މި ދިޔަ ހަފްތާ ބަންދުގައި އިރާނުން އިސްރާއީލަށް ދިން ކުއްލި ހަމަލާގެ ސަބަބުން އިރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އިން ނިންމައިފިއެވެ.

އެމެރިކާގެ ޓުރެޝަރީ ސެކެޓްރީ ޖެނެޓް ޔެލެން ބުނެފައިވަނީ އެމެރިކާ އިން ކައިރި މުސްތަގުބަލެއްގައި އިރާނަށް މާލީގޮތުން އިތުރު އަދި މާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅު ތަކެއް އަޅާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ވެސް ވިދާޅުވެފައި ވަނީ އިރާނަށް އަޅާނެ އެންމެ ރަނގަޅު ހަރުކަށި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކާއި މެދުގައި އެ ޔޫނިއަންގައި މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.

އިރާނުން ހަމަލާދިނުމުން ޔަހޫދީ އިސްރާއީލުން ވަނީ އިރާނުން ހިންގާ މިސައިލް ޕުރޮގްރާމާއި މެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި ހުޅަނގުގެ ގައުމުތަކުންނާއި އެެމެރިކާ އިން އިރާނުގެ މިސައިލް ޕުރޮގްރާމަށް ހަރުކަށި ފިޔަވަޅު އެޅުމަށް އިސްރާއީލުން ވަނީ ގޮވާލާފައެވެ.

ސީދާ އިރާނުން ފުރަތަމަ ފަހަރަށް އިސްރާއީލަށް ދިން މި ހަމަލާގައި އިރާނުން ވަނީ 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ބޭނުން ކޮށްފައެވެ. އިރާނުން މި ހަމަލާގައި ވަނީ 200 އަށް ވުރެ ގިނަ އަސްކަރީ ޑުރޯން ވެސް ބޭނުން ކޮށްފައެވެ. މި ހަމަލާގައި ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައި ނުވާ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރި ނަމަވެސް އިސްރާއީލުން ބުނެފައިވަނީ އިރާނުން ބެލިސްޓިކް މިސައިލު ވެސް ބޭނުންކޮށްފައިވާ ކަމަށެވެ.

ޔަހޫދީ ސަރުކާރުގެ ވެރިން ބުނަނީ އިރާނުގެ މި ހަމަލާގެ ބަދަލުގައި އިރާނަށް ރައްދު ހަމަލާދޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނީ އިސްރާއީލަށް ފެންނަ ރަނގަަަޅު ވަގުތެއްގައި ކަމަށް ވެސް ޔަހޫދީ އިސްރާއީލްގެ ވެރިން ބުނެއެވެ.

އިރާނުގެ މި ހަމަލާ އަކީ އޭޕްރީލް 1 ވަނަ ދުވަހު ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އިރާނުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ އެއް ޔުނިޓް ކަމަށްވާ ރިވޮލިޝިއަނަރީ ގާޑްސްގެ ސިފައިން ތަކަކާއި އިސް ކޮމާންޑަރެއް މަރާލުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަރުހާދު

    ކަލޭމެން ތި އަޅާ އެއްޗެއް އަޅާ. ތިކަމަކީ އާކަމެއް ނޫން. ތިޔަ ކަމުންވެސް ކަލޭމެން ފަލީހަތްވުން ނޫން ކަމެއް ނުވާނެ. ކަލޭމެންގެ އިންސާފާ ހަމަހަމަކަމުގެ ތިޔަފަތް ހުންނަ ގޮތާއި. އިޒްރޭލުން ހިންގާ ޒަރީމާތަކަށް ކަލޭމެން ލޯމަރާލާވަރާ އަދި ހިތްވަރުދޭ މިންވަރު. އިޒްރޭލުން އެއްވެސް އިންޒާރެއް ނެތި ބައިނަލްއަޤްވާމީ ގޮތުން ހިމާޔަތް ލިިބިފައިވާ އެމްބަސީއަކަށް ހަމަލާ ދިންއިރު ކުއްވެރިކޮށްލަން އެންމެ ކުޑަމިނުން ނުކެރިފައި، އިރާނުން އެމީހުންނަށް ބައިނަލް އަގްވާމީ ޤާނޫނުން ދީފައިވާ ރައްދު ދިނުމުގެ ހައްގުގެ ބޭނުން ހިފިޔަތީ ތިޔަ މޭކަރަނީ. އިރާނު ކުރިއަރާ އެދަނީ ތިޔަ ފިއްތުން ތަކާއެކު.

    ކަލޭމެން ބުނީމު 99 ޕަސެންޓް ފެއިލް ހަމަލާއެކޭ.

    އިރާނުން ބުނަނީ މަޤްސަދު ހާސިލްވިއޭ. އެހެނީ:

    އެއް ބޭނުމަކީ ހަމަލާދީފައި ފިލައިގެން ނޯވެވޭނެކަމުގެ މެސެޖް އިސްރާއީލަށްދީ ބަދަލުހިފާނެކަން އިސްރާއީލަށް އެންގުމެވެ..

    އަނެއް ބޭނުމަކީ އީރާނުގެ ހަމަލާތައް މައިތިރި ކުރުމުގެ ގާބިލުކަން އިސްރާއީލުގެ ކިބާގައި ހުރިވަރު ދެނެގަތުމެވެ. ތިންވަނަ ބޭނުމަކީ އިސްރާއީލު ފަދަ އީރާނާ ދުރުގައިވާ ގައުމަކަށް އީރާނުގެ ހަތިޔާރު ފޯރާމިންވަރާއި އީރާނުގެ މިސައިލްތަކުގެ އެކިއުރޭޝަން ހުރި މިންވަރު ދެނެގަތުމާއި ހަތިޔާރުތަކުގެ އަޖުމަ އަމަލީ މައިދާނުގައި ބަލާލުމެވެ. މި ހުރިހާ ކަމެއް ވެސް އެ ހަމަލާތަކުން ވަނީ ހާސިލުކުރެވިފައި ކަމަށް

    ކަލޭމެންގެ ތިޔަ ޑިމޮކްރެސީ ފަލްސަފާގެ އަސްލު ބިނާވެފައި ތިއޮތް ދެފުއް ދެގޮތްކަން އަދުގެ ޖީލުތަކަށް މިހާރު އެދަނީ ދަސްވަމުން. ޚުދު ކަލޭމެންގެ ޤައުމުގެ ރައްޔަތުންނަށްވެސް މިހާރު އެކަންކަން އެދަނީ ސާފުވަމުން. މުޒާހަރާތައް އެދަނީ އިތުރުވަމުން.

    އެއަސާސު ތަކެއްގެ މަތީގައި ކަލޭމެން ބާރުވެރިކަން ހޯދި އަސާސުތައް ކަލާމެން ތިޔަދަނީ މުގުރާލަމުން. މުސްލިމު ގައުމަކަށް ތުރާލެއް ކުރެވެންޏާ އެކަމެއް ކޮށްލަކޮށްލާ ކަލޯމެން އޮންނާނީ

    21
    0
  2. މޯޅި

    އެމެރިކާއަކީ އަބަދުވެސް އިޒުރާއީލަށް ވާގިވެރިވާ ގައުމެއް މީގެކުރިންވެސް އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ވީކަމެއްނެތް އީރާނު ދިޔައީ އިތުރަށް ތަރަށްގީވެ ޓެކުނޮލޮޖީ ކުރިއަރާ ފަށްކާވަމުން އެމެރިކާ ޖެހޭނީ އީރާނުކުރިމަތީ މައިތިރިވެގެން ތިބެން މިއަދު އެނޫންގޮތެއް އެމެރިކާއަކަށް ނެތް 1942 ގަ ކަލޭމެން ބާރު ގަދަވިއަސް މިއަދު ކަލޭމެންނަށްވުރެ އީރާން އެތަށްތަނެއް ބާރުގަދަވާނެ މިއީ އެޒަމާނެއްނޫން މިއީ ފަހުޒަމާން.

    14
  3. ވެރިން

    ބަލަ ޔަހޫދީ އިސްރާއީލް އިސްވެ އިރާން ކައުންސިލޭޓާ އައް ހަމަލާ ދިނީމަ އެމީހުނަށް ފިޔަވަޅު އަޅާކަށް ނުކެރޭ

    14
  4. އަލީ

    އިޒްރޭލާ އެމެރިކާ މުސްލިމުން ކިތަންމެވަރަކައް ސަހީދުކުރިއަސް ފިއަވަޅު އަޅާކައް ނުޖެހެ
    މުސްލިމުން ހޭއަރަންވެއްޖެ

    15
  5. އޭނާ

    ދަތިކުރުމުގެ ފިޔަވަޅުއެޅިއަކަސް ދެންއިރާން ނުހިފެހެއްޓޭނެ. ދެންދާދިއަވަހައް އިރާނުން ނިއުކުލިއަރޓެސްޓެއްކުރާނީ އޭރުންކަލޯމެންގެ ހަތަރުއުދަރެސްފެނުޖެހުނީ. އިޒްރާއިލްއިން އިރާންއަށް ހަމަލާނުދޭން ކަލޯމެން އިޒްރޭލްއަށް އެހާޕރެޝަރކުރީ ރައްޝިއާ ނެގި މޫވްއަކުން ބިރުން. އެއީ ރަޝިއާގެ ނިއުކުލިއަރ މިސައިލް ފްރިގޭޓްއެއް ގަލްފްކަނޑުއޮޅިންއިރާންއާވީފަޅިއަށްވަނީމަ. ތީޔަހޫދީން ވަރަށްބިރުގަންނާނެ މަރައް. ދެވަނަބޮޑުހަނގުރާމައިގަވެސް ހިޓްލަރ ބަލިކުރެވުނީ ކަލޯމެންނާއެކު ރައްޝިއާ ހަނގުރާމަކުރުމުން. ތިބައިގަނޑުގެމާމޮޅު އެލައިޑްފޯސްއެއްއޮވެގެންނެއްނޫން. ނޭޝަނަލްޖޯގްރެފީޗެނެނެލް އިން ކިތަންމެވަރަކައް އެލައިޑްފޯސްމޮޅުކޮއްގެން ޑޮކުމެންޓްރީތައް ހަދައިގެންދެއްކިއަސް ދުނިޔޭގެ ތާރީޙްދަންނަމީހުނަކައް އޮޅުވައެއްނުލެވޭނެ.