ޣައްޒާގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އަލް-ޝިފާ ހޮސްޕިޓަލް ހުސްކުރަން އަމުރު ކުރި ކަމަށް ބުނެ ދައުރުވަމުން އަންނަ ވާހަކަތައް ނިރުބަވެރި އިސްރާއީލުން ދޮގުކޮށްފިއެވެ.

އަލް-ޝިފާ ހޮސޕްިޓަލް ހުސް ކުރުމަށް އެތަނުގައި ތިބި ބަލި މީހުންނަށާއި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ބޯހިޔާވަހިކަން ހޯދައިގެން ތިބި މީހުންނަށް އެއް ގަޑިއިރުގެ ވަގުތެއްގެ ނިރުބަވެރިން ވަނީ މީގެ ކުރިން ދީފައެވެ. އަދި މިހާރު ނިރުބަވެރިން ވަނީ ބާރުގެ ބޭނުންކޮށް، އެތަން ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ.

މީޑިއާތަކުން އެފަދަ ވާހަކަތައް ދެއްކި ނަމަވެސް، ނިރުބަވެރި އިސްރާއީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ހިސާބެއްގައި ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިން އެތަނުން ހުސް ކުރުމަށް އަންގާފައި ނުވާނެ ކަމަށެވެ.

އޭގެ ބަދަލުގައި އެމީހުން ބުނެފައިވަނީ އެތަނުގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ މީހުން އެހެން ތަނަކަށް ރައްކާތެރި ކަމާއި އެކީ ބަދަލު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ހޮސްޕިޓަލުގެ ޑިރެކްޓަރު އެދިފައިވާތީ އެކަން އެގޮތަށް ކުރުމަށް ކަމަށް ވެސް ނިރުބަވެރިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދެން ވެސް އެފަދަ ގޮތަަކަށް މީހުން އެހެން ތަނަކަށް ބަދަލު ކުރުމަށް އެދެފިނަމަ، އެކަން އެގޮތަށް ކުރާނެ ކަމަށާއި ބަލި މީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލު ކުރުމުގެ ކަންކަން ވެސް ހަމަޖައްސާނެ ކަމަށް ނިރުބަވެރިން ވަނީ ބުނެފައެވެ.

ނިރުބަވެރިން މިފަދައިން ބުނެފައިވާއިރު، ޝިފާ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުން ވެސް ވަނީ އެމީހުން ބަލި މީހުން ދޫކޮށްލުމަށްފަހު، ހޮސްޕިޓަލުން ބޭރަށް ނުދާނެ ކަމަށް ބުނުމުން ނިރުބަވެރިން އެމީޙުންނަށް ބިރުދައްކައިގެން ބޭރު ކުރާ ކަމަށް ބުނެފައެވެ. އަދި ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ވެސް އެފަދަ އެއްވެސް ކަމަކަށް އެދިފައި ނުވާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތި ނުރަބޯވެރިން ނުކިޔާނެ އެކައްޗެއް ދެފަހަރު. ހަދަނީ ދޮގު ފަޅާއަރަމުންދާއިރުވެސް

    5
    1
  2. ޏނ

    ޔަހޫދީން ގެ އާއިކޭ އަކީ ނޯ ....ނޯ އަކީ ޔެސްް
    ވަރަށް ސާފް

  3. ހެ

    މީ ކޮށްކަހަލަ ޖަނަވާރުންތަކެއް. ހިޓްލަރު މި ބަލާވެރިކަން އެއްކޮށް ނަންތާނުލީމަ، މިބަލާވެރިކަން އަނެންކާ މިއޮތީ ދުނިޔެއަށްޖެހިފަ.