ރަތް ކަނޑުގައި ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އަދި އެ ކަނޑުގައި ދަތުރު ކުރަމުންދާ އެއްވެސް އުޅަނދަކަށް ހަމަލާދީފިނަމަ ވަރުގަދަ އަސްކަރީ ހަމަލާތަކެއް ހޫތީންގެ އަމާޒުތަކަށް ދޭނެ ކަމަށް ބުނެ އެމެރިކާ އިން އެންމެ ފަހުގެ އިންޒާރު ދިންތާ 2 ގަޑިއިރު ވެސް ނުވަނީސް ހޫތީން ރަތް ކަނޑުގައި ހަމަލާތަކެއް ދީފިއެވެ.

ހޫތީންނަކީ ޖެހިލުން ކުޑަ، ހިތްވަރާއި އެކީ ހަނގުރާމަކުރާ ޖަމާއަތެއް ކަމަށް ބޭރުގެ ބައެއް މީޑިއާ ތަކުން އަބަދުވެސް ބުނަމުން ދެއެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނުގެ ހޫތީން ބަލިކުރުމަށް އެކުލަވާލި އަސްކަރީ ކޯލިޝަނަށް ހޫތީން ބަލިކުރެވިފައި ނުވަނީ ހޫތީންގެ ޖެހިލުން ކުޑަ ކަމުން ކަމަށް އީރާނުންވެސް ވަނީ މީގެ ކުރިން ބުނެފައެވެ.

ނަމަވެސް މި ފަހަރު ހޫތީންނަށް އެންމެ ފަހުގެ އިންޒާރު ދިނީ ސަައުދީ އަކުން ނޫނެވެ. މިފަހަރު އިންޒާރު ދިނީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރާއި އަދި އެ ގައުމަށް ވާގިވެރިވާ އަސްކަރީ ބާރުތަކުންނެވެ.

ނަމަވެސް އެމެރިކާ އާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުގެ އިންޒާރަށް ބެލުމެއް ނެތި ހޫތީން މި ވަނީ އެމީހުންގެ ޖެހިލުން ކުޑަ ކަން ދައްކާލާ އެމެރިކާގެ މަނަވަރަކާއި ރަތް ކަނޑުގައި ދިމާކޮށްލާފައެވެ. އެ ގޮތުން މީހެއް ނެތި ދުއްވާ ވައިގެ އުޅަނދެއް ބޭނުން ކޮށްގެން އެމެރިކާގެ އަސަކަރިއްޔާގެ މަނަވަރަކަށް ހަމަލާ ދިނުމަށް ހޫތީން މި ވަނީ މަސައްކަތް ކޮށްފައެވެ.

ހޫތީންގެ އަތުގައި މި ފަދަ އެތައް އުޅަނދެއް ހުންނާނެ ކަމަށް އަސްކަރީ ތަޖުތިބާކާރެއް ކަމަށްވާ ފެބިއަން ހިންޒް ވަނީ ވިދާޅުވެފައެވެ. އަދި މި އުޅަނދުތައް ރާވާ އަތުރަނީ ޔަމަަނުގައި ހޫތީން އަމިއްލަ އަށް ކަމަށާއި، ނަމަވެސް މި ތަކެތި އެފައްދަން ބޭނުންވާ ކޮމްޕޯނެންޓް ތަކާއި ސާމާނުތައް އުފައްދަނީ އިރާނުގައި ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މިކަހަލަ އުޅަނދު ތަކަކީ ހޫތީންނަށް ހަނގުރާމައިގައި ވަރަށް ބޭނުންތެރި ހަތިޔާރެއް ކަމަށާއި ސަބަބަކީ ސައުދީ ކޯލިޝަނާއި ދެކޮޅަށް ކުރި ހަނގުރާމައިގައި ހޫތީން ވަނީ މި ފަދަ އުޅަނދުތައް ބޭނުން ކޮށްގެން ސައުދީ އަށާއި އެ ގައުމަށް ވާގިވެރިވި ގައުމުތަކުގެ އަސްކަރިއްޔާ އަށް ވަރަށް ބޮޑެތި ގެންލުންތަކެއް ދީފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ކަނޑުގެ ސިފައިންގެ މެދުއިރުމަތީގައި ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ވައިސް އެޑްމިރަލް ބުރެޑް ކޫޕަރ ބުނެފައިވަނީ މިއީ ރަތް ކަނޑުގެ ހަމަނުޖެހުން ފެށުނު ފަހުން ހޫތީން މި ފަދަ ހަތިޔާރެއް ބޭނުންކުރި ފުރަތަމަ ފަހަރުކަމަށާއި މީގެ ސަބަބުން މަޝްރަހު އިތުރަށް ގޯސް ވެދާނެކަމަށެވެ.

ހޫތީން ރަތް ކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ ނުވަތަ އިސްރާއީލާއި ގުޅުން ހުރި އާގު ބޯޓުތަކަށް ހަމަލާދެމުން ގެންދަނީ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ހޫތީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ސާބަހޭ ހޫތީން އެމެރިކާ ދެކެ ބިރުގަންނާކަށް ނުޖެހޭ ، ފަލަސްތީނުގެ ހައްގުގައި ހަމަލާދީ ނުލަފާ ބެންޔަމިން ނަތަންޔާހޫ މަރާލާ އިޒުރޭލަށް ހަމަލާދީ

    47
  2. Anonymous

    ދުނިޔޭގެ އެތަން މިތާނގައި މުސްލިމުން މަރަމުން، ފަލަސްތީނު ރައްޔިތުންގެ ގޯތި ގެދޮރާއި މީހުންގެ ބޮލަށް ބޮންއަޅަން ޔަހޫދީންނަށް އެހީވެ އެތައް މިލިއަން މުސްލިމުންނެއް މަރާފައި، މިކަމަކީ ޓެރަރިޒަމާއި އިދިކޮޅަށް ނުވަތަ ސުލްޙަ ޤާއިމްކުރުމުގެ ނަމުގައި ކުރާ ކަމެއްގެ ލޭބަލް އަޅާ މުނާފިޤު ބައެއް އަބަދުވެސް، އެމެރިކާ ސަރުކާރަކީ
    މިއީ މިއަދު ކުޑަކުދިންވެސް ދަންނަ ހަޤީޤަތެއް.

    38
  3. ހުސޭނުބޭ

    ބަރާބަރު!

    32
    0
  4. އިންޓަލް

    އެމަރިކާއިން ހަނގުރާމަފަށައިފިއްޔާ އެމަރިކާ ލެއިން ޒަހަމުކޮށްލާވަރުވާނެ ތާލިބާނުންނަށްވުރެ ގަދަބައެއް ހޫތީންނަކީ އަޅެ ކެރެންޏާ ހޫތީން ބޮލައް ބޮންއަޅާބަލަ
    ފައިނަލްވާނިންގޯ ތި އިންޒާރުވެސް ކިތައްފަހަރު ދީފި
    މިހާރު އެމަރިކާ ބިރުގަންނަކަން ތިކަމުންއެނގެނީ

    32
  5. ކަމެއްވާން އުޅޭހެން ހީވޭ

    އީރާނުން ރަތްދިދަނަގައިފި މިފަހަރު ޔަގީން ކަމެއްވާނެ
    ކުރީފަހަރު ތިރަތްދިދަ ނެގީ3/01 2020ވަނަ އަހަރު އެފަހަރު އެމަރިކާގެ 2 ބޭހަކަށް 22 ބެލެސްޓިކް މިސައިލްއެޅި. އެފަހަރު އީރާނުން ތެޅީ ކޮސް އަނގައެއްނޫން.

    23