ޣައްޒާގައި ތިބި ބަލި މީހުންގެ ތެރެއިން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބަލި މީހުން ތުރުކީއަށް ބަދަލު ކޮށްފިއެވެ.

ތުރުކީވިލާތުގެ ހެލްތް މިނިސްޓަރު، ފަހްރެޓިން ކޮކާއާއި ހަވާލާދީ، އޭއެފްޕީ ނޫހުން ބުނީ، ޣައްޒާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން 27 މީހަކު މިސްރުން އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ބަލި މީހުންނާއި އެކީ އިތުރު 13 މީހަކު އެހީތެރިންގެ ގޮތުގައި ވަނީ ގޮސްފައެވެ. ނަމަވެސް އެއީ އާއިލީ ނުވަތަ ސިއްހީ ހިދުމަތްތެރިކަމެއް ކަށަވަރު ނުވެއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކޮކާ މިސްރަށް ވަޑައިގެންފައިވާއިރު، ބަލި މީޙުން ބަދަލު ކުރެވުނީ، ތުރުކީ، މިސްރު އަދި އިސްރާއީލާއި ދެމެދު އޮންނަ ކޯޑިނޭޝަންގެ ސަބަބުން ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ވެސް އޭނާ ވަނީ ތުރުކީން އިންތިޒާރު ކުރަމުން ދަނީ ރަފާހް ބޯޑަރު ކައިރީގައި އެގައުމުގެ އެހީގައި ހޮސްޕިޓަލެއް އެޅުމުގެ ހުއްދައަށް ކަމަށެވެ.

ބަލި މީހުން ތުރުކީއަށް ބަދަލު ކޮށްފައިވާއިރު، އެމީހުން މިސްރަށް ގޮސްފައިވަނީ ގިނަ ގޮންޖެހުންތަކެއް ގިރާކުރުމަށްފަހުއެވެ، އެގޮތުން ހަނގުރާމަ ފެށުނު ފަހުން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ މެދުކެނޑުމަށްފަހު، ހަނގުރާމުގެ މައިޒާނުގައި އެތަކެއް ދުވަހަކަށް ވަނީ މަޑުކޮށްފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާއް ހުއްޓުމެއް ނެތި ދެމުން އަންނައިރު، ހަނގުރާމައިގެ ތެރެއިން މިހާރު ގިނަ ހަމަލާތައް ދެމުން އަންނަނީ ހޮސްޕިޓަލްތަކަށް ކަން ފާހަގަ ކޮށްލެވެއެވެ.