ފަލަސްތީނުގެ ޣައްޒާއަށް ވަދެ މުޖާހިދުންނާއި ހަނގުރާމަ ކުރަމުން ދިޔަ ނިރުބަވެރި ސިފައިންގެ އިތުރު ދެ މީހަކު މަރާލައިފިއެވެ.

ނިރުބަވެރި ސިފައިން ބުނެފައިވަނީ މަރާލާފައިވަނީ ކިބްބުޓްޒްއަށް އުފަން އުމުރުން 22 އަހަރުގެ ކެޕްޓަން އަސަފް މާސްޓާ އާއި ގުދުސްގެ 22 އަހަރުގެ ކެޕްޓަން، ފިރް އިޓްޒަކް ފްރާންކޯ ކަމަށެވެ. މިދެ ސިފައިން ވެސް މަރާލާފައިވަނީ ޣައްޒާގެ އުތުރުގައި ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއިންނެވެ.

ނިރުބަވެރިން ބުނި ގޮތުގައި މާސްޓާއާއި ފްރާންކޯ އަކީ އާމާޑް ކޯޕްސްގެ 401 ވަނަ ބްރިގޭޑްގައި މަސައްކަތް ކުރަމުން ދިޔަ ދެ މީހުންނެވެ.

މި ދެ ސިފައިން މަރާލުމުގެ ކުރިން ނިރުބަވެރިން ހާމަ ކުރި ގޮތުގައި ޣައްޒާގެ އުތުރުގައި ހަނގުރާމަ ފެށުނު ފަހުން ކުރަމުން އަންނަ ކުރިމަތިލުންތަކުގައި ނިރުބަވެރި ސިފައިންގެ 48 މީހަކު ވަނީ މަރާލެވިފައެވެ. މި ދެ މަރާއި އެކީ މިއަދަދު 50 އަށްވުރެ މައްޗަށް އަރާނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

ހަމާސް ޖަމާއަތުގެ މުޖާހިދުން ނެތި ކޮށްލުމަށް ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، ޣައްޒާގެ އެތެރެއަށް ވެދެ ހަމަލާތައް ދޭން ފެށިތާ ދުވަސްކޮޅެއް ވެފައިވާއިރު، މުޖާހިދުން އަންނަނީ ނިރުބަވެރިން ތިބި ހިސާބުން ކުރިއަށް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ވަރުގަދަ ހަމަލާތަކަކާއި އެކީ ނިރުބަވެރިން ހިފަހައްޓަމުން އަންނައިރު، މިހާތަނަށް މުޖާހިދުންގެ ވެސް ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު މި ހަނގުރާމައިގެ ތެރެއިން މިހާތަނަށް ނިރުބަވެރިންގެ 1،400 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖީ

    އަލްހަމްދުލިއްލާހި ޔާﷲ އިޒުރެއިލުގެ ޔަހޫދީސިފައިން ނެތިކުރައްވާޝި އާމީން

    25
  2. އިބްރާ

    ޣައްޒާ ސަރުކާރުގެ މުޖާހިދުންނާއި އިސްރާއީލޭކިޔާ ޓެރެރިސްޓް އޯގަނައިޒޭޝަނާއި ދެމެދު ކުރެވޭ ހަނގުރާމައިގައި މި ފެނިގެންދަނީ ޓެރެރިސްޓުން ބޮޑުތަނުން ބަލިވަމުންދާ މަންޒަރެވެ. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަލަސްތީންގެ ޣައްޒާ ސަރުކާރަށް އަދި ފަލަސްތީންގެ އެހެނިގެން ސަރަޙައްދުގައި ޖިހާދުކުރަމުންދާ މުޖާހިދުންނަށް ނަޞްރާއި ފަތަޙަ ލިބިގެންދާނެއެވެ.

    23
  3. ހިމާރުލްގައުމު

    ދެ އޫރު ޖަހަންނަމައަށް ފޮނުވާލީ ޝަރަފުވެރި ޢައްޒާގެ މުޖާހިދުން

    20
    0