ޣައްޒާގެ ގިނަ ރައްޔިތުން ތަކެއް ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލަކަށް ނިރުބަވެރިން ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

ނިރުބަވެރިން ބޮމުގެ ހަމަލާތަކެއް ދީފައިވަނީ ޣައްޒާގެ ކޮން ސްކޫލަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ބޮމުގެ ހަމަލާތައް ދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި މި ހަމަލާގައި އެތަނަށް ލިބުނު ގެއްލުން އަދި ބަޔަކު ޝަހީދު ނުވަތަ މަރުވި ކަމެއް ވެސް އެނގިފައެއް ނުވެއެވެ.

ހައްދުފަހަނަ އަޅާފައިވާ. ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ކުށެއް ނެތް އެތަކެއް ރައްޔިތުންނަށް ހަމަލާތައް ދެމުން އަންނަތާ މަހެއްހާ ދުވަސްވެފައިވާއިރު، މި ހަމަލާތައް މިހާ ވަރުގަދަ އަށް ފެށިފައިވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހު ފަލަސްތީން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުގެ މުޖާހިދުން ނިރުބަވެރިންނާއި ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ.

އޭގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ނިރުބަވެރިން އަންނަނީ ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕްތައް ވެސް ހިމެނެއެވެ.