އިންޑިއާގެ ހުޅަނގުގެ ބަނދަރު ސިޓީއެއް ކަމަށްވާ ސޫރަތުގައި ހުންނަ އިންޑިއާގެ ކެމިކަލް އުފައްދާ ކުންފުންޏެއް ކަމަށްވާ އެތެރް އިންޑަސްޓްރީޒްގެ ޕްލާންޓެއްގައި ހުރި ސްޓޯރޭޖް ޓޭންކެއް ގޮވާ ހިނގި ހާދިސާގައި ހަތް މީހުން މަރުވެ 24 މީހުން ޒަހަމްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބުދަ ދުވަހުގެ ފަތިހު އެ ކެމިކަލް ޕްލާންޓް ގޮވުމަށް މެދުވެރިވި ސަބަބު އަދި ނޭނގެެވެ. މި ހާދިސާގައި ޒަހަމްވި 24 މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

"މަރުވި އެންމެންގެ އާއިލާތަކަށް ދޭންޖެހޭ ހުރިހާ ރެގިއުލޭޓަރީ އަދި ސަރުކާރުން ދޭ ގެއްލުމުގެ ބަދަލު އަވަހަށް ދޭނެ،" އެތެރް އިންޑަސްޓްރީސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަދި މަރުވި މީހުންގެ އާއިލާތަކަށް އިތުރު ފަސް މިލިއަން ރުޕީސް (59،984 ޑޮލަރު) ގެ ބަދަލެއް ދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ޒަހަމްވި މަސައްކަތްތެރިންގެ ބޭސްފަރުވާގެ ޚަރަދުތައް ވެސް އެ ކުންފުނިން ހަމަޖައްސައި، ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެއްޖެ ނަމަ ކޮންމެ މީހަކަށް 2.5 މިލިއަން ރުޕީސް ދޭނެ ކަމަށްވެސް ބުނެފައި ވެއވެެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ރޮއިޓާސްއަށް މައުލޫމާތު ދިން މީހަކު ބުނީ އަސަރުކޮށްފައިވާ އެ ޕްލާންޓް ސްޓްރަކްޗަރަލް އޮޑިޓާއި ފޮރެންސިކް ސާވޭގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓަކައި ދުވަސްކޮޅަކަށް ބަންދުކުރާނެ ކަމަށެވެ.

ގުޖުރާތު ސްޓޭޓްގައި އެ ސަރަހައްދު ކައިރީގައި މަސައްކަތް ކުރަމުންދިޔަ ފުލުހެއް ކަމަށްވާ ޖޭއާރް ޗައުދަރީ މީގެ ކުރިން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ އެ ފެކްޓްރީން ހަތް މީހެއްގެ ހަށިގަނޑު ފެނުނުއިރު، ގެއްލުނު މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު