23:21

ކުރީ ދެފަހަރު އާ ހިލާފަށް ޤައްސާމް ބްރިގޭޑްސް ގެ ބެލުމުގެ ދަށުގަ ތިބި އިސްރާއީލު ތިން ވަނަ ބެޗުގެ އަސީރުން މިނިވަންކޮށް ރެޑްކްރޮސް އާ ހަވާލު ކުރީ އުތުރު ޣައްޒާގަ.

އުތުުރު ޣައްޒާގައި އަސީރުން މިނިވަންކުރަން ޤައްސާމް ގެ ބޮަޑު ފައުޖެއް އެތަނަށް އެކި އުޅަނދު ތަކުގަ އައި.

ސޯޝަލްމީޑިއާ ގައި ދަައުރުވަމުންދާ ވީޑިއޯ ތަކުން ފެނިގެން ދަނީ ޤައްސާމް މުޖާހިދުން ސާބިތުކަމާ އެކީގައި އަދިވެސް ތިބިކަން، އެއްވެ ތިބި ފަލަސްތީނު މީހުންގެ ލޯަބި ލިބިފައިވާކަން.

އުތުުރު ޣައްޒާ އަކީ ނިރުބަވެރިން ބުނާ ގޮތުގައި ޤައްސާމްގެ ބާރު އެއްކޮށް ކަނޑާލެވިފައިވާ ތަނެއް، ނަމަވެސް މިރޭ ފެނިގެން ދިޔައީ އޭގެ ދިމާ އިދިކޮޅު.

23:06

ނިރުބަވެރިން ގެ ޖަލުތަކުގައި ރަހީނުކޮށްފައި ތިބެ މިނިވަންވި ފަލަސްތީނު 39 މީހުން ދަތުރުކުރަމުން އަންނަ ބަސް ރަމަالل އަށް ވަދެއްޖެ.

22:38

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 3،200 މީހުން ތިބީ ނިރުބަވެރިންގެ ހައްޔަރުގަ.

ފަލަސްތީނު ގައިދީންގެ ޖަމިއްޔާއިން ބުނާ ގޮތުގައި އެންމެ ގިނަ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅަނގު އައްސޭރީގެ ޙަލީލް ސަހަރުން.

އެ ގްރޫޕުން ނެރުނު ބަޔާނުގައި:

  • 120 އަންހެނުން ވަނީ ހައްޔަރުކޮށްފަ
  • އޮކްޓޯބަރު މަހުގެ ނިޔަލަށް 145 ކުއްޖަކު ވަނީ ހައްޔަރުކޮށްފަ (ނޮވެމްބަރު މަހުގެ ނަންބަރުތައް އަދިވެސް ގްރޫޕްގައި ނެތް)
  • 41 ނޫސްވެރިން ހައްޔަރުކޮށްފަ – ބައެއް މީހުން ދޫކޮށްލުމަށްފަހު 29 މީހަކު ބަންދުގައި އެބަތިބި.
  • ބަންދުގައި ނުވަތަ ބަންދުގައި ތިބެގެން ނިޔާވެފައިވަނީ 6 ގައިދީން.

22:27

ރަމަاللهގެ ހުޅަނގުން އޮންނަ ބެއިޓޫނިއާ މިވަގުތު ނިރުބަވެރި އަސްކަރީ ބާރުތަކުން ޖަހައިގެން އުޅޭ ރެއިޑް ކަވަރު ކުރަން އުޅޭ ސްކައި ނިއުސް އަރަބިޔާގެ ފޮޓޯ ޖާނަލިސްޓެއް އަތަށް ރަބަރު ވަޒަނެއް އަރާ ޒަހަމްވެއްޖެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ކަރުނަ ގޭސް ނޫސްވެރިންނަށް އަމާޒުކޮށް ޖެހުމުން އެއްބައި މީހުންނަށް ނޭވާލާން ވަނީ އުނދަގުވެފަ ކަމަށް ރިޕޯޓްކޮށްފި.

22:22

އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ކަރުނަ ގޭހާއި ރަބަރު ވަޒަން އޮފަރު ޖަލު ކައިރީގައި ތިބި ފަލަސްތީނު ރަހީނުންގެ އާއިލާތަކާ ދިމާލަށް ޖަހައިފި.

22:18

ޒަޔަނިސްޓުން މިރޭ މިނިވަންކުރާ ފަލަސްތީނު ކުޑަކުދިންގެ ގެތަކަށް ރެއިޑް ޖަހަމުން އެބަ ގެންދާކަމަށް ރިޕޯޓްކޮށްފި.

ނޯޓު: ނިރުބަވެރިން އަންގާފައި އޮތް ގޮތުގައި ރަހީނުކޮށްފަ ތިބި މީހުން މިނިވަންކޮށްގެން އުފާފާޅު ކުރުމަކީ މަނާ ކަމެއް، މެޓާ ބެހުމަކީވެސް މަނާކަމެއް.

22:10

އަލްޝިފާ ހޮސްޕިޓަލުގައި ޒަޚަމްވެފައިވާ ބަލިމީހުންނަށް ކުރިމަތިވެފައިވަނީ ނުރައްކާތެރި ހާލަތެއް. (ފޮޓޯ)

 

22:05

ރެޑްކްރޮސް އިން ލިބުނު މައުލޫމާތަށް ބިނާކޮށް، އިސްރާއީލުގެ 14 މީހުން، ބިދޭސީ ތިން މީހެއް ރެޑްކްރޮސްއަށް ވަނީ ހަމާސް އިން ހަވާލުކޮށްފައި.

20:10

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ރަޝިއާގެ އަސީރަކު ދޫކޮށްލާފައިވާ ކަމަށް ހަމާސް އިން ބުނެފި.

20:09

ޕާކިސްތާނުގެ ކަރާޗީގައި ކުރިއަށްދާ އެއްވުން.
ޕާކިސްތާނުގެ ކަރާޗީގައި ކުރިއަށްދާ އެއްވުން.
ޕާކިސްތާނުގެ ކަރާޗީގައި ކުރިއަށްދާ އެއްވުން.

17:52

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އިންޑޮނޭޝިއާގައި ކުރިއަށް ގެންދިޔަ ހިނގާލުން

17:16

ގައިދީން ބަދަލު ކުރުމުގެ ކަންކަން ކުރާ މިދަނޑިވަޅުގައި ނިރުބަވެރިން ޣައްޒާގެ ދަނޑުވެރިއަކު ޝަހީދުކޮށްލައިފި.

14:29

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ޝަހީދުވި މީހުންގެ އަދަދު 8 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިއުލާންކޮށްފި.

14:25

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިއަދު މިނިވަން ކުރަން ހަމަޖެހިފައިވާ ފަލަސްތީނުގެ 39 އަސީރުންގެ ލިސްޓެއް އިސްރާއީލުގެ ޖަލު ޚިދުމަތަށް ލިބިފައިވާ ކަމަށް.

13:47

ޣައްޒާގައި ހުންނަ އިސްލާމިކް ޔުނިވާސިޓީ ސުންނާފަތި ކޮށްފައި.

 

13:43

ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ދަތުރު ނުކުރުމަށް ކަމަށް ބުނެ ނިރުބަވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ވަރުގަދަ އިންޒާރެއް ދީފި.

13:37

ބަދަލު ހިފާނެ ކަމަށް ބުނެ، ނިރުބަވެރިން ފަލަސްތީނަށް އިންޒާރެއް ދީފި.

 

13:23

ގދ.ތިނަދޫ ދަނޑެކޮޑޭ އަންހެނުންގެ ގުރޫޕުން ފަލަސްތީނަށް ބައިލައްކައަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފި.

 

11:28

އިސްރާއީލު ގިނަ މީހުން ބައިވެރިވެ ރޭގައި ނަތަންޔާހޫ އާ ދެކޮޅަށް އޭނަގެ ގެ ކުރިމަތީގައި ވަރުގަދަ މުޒާހަރާއެއް ބާއްވައިފި. (ފޮޓޯ)

 

11:20

އިސްރާއީލުން ގަތުލު އާންމު މެދުކަނޑާލުމުގެ ކުރިން ބޮން އެޅުމުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތްތައް ދަށުން މީހުން ހޯދުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށް

10:58

އަންނަ ހުކުރު ދުވަހު ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފި

 

10:54

އިސްރާއީލުން ޖެނިން ހިސޯރުކޮށް ކުރިއަށް ގެންދިޔަ ރޭޑްގައި ޝަހީދުވި މީހުންގެ އަދަދު 5 އަށް އަރާފައިވާއިރު، 15 މީހަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި.

10:53

 

10:46

އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާ އިން ޖެނިން އަށް އަދި ޖެނިން ކޭމްޕްއަށް ޖެހި ރެއިޑް ނިންމާލައިފި ކަމަށް ރިޕޯޓްކޮށްފި.

މިހާރު އަސްކަރީ ފައުޖުތައް ދަނީ ޖެނިންގެ ސަރަހައްދުތައް ދޫކޮށް ދަމުން.

10:43

ފަލަސްތީނު ހެލްތު މިނިސްޓްރީ:

ނާބްލުސްގެ ދެކުނުގައި އޮންނަ ޔަތުމާގައި އަދި ޖެނިންގައި މިއަދު ފަތިހު ނިރުބަވެރިން ވަނީ ބަޑިޖަހައި 2 ޒުވާނަކު ޝަހީދުކޮށްލާފައި.

10:06

ނިރުބަވެރިންގެ ފައުޖެއް މިއަދު ފަތިހު ވަގުތެއްގައި ތުލްކާމް އަށް ރެއިޑް ޖެހި ކަމަށް ރިޕޯޓްކޮށްފި.

09:44

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީސް:

އާދީއްތަ ދުވަހު ހަމާސް އިން މިނިވަންކުރާ އަސީރުންގެ ނަންތަކުގެ ލިސްޓެއް ލިބިފައިވާ ކަމަށް.

09:43

އިސްރާއީލުން "ކޮރިޑޯ" އެއްގެ ގޮތުގައި ސިފަކުރާ ޗެކްޕޮއިންޓެއް ހުރަސްކޮށް އުތުރާއި މެދުތެރެއިން ޣައްޒާއިން ދެކުނަށް ދަތުރުކުރާ މީހުން ހައްޔަރު ކުރަމުންދާ ކަމަށް އިންސާނީ ކަންކަމާ ބެހޭ އދގެ އޮފީހުން ރިޕޯޓްކޮށްފި.

09:16

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ލަންޑަންގައި އިއްޔެ ބޭއްވި ބޮޑު ހިނގާލުމެއްގައި މުޒާހަރާގެ ބައިވެރިން ޣައްޒާގައި ޔަހޫދީން ކުރާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ގޮވާލައިފި.

 

09:00

ހުޅަނގު އައްސޭރީގައި އަނިޔާވެގެން އެމްބިއުލާންސްގައި ގެންދިޔަ ފިރިހެނަކު ނިރުބަވެރިން ހައްޔަރު ކޮށްފި.

 

08:59

މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ނިރުބަވެރިންގެ ޖަލުތަކުގައި ފަލަސްތީނުގެ 5،200 އަށްވުރެ ގިނަ މީހުން ތިބި ކަމަށާއި މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ ފަހުން އިތުރު 3000 މީހަކު ހައްޔަރު ކުރި ކަމަށް ރިޕޯޓްތަކުން ބުނެފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ ފަހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި 145 ކުޑަކުދިން، 95 އަންހެނުންގެ އިތުރުން 37 ނޫސްވެރިން ހިމެނޭ.

08:42

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ގެއަކަށް ހަމަލާދީފި

 

08:35

ހަނގުރާމައިގެ ތެރެއިން މިނިވަން ކުރި ތައިލޭންޑުގެ މީހުން އިސްރާއީލުގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރަނީ-- ފޮޓޯ: އޭޕީ

08:34

ނިރުބަވެރިން މިނިވަން ކުރި ފަލަސްތީނުގެ ރައްޔިތުން އާއިލާތަކާއި ބައްދަލު ވަނީ: ފޮޓޯ: އޭއެފްޕީ

08:33

ޣައްޒާގެ ގެތަކަށް ދީފައިވާ ގެއްލުމާއި އެކީ، ހަނގުރާމަ އެއްކޮށް ހުއްޓާލާނެ ކަމަށް އުންމީދު ކުރާ ކަމަށް ނިރުބަވެރިން މިނިވަން ކުރި ގައިދީން ބުނެފި.

08:33

ނިރުބަވެރިންގެ ބަންދުގައި ތިބުމަށްފަހު، ޣައްޒާއަށް ދިޔަ އެތަކެއް ރައްޔިތުންގެ އުންމީދުތައް ފެނަށް، އެތަކެއް ރައްޔިތުން ތިބީ އާއިލާތަކާއި އެކީ އުފަލުގައ ދިރިއުޅުމަށް ތައްޔާރަށް. އެހެން ނަމަވެސް ގިނަ މީހުން ދިޔައިރު، އެމީހުންގެ ގެތައް ވަނީ ސުންނާފަތިވެފަ.

08:32

ރޭގެ ބައެއް ޙަބަރު ތަކުގެ ޙުލާސާ:

  • ޖެނިން އަށް ނިރުބަވެރިންގެ ބޮޑު ފައުޖެއް ރެއިޑް ޖަހާ ބުލްޑޯޒަރު ބޭނުންކޮށްގެން މަގުތައް ހަލާކުކޮށް، ހޮސްޕިޓަލެއް ހިސޯރުކުރުން.
  • ޖެނިންގެ އަލް އާމާލް ހޮސްޕިޓަލަށް ވަދެވެން އޮތް މަގު ބަންދުކުރުން.
  • ހުޅަނގު އައްސޭރީގައި ނިރުބަވެރިން ވަނީ ފަލަސްތީނު 5 މީހަކު ޝަހީދުކޮށްްލާފަ.
  • ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ މުޖާހިދުން، އިސްރާއީލަށް ޖާސޫސްކޮށްދިން 2 މީހަކު މަރާލައިފި.
  • ޖެނިން އަށް ވަންނަން ދިޔަ އެމްބިޔުލާންސް ތަކަށް ނިރުބަވެރިން ވަނީ ރޭގަ ހުރަސްއަޅާފަ.
  • އިސްރާއީލުން ވަނީ ރަހީނުކޮށްފައި ތިބި ފަލަސްތީނުގެ 39 މީހަކު ރޭގަ މިނިވަންކޮށްފަ.
  • ހަމާސް އިން ވަނީ އެމީހުން ބެލުމުގެ ދަށުގަ ތިބި 17 މީހަކު މިނިވަންކޮށްފަ.

**************

 

 

ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެމެދު ކުރެވެމުން އަންނަ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މިއީ ވަގުތީ ގޮތުން ދެފަރާތުން ވެސް ހައްޔަރު ކޮށްފައި ތިބި މީހުން ދޫކުރުމަށް ހުއްޓާލި ހުއްޓުމެކެވެ.

މިމަހުގެ 24 ވަނަ ދުވަހު ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށްފަހު، ނިރުބަވެރިން ވަނީ އެމީހުންގެ ބަންދުގައި ތިބި ފަލަސްތީނުގެ 39 މީހަކު ދޫކޮށްލާފައެވެ. އަދި ހަމާސް ޖަމާއަތުން ވަނީ އެމީހުންގެ ބަންދުގައި ތިބި އިސްރާއީލުގެ 13 މީހަކާއި ތައިލޭންޑުގެ ހަތަރު މީހަކު ހިމެނޭ ގޮތަށް ފުރަތަމަ ދުވަހު 17 މީހަކު ދޫކޮށްލާފައެވެ.

ބަންދުގައި ތިބި ފަލަސްތީނުގެ ގިނަ ބަޔަކު އާއިލާތަކާއި ދިމާވެ، އުފާ ފާޅު ކުރަމުން އަންނައިރު، މިހާރު އަނެއްކާ ވެސް ނިރުބަވެރިންނަށް ކުރެވުނު ތުހުމަތަކާއި ގުޅިގެން ގައިދީން ބަދަލު ކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ހަމާސް ޖަމާއަތުން ބުނެފައިވާ ގޮތުގައި ދޫކުރި ގައިދީން އެމީހުންގެ ގެއަށް ދިޔައިރު، އެމީހުންގެ ގެތައް ތިބީ ސުންނާފަތި ވެފައިވާ ކަމަށާއި އެމީހުން ބޯހިޔާވަހިކަމެއް ހޯދާނެ ތަނެއް ނެތް ކަަމަށެވެ. އަދި އެމީހުން ގެންގުޅުނު ދިރޭ ތަކެތި ވެސް ކުއްތާތައް ކާފައިވާ ކަމަށް ބުނެ ހަމާސްއިން ވަނީ މިއީ އެއްބަސްވުމާއި ހިލާފު ކަމެއް ކަމަށް ބުނެފައެވެ.

އަދި މިވަގުތު ގިނަ ބަޔަކު ނުސެއިރަތް ރެފިއުޖީ ކޭމްޕަށް ދިއުމަށް ބާރުއަޅާކަން ފާހަގަ ކުރަމުން ހަމާސްއިން ވަނީ އެއީ ފާއިތުވި ދުވަސްތަކުގައި ނިރުބަވެރިން ވަރުގަދަ ހަމަލާތަކެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލި ސަރަހައްދެއް ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެތަން ރައްކާތެރިވާނެ ކަމަށް ނުބެލެވޭ ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.

މި ލައިވް ބްލޮގުގައި އަޅުގަނޑުމެން ގެނެސްދޭނީ ހަމާސް ޖަމާއަތާއި ނިރުބަވެރިންގެ މެދުގައި ކުރަމުން އަންނަ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމާއި އެކީ މިވަގުތު ކަންކަން ހިނގަމުންދާ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު