ކުއްޖާ ބުނެފައިވަނީ އެމީހުންގެ ގެދޮރު ދޫކޮށް އަލްޝިފާ ހޮސްޕިޓަލްއަށް ދިޔައީ ބޮން އަޅާތީ ރައްކާތެރިކަން ހޯދަން ކަމަށެވެ. ނަމަވެސް މިހާރު އެތަނަށް ބޮން އަޅައި އެތަނުންވެސް ވަނީ އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ކުއްޖާ ބުނެފައިވެއެވެ.
"އަހަރެމެންނަކީ ކުޑަކުދިން، އަހަރުމެން މިއަދު މި ގޮވާލާނީ އަަހަރުމެން ހިމާޔަތް ކޮށްދިނުމަށް، އަހަރުމެން މަރަމުން ދިޔުމާއި ދެކޮޅަށް ތެދުވުމަށް، އަހަރުމެންވެސް ދިރިއުޅެން ބޭނުންވޭ، އަހަރުމެން ބޭނުންވަނީ ސަލާމަތްތެރިކަން، އަހަރުމެން ބޭނުންވަނީ އަހަރުމެންގެ މަރުގެ މައްސަލަތަކަށް އިންސާފު، އަހަރުމެން ބޭނުންވަނީ ކިޔަވަން، އަަހަރުމެން ބޭނުންވަނީ ދިރިއުޅެން" އެ ކުއްޖާ އަސަރާ އެކު ކިޔައި ދިނެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލްގެ ޔަހޫދީން ފެށި ގަތުލުއާންމުތަކުގައި މިހާތަނަށް ޣައްޒާގެ 4100 އަށް ވުރެ ގިނަ ކުދިން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 1500 އާ ގާތް ކުރާ އަދަދަކަށް ކުޑަކުދިން ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވެއެވެ.
މިތިބީ ތިޔަކުދިންނައް ލޯބިދީއަޅަލާ ހިތުން ކެތްމަދުވެފަ. އެކަމަކު ތިޔަކުދިންގެ އާދޭސް ތަކާ އިހްސާސް އެއީދުނިޔޭގެ ކަންފަތްތަކުން އަހާއަޑެއްނޫން. ބޮޑުޖުއްބާ އެޅިއަރަބިން ތިބީ އެމެރިކާ އަދި އިނގިރޭސީންގެ އަތްދަށުވެވިކިފަ. ސައިލެންޓްލީ އެބައިމީހުންހިންގާ ޖަރީމާތްކުގަ ތާށިވެފިތިފަ. މާތްﷲތިޔަކުދިންނައް އުފާފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި. އާމީން.
މިތިބީ ތިޔަކުދިންނައް ލޯބިދީއަޅަލާ ހިތުން ކެތްމަދުވެފަ. އެކަމަކު ތިޔަކުދިންގެ އާދޭސް ތަކާ އިހްސާސް އެއީދުނިޔޭގެ ކަންފަތްތަކުން އަހާއަޑެއްނޫން. ބޮޑުޖުއްބާ އެޅިއަރަބިން ތިބީ އެމެރިކާ އަދި އިނގިރޭސީންގެ އަތްދަށުވެވިކިފަ. ސައިލެންޓްލީ އެބައިމީހުންހިންގާ ޖަރީމާތްކުގަ ތާށިވެފިތިފަ. މާތްﷲތިޔަކުދިންނައް އުފާފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި. އާމީން. އާމީން އާމީން.