ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ހައްޔަރު ކޮށްފައިވާ އިސްރާއީލުގެ މީހުން ދޫކޮށްލައިފިނަމަ، ވަގުތީ ގޮތުުން ހަނގުރާމާ ހުއްޓާލާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފއެވެ.
ނަތަންޔާހޫ މިހެން ބުނެފައިވަނީ ސީބީއެސް ނޫހަށް ދިން އިންޓަވިއުއެއްގެ ހަމާސް ޖަމާއަތުން އަތުލައިގަތް ބައެއް މީހުން ދޫކޮށްލުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ ފުރުސަތު އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
އެގޮތުން ނަތަންޔާހޫ ބުނީ، އެއްގަމު މަގުން ޣައްޒާއަށް އެރިފަހުން، މިހާރު ހަމާސް ޖަމާއަތާއި މާ ކައިރިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހަމާސް ޖަމާއަތަށް ޕްރެޝަރު ބޮޑުވެ، ހަނގުރާމަ ހުއްޓާލަން އެފަރާތްތަކަށް މަޖުބޫރުވެފައިވާ ކަމަށެވެ.
ނަމަވެސް އިސްރާއީލުން ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލާނީ ހަމާސް ޖަމާއަތުން އަތުލައިގެންފައިވާ ނުވަތަ ހައްޔަރު ކޮށްފައިވާ އިސްރާއީލް މީހުން ދޫކޮށްލުމުން ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
"އަހަރުމެން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލާނީ އެމީހުން އަހަރުމެންގެ މީހުން ދޫކުރުމުން." އޭނާ ބުންޏެވެ.
ނަތަންޔާހޫ ބުނި ގޮތުގައި ފަލަސްތީނުން އަތުލައިގެންފައިވާ 240 މީހުން އަނބުރާ ހޯދުމަކީ މިހަނގުރަމައިގެ ތެރޭގައި އިސްރާއީލުގެ އެންމެ ބޮޑު އެއް އަމާޒެވެ. މީގެ އިތުރުން ޣައްޒާއިން އިތުރު ނިރުބަވެރިކަމުގެ ހަމަލާއެއް ނާންނާނެ ގޮތަށް ހަމާސް ޖަމާއަތް ނައްތާލައި، ޣައްޒާއަކީ އެހެން ގޮތަކަށް ފެންނަ ޣައްޒާއަކަށް ހެދުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިފަދައިން ވާހަކަ ދެއްކި ނަމަވެސް، ނަތަންޔާހޫ ވަނީ އިސްރާއީލުގެ ރަހީނު ކުރި މީހުންގެ މިނިވަން ކަމުގެ ބަދަލުގައި ފަލަސްތީނު ރައްޔިތުން ދޫކޮށްލަން އެއްބަސްވާނެ ކަމާއި ދެކޮޅު ހަަދާފައެވެ.
ޔަހޫދީންގެ ބަހަށް އިތުބާރުކުރާކަށް ނުވާނެ! މި މީހުން ބުނި ހޮސްޕިޓަލުތަކަށް ތެޔޮ ވެއްދޭނެޔޭ! އެކަމަކު އެކަންވެސް ނުކުރޭ!
ބޭނުން ވަރަކަށް ތަޅާ ސުންނާފަތިކޮށްފަ!
މިހިރަ ބޮޑު ޔަހޫދީ ކަލޭގެޔާ! ހަނގުރާމަ ކުރުމަކީ މަތިން ބޮން އަޅައިގެން ކުށެއް ނެތް އަންނެހެނުންނާ ކުޑަކުދިން މެރުންތަ. އާނ ތިކުރަނީ ހަނގުރާމައެއް. މނޖ ކިޔާބަލަ.
ޙެހެހ ފިތުނީތަ ، ނުވާނެ ތިކަމެއް ، 14000 މީހުންގެ މަރުގެ ދިޔަ ކޮބާ ؟؟؟
ވަގުތީ ގޮތުންތާ ، ކަލޭމެން ބައިސިކުންތައްވެސް އެކަން ކޮއްފާނެ. ހުރި ނުބައި ނުލަފާކަން.
ކުޑަކުދިންނާއި ޢަންހެނުނުންނާއި މުސްކުޅިން މަރައި، މިސްކިތްތަކާ ހޮސްޕިޓަލުތަކާ ހަނގުރާމަކުރާ ފިނޑި ޔަހޫދީ ކަލޭގެ ތެދެއް ބުނިތަ؟ އަސީރުންނޭ ކިޔަނީވެސް ބަހަނާއަކަށް. މި ކަލޭގެ ދައްކާވާހަކަ އަޑުއަހަނީ އެ ދައްޖާލުގެ މުށުތެރޭގައި ފިތިފައި ތިބި ފިނޑިން.