ޔޫކްރެއިނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރުކަން ދިނުމަށް ނިންމައިފިނަމަ އެކަމަށް ދެކޮޅު ހަދާނެ ކަމުގެ އިޝާރާތެއް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރު އޮރްބާން ދެއްވައިފިއެވެ.

ޔޫކްރެއިނަކީ މިވަގުތު އީޔޫއާ ގުޅުމުގެ ޝަރުތު ފުރިހަމަ ނުވާ ގައުމެއް ކަމަށް ހަންގޭރީންގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ ސްވިޒަލޭންޑުން ޔޫކްރެއިން އީޔޫއަށް ވެއްދުމުގެ މަސައްކަތް ފެށުމަށް ލަފާ ދީފައި ވަނިކޮށް ކަން ފާހަގަ ކޮށްލަންޖެހެއެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އީޔޫގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުމާ ގުޅޭގޮތުން އީޔޫގެ ވެރިން ވަކި ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އާ ގައުމެއް އީޔޫގެ މެމްބަރަކަށް ހަދަން ބޭނުންވާ ނަމަ ހުރިހާ ގައުމެއްގެ ރުހުން ބޭނުންވާނެއެވެ.

އަދި ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ އީޔޫގެ މެމްބަރު ގައުމުތަކުގެ ތާއީދު ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތަކަށް ގިނަ ހުރަސްތަކެއް އެޅިފައިވާ ކަމެވެ. މީގެ އިތުރުން ރަޝިއާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް ހަތިޔާރު ފޮނުވުމަށް ވެސް ހަންގޭރީން ވަނީ ދެކޮޅު ހަދައިފައެވެ.