ޕާކިސްތާނުގެ ކަރާޗީ ސިޓީގެ ޝޮޕިން މޯލެއްގައި އަލިފާން ރޯވެ 10 މީހަކު މަރުވެއްޖެެއެވެ.

ހޮނިހިރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވިއިރު، 20 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އަލިފާން ރޯވި ސަބަބު އަދި ސާފުނުވި ނަމަވެސް އޮފިޝަލުން ވަނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ކޯލް ސެންޓަރުތަކާއި ސޮފްޓްވެއާ ފާމުތައް ފަދަ އެކި އެކި ވިޔަފާރި ހިންގަމުން ދިޔަ އެ އުސް އިމާރާތް ކަމަށްވާ މަލްޓި ސްޓޯރީ އާރުޖޭ މޯލް ވަނީ އެއްކޮށް އަނދާހުލިވެފައެވެ.

ކަރާޗީގެ މޭޔަރު މުރުތާޒާ ވަހާބު ސިއްދީގީ އެކްސްގައި ވިދާޅުވީ އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެ 22 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވަނީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޖިއޯ ނިއުސް އިން ބުނިގޮތުގައި ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ސިޓީ ގެ ވިޔަފާރީގެ ވެރިރަށުގެ ރަޝީދު މިންހާސް މަގުގައި ހުރި މޯލްގައި އަލިފާން ރޯވީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެ ނޫހުން ބުނެފައި ވަނީ އަލިފާން ނިއްވަން މަސައްކަތް ކުރި ގަޑީގައި އެ އިމާރަތުގެ ތެރެއިން ގާތްގަނޑަކަށް 50 މީހުން ސަލާމަތް ކުރި ނަމަވެސް އިތުރު މީހުން ތިބީ އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަލާޙް

    މަރުވި މީހުންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އާމިން