އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެ ސަރުކާރުން އެމެރިކާގެ ކޮންގްރެސްގެ ރުހުމާއި ނުލައި އިސްރާއީލަށް އެތައް މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކައިފިއެވެ.

އެމެރިކާގެ ގާނޫނުތައް ބުނާ ގޮތުން އެމެރިކާގެ ސަރުކާރަށް އެއްވެސް ގައުމަކަށް ހަތިޔާރު ވިއްކޭނީ ނުވަތަ ހިލޭ އެހީ ފޯރުކޮށްދެވޭނީ ވެސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގެ ހުއްދައާއި ރުހުމާއި އެކީގައެވެ.

ނަމަވެސް މިއީ ޖޯ ބައިޑަންގެ ސަރުކާރުން ކޮންގްރެސްގެ ހުއްދައެއް ނެތި މި މަހުގެ ތެރޭގައި އިސްރާއީލަށް ހަތިޔާރު ވިއްކި ދެވަނަ ފަހަރެވެ.

އެކަމާއި ގުޅިގެން އެމެރިކާގެ ކޮންގްރެސްގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ނޫސްވެރިންނާއި ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވެސް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 147.5 މިލިއަން ޑޮލަރުގެ ހަތިޔާރު އިމަޖެންސީކޮށް އިސްރާއީލަށް ފޯރުކޮށްދީފައިވާ ކަމަށް ސެކެޓްރީ ސޮފް ސްޓޭޓްސް އެންޓޮނީ ބުލިންކެން ކޮންގްރެސް އަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

އަދި އެ ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ 155އެމްއެމް ޝެލް އުފެއްދުމަށް ބޭނުންވާ އާލާތްތައް ކަމަށާއި، އިސްރާއީލުން ވަނީ 155އެމްއެމް ގެ ޝެލް އެމެރިކާއިން ކުރިން ގަނެފައި ކަމަށާއި، މިއީ އެ ވިޔަފާރީގެ މުއާމަލާތުގެ ބައެއް ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

އެމެރިކާ އިން ދަނީ އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ކުށެއް ނެތް ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި އެ ގައުމަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިމަޖެންސީ ހަލާތްތަކުގައި ކޮންގްރެސްގެ ރުހުން ނުހޯދާ ވެސް ވަކި އަދަދެއްގެ ހަތިޔާރު ސްޓޭޓް ޑިޕާޓްމެންޓަށް ވިއްކެއެވެ. ނަމަވެސް އެމެރިކާގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ އަދި ދިރާސާ ކުރައްވާ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެފަދަ ނުރައްކާތެރި ކުއްލި ހާލަތެއް އެމެރިކާ އަށް އަދި އިސްރާއީލަށް ވެސް ކުރިމަތިނުވާ ކަމަށާއި ވީމާ މި ހަތިޔާރު ވިއްކުމުގެ މުއާމަލާތް ވެސް ދާންވާނީ ކޮންގްރެސްގެ ރުހުމާއި އެކީ ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ސަރުކާރުން ދެކޭ ގޮތުގައި މެދުއިރުމަތީގައި އެމެރިކާގެ ނުފޫޒް އަބަދުވެސް ބޭއްވުމަށްޓަކައި އިސްރާއީލު ދިފާއުކުރުމަކީ އެމެރިކާ އަށް ވާޖިބުކަމެކެވެ. އެހެނީ މެދުއިރުމަތީގައި އިސަްރާއީލަކީ އެމެރިކާގެ އެންމެ ބޮޑު އެއް މަދަދުވެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެމެރިކާ ހުރިހާ ނުބައެއް ހަދަނީ ، އިސްލާމީ ގައުމުތަކައްއ ގެއްލުންވާ ހުރިހާ ކަމެއްގެ މޭއިސްތިރި.

  2. މަރޭ

    މުސްލިމު ގައުމަކަށް ހަމަލަ ދޭން ހުއްދަ ނަގާކަށް ނުޖެހޭން. އެމިހުން ކުޑަ ދަރިފުޅެ އިސްރާއީލު ސަލަމަތް ނުކޮށްފިއްޔާ ކޯފާ އަތުވެދަނެ ތީ އެކަން ކުރަން ޖެހޭނެ. ތިޔައި ކަންކަމަކި އެމެރިކާ އާ ޔޫރަޕުގެ ޑިމޮކުރަސީ އާ އިންސާނީ ހައްގުތަކުގެ މިސަލެއް.

    • އިބްރާހިމް52

      ނުބައި ބައިޑެންގެ ސުންޕާަކަން މުޅި އިސްލާމީ ދުނިޔެއަށެވެ.

  3. އަހައްމަދޫ

    އައްދޭ އައްޕަ ކައިރީ ރޮނީތަ