ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރިއަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ވަރުގަދަ ބަރު އާޓިލަރީން ހަމަލާތައް ދީފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

އަލްޖަޒީރާއިން ބުނެފައިވާގޮތުގައި އެ ހޮސްޕިޓަލު ކައިރިއަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަރުގަދަ ބަރު އާޓިލަރީން ވަނީ ހަމަލާތައް ދީފައެވެ.

އެހެން ނަމަވެސް އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ނިރުބަވެރި އިސްރާއީލުން ވަނީ ޣައްޒާގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ހަމަލާދީފައެވެ.

އަދި އިއްޔެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަަމަށްވާ އަލް ޝިފާ ހޮސްޕިޓަލަށް ހަަމަލާ ދިނުމަށް ފަހު، އެ ހޮސްޕިޓަލު ތެރެއަށް ވަދެ ގަނެ އެތަނުގައި ތިބި ހާލުގައި ޖެހިފައިވާ އާއްމުންނާއި، ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިން ވަނީ ބޭރުކޮށްފައެވެ.