ހަނދުގައި 95 ފޫޓުގެ ވަޅުގަޑެއް ހެދުނީ ޗައިނާގެ ރޮކެޓު ވެއްޓުމުން ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މިދިޔަ އަހަރުގެ މާޗް މަހު ޗައިނާއިން ހަނދުގެ އަނދިރި ފަރާތަށް ރޮކެޓެއް ފޮނުވާލިއެވެ. އެއަށް ވީގޮތެއް ނޭނގި ސައިންސްވެރިން ދިރާސާ ކުރަމުން ގޮސް, އެ ކަން ވީގޮތް ދެނެގަނެ މިހާރު ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް ހަނދަށް ދިޔުމުގެ ރޭހުގައި ދުނިޔޭގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ އިންޑިއާއެވެ. އިންޑިޔާގެ އިތުރުން ސޯވިއަޓް ޔޫނިއަން، އެމެރިކާ އަދި ޗައިނާ ވެސް މިވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ހަނދަށް ދިޔުމުގެ ރޭހުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ވާދަކުރަމުންދާއިރު، ބިމުގައި ތިބެގެން ހަނދުގެ ދިސާރާ ކުރާ އެތައް ބަޔަކު ވެސް އުޅެއެވެ.

އެމެރިކާގެ އެރިޒޯނާ ޔުނިވާސިޓީގެ ސައިންޓިސްޓުން ހޯދި ހޯދުންތަކުގެ އަލީގައި އެކުވަލާލި ރިޕޯޓެއްގައި ބުނާގޮތުން ހަނދުގެ އަނދިރި ފަރާތުގައި އުފެދިފައިވާ 95 ފޫޓުގެ ބޮޑު ވަޅުގަނޑަކީ ޗައިނާއިން 2022 އަހަރުގެ މާޗް މަހު ފޮނުވާލި ރޮކެޓް ވެއްޓުނު ތަނެކެވެ. ޗައިނާއިން އެވާހަކަތަކާ އިންކާރުކޮށް ރައްދު ދީފައި ވަނީ, އެ ރޮކެޓް ހަނދުގެ އޯބިޓުގެ ތެރެއަށް ވަންނަނިކޮށް ގޮވާ ކުދިކުދިވީ ކަމަށެވެ. އަދި ރޮކެޓު ފޮނުވާލުމަށް ބޭނުން ކުރާ މައި ބުޑުގަނޑު ދުނިޔެއަށް ވަނުމާއެކު ގޮވާ ކުދިކުދި ވީ ކަމަށް ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެރިޒޯނާއިން ބުނާގޮތުން އެ ރޮކެޓުގެ ބުޑުގަނޑު ދުނިޔެއަކަށް ނުވަދެއެވެ. އަދި ބިމުގައި ތިބެ, މާސިންގާ ޓެލެސްކޯޕްތައް ބޭނުން ކޮށްގެން ބެލިބެލުމުންނާއި ޗައިނާގެ ރޮކެޓް ބިމުން އުދުއްސާލީންސުރެ ދަތުރު ކުރި މިސްރާބާއި ސްޕީޑާއި އެނޫންވެސް ވަށައިގެން ހުރި މައުލޫމާތު އެއްކޮށް ބެލި އިރު ޔަގީން ކުރެވެނީ އެއީ ޗައިނާގެ ރޮކެޓް ކަމަށެވެ.

މީގެ ކުރިން ސައިންޓިސްޓުން ހީކުރީ އެއީ އެކްސްގެ ބާނީ އެލޮން މަސްކުގެ ސްޕޭސް އެކްސް އިން 2015 ވަނަ އަހަރު ހަނދަށް ދާން ފޮނުވާލި ރޮކެޓުގެ ބައެއް ކަމަށެވެ. ނަމަވެސް އެ ރޮކެޓް އޯބިޓުގެ ތެރޭގައި ގޮވާ ކުދިކުދިވެފައި ވާ ކަމަށާއި ޗައިނާއިން އަރުވާ ރިކެޓުތަކުގެ ބުޑުގަނޑަކީ އޭގެ ޒާތުގައި އަމިއްލަ އަށް ގޮވާ ކުދިކުދިވާ ގޮތަށް އުފައްދާފައި އޮންނަ އެއްޗަކަށް ނުވާތީ އެ ވެއްޓިފައި ވަނީ ހަނދަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީތަ އެ ބުނާ ވަޅުގަނޑަކީ؟ ތި ވަޅުގަނޑުގެ ސިފައާއި ފެންނަ ހުރި ގިނިހިލަ ވެއްޓުމުން ހެދޭ ކުދި ވަޅުގަނޑުތަކުން ޔަޤީންވަނީ ސައިންސްވެރިން ހަދަނީ ދޮގުކަން.

  2. ކަޓޫރާ

    އެރޮކެޓް ވެއްޓިފައި އަރައިގެންދިޔައީ. އެރިޒޯނާ ސައިންސް ވެރިންނަކަށް އެކަމެއް ނޭގުނުދޯ؟ އެހެންނާފަހެ އެވެއްޓުނު ވަޅުގަނޑު ފެނުނުއިރު އެވަޅުގަނޑުގައި ރޮކެޓްގެ އެއްވެސްއެއްޗެއްނެތް ބުޑުގަނޑުވެސް ނެތް. އޮތީ ހުސްވަޅުގަނޑެއް. ދިރާސާ ވަރަށްމޮޅު.

  3. އަހުމަދު

    ހަނދަށްދިޔުމުގެ އޮތީ ކޮންފައިދާއެއް، މިދުނިޔޭގައި ހައްލުކުރަންޖެހޭ އެތައްގިނަކަމެއް އޮވެ!

  4. ކަށިކެޔޮ އާދަނު

    އެވަޅުގަނޑަކީ 1335 ވަނައަހަރު އެމެރިކާއިން އިޒުރޭލަށް ހަދިޔާކުރި މިސައިލެއް އިޒުރޭލުން ގުދަންކުރަނިކޮށް އަރައިގެންގޮސް ވެއްޓުނުތަން.

  5. Anonymous

    ތީ ދޮގެއް..ޗައިނާގެ ރޮކެޓުގެ ބުޑު ވެއްޓުނީ މަމެން ގޯއްޗައް.

  6. ހައްލު

    އެމެރިކާ އިންޑީޢާ ސައިންސްވެރިން ހަދާދޮގު ގަބޫލުކުރާނީ މޮޔައިން.

  7. ހޯކްސް

    ބިމުގައި ތިބެގެން ދިރާސާ ކުރަމުން ބުނެލަން އޮތީ ހަނދަށް ދިޔަކަމަށް ބުނާ ވާހަކަތަކަކީ ދެއުޅިއެއްނުވާ، ޙަޤީޤަތެއްނެތް ވާހަކަތަކެއްކަން ޔަޤީންވެފައިވާވާހަކައެވެ.