އިންޑިއާގައި އުމުރުން 36 އަހަރުގެ އިސްރާއީލު އަންހެނަކަށް އޭނާގެ ފިރިމީހާ ވަޅިން ހަމަލާދީ މަރާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ކެރެލާގެ ކޮއްލަމް ޑިސްޓްރިކްޓްގެ ކޯޑަލިމުއްކު ސަރަހައްދުގައެވެ.

ސަތުވާ ނަމަކަށް ކިޔާ މި އަންހެން މީހާ މަރުވެފައިވަނީ އޭނާގެ އިންޑިއާ ފިރިމީހާ ކްރިޝްނާޗަންދުރަން އިއްޔެ ދިން ހަމަލާތަކުގައެވެ.

ކޮލަމް ފުލުހުން ބުނީ އަނިޔާ ލިބުނު މީހާގެ ފިރިމީހާއަކީ ކޮންމެވެސް ކަހަލަ ބައްޔެއް ޖެހިފައިވާ މީހެއް ކަމަށެވެ. އެއީ ކޮން ބައްޔެއްކަން ހާމަކޮށްފައެވެ. އަދި އޭނާ އެ އަންހެން މީހާ އަށް އެތައް ފަހަރެއްގެ މަތިން ވަޅިން ހަމަލާދީ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަަށްވެސް ފުލުހުން ބުނެފައި ވެއވެެ.

"އަމިއްލައަށް މަރުވާން މަސައްކަތް ކުރުމަށްފަހު، ތުހުމަތު ކުރެވޭ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބި ތިރުވަނަންތަޕޫރަމް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި އެޑްމިޓްކުރި. ނަމަވެސް އަނބިމީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް.". ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ފުލުހުން އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނޭނގޭ ކަަމަށްވެސް އިންޑިއާ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޔަހޫދީ އަންހެނާގެ ނުބައިކަމުން ފިރިމީހާއަށް ބައްޔެއް ޖެހުނީ. އެ ބަލިން ސަލާމަތް ނުވެގެން އޭނާއަށް އެކަން ކުރެވުނީ. އަސްލުގައި ގާތިލަކީ ވެސް މަގުތޫލަކީ ވެސް އެ ނުބައި ޔަހޫދީ ޑަކައިތު. ޔަހޫދީ ޑަކައިތަކާ އިންނާކަށް ހެޔޮނުވާނެ.