ދުބާއީގެ އަލް ނަހްޔާން ޝާހީ އާއިލާއަކީ 490 މިލިއަން ޑޮލަރުގެ ބޮޑު ގަނޑުވަރަކާއި އަށް ޕްރައިވެޓް ޖެޓާއި މަޝްހޫރު ފުޓްބޯޅަ ކްލަބެއް ހިންގާ އާއިލާ ކަމަށް ޖީކިއުގެ ރިޕޯޓެއްގައި ބުނެފިއެވެ.

ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަކީ އާއިލާގެ އެންމެ އިސްވެރިޔާއެވެ. އޭނާގެ އާއިލާގެ 18 ބޭބެ އިންނާއި 11 ދައްތައިން ތިއްބަވައެވެ. އޭނާގެ ނުވަ ދަރިންނާއި 18 ކާފަ ދަރިން ތިއްބަވައެެވެ.

ދުނިޔޭގެ ތެލުގެ ރިޒާވްގެ ގާތްގަނޑަކަށް ހަ ޕަސެންޓް ހިއްސާ އޮންނަ މެންޗެސްޓާ ސިޓީ ފުޓްބޯޅަ ކްލަބުގެ ހިއްސާ އޮންނަ މި އާއިލާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ބިއުޓީ ބްރޭންޑް ފެންޓީ އިން ފެށިގެން އެލޮން މަސްކްގެ ސްޕޭސް އެކްސް ފަދަ މަޝްހޫރު ކުންފުނިތަކުގެ ހިއްސާ އޮންނަ އާއިލާއެކެވެ.

އަބޫދާބީގެ ރަސްގެފާނުގެ ކޮއްކޯފުޅު ޝެއިޚް ހަމަދު ބިން ހަމްދާން އަލް ނަހްޔާންގެ އަތުގައި ދުނިޔޭގެ އެންމެ ބޮޑު އެސްޔޫވީ ހިމެނޭ ގޮތަށް 700 އަށް ވުރެ ގިނަ ކާރުގެ ކަލެކްޝަނެއް ހުރިއިރު އޭގެ ތެރޭގައި ފަސް ބުގާޓީ ވީރޮން، ލެމްބޯގިނީ ރެވެންޓަން، މާސިޑީޒް ބެންޒް ސީއެލްކޭ ޖީޓީއާރް، ފެރާރީ 599XX އަދި މެކްލަރެން އެމްސީ12 ހިމެނެއެވެ.

އަބޫދާބީގައި ހުންނަ ގިލްޑެޑް ކަސްރު އަލް ވަތާން ރިޔާސީ ގަނޑުވަރުގައި މި އާއިލާ ދިރިއުޅެމުން އަންނައިރު، ޔޫއޭއީގައި އެ އާއިލާގެ މިލްކިއްޔާތުގައި ހުރި މިފަދަ އެތައް ގަނޑުވަރުތަކުގެ ތެރެއިން އެންމެ ބޮޑު ގަނޑުވަރު ވެސް ހިމެނެއެވެ. ގާތްގަނޑަކަށް 94 އޭކަރުގެ ސަރަހައްދެއްގައި ފެތުރިފައިވާ މި ބޮޑު ގަނޑުވަރުގައި 350،000 ކްރިސްޓަލް އިން ހަދާފައިވާ ޗާންޑެލިއާއެއް ހުންނައިރު، އަގުހުރި ތާރީހީ އާސާރީ ތަކެތި ވެސް ހުރެއެވެ.

ރައީސްގެ ކޮއްކޯފުޅު ތަހްނޫން ބިން ޒައިދު އަލް ނަހްޔާން އަކީ އެ އާއިލާގެ ޗީފް އިންވެސްޓްމަންޓް ކުންފުނީގެ އިސްވެރިޔާ އެވެ. މިހާރު 235 ބިލިއަން ޑޮލަރުގެ އަގު ހުރި އެ ކުންފުންޏަކީ ދަނޑުވެރިކަމާއި ހަކަތަ އާއި މުނިފޫހިފިލުވުމުގެ އިތުރުން މެރިޓައިމް ވިޔަފާރިތައް ހިންގާ ކުންފުންޏެކެވެ. އެ ކުންފުނީގައި 10،000 އަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރަމުން ދެއެވެ.

ޔޫއޭއީގެ އިތުރުން ޕެރިސް އާއި ލަންޑަން ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި އާއިލާގެ ލަގްޒަރީ ޕްރޮޕަޓީތައް ވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޯދީ

    ތި ހުރިހާ މުދަލެއް ހިފައިގެން ކަށްވަޅަށް އެރެންދާށޭ ބުނޭ. ހުސް އިސްރާފް

    10
    1
  2. މުޙައްމަދު އަރީފު

    ޢަލްހަމްދު ލިއްލާހި

    4
    0
  3. ދިޔާޒު

    އަރަބިން ހާދަ ގަމާރޭ ދޯ

    4
    1
  4. ޙސހސ

    ކޮބާ މިމީހުންގެ މުއްސަނދި ކަމުގެ ބޭނުމެއް. ގިޔާމަތް ދުވަހުން މިބައިމިހުންގެ މުދާތަކާއި ފައިސާގެ ބޭނުން ހިފިގޮތާމެދު ސުވާލު ކުރެވޭހިނދު ކީކޭބާބުނާނީ. އަޚުންނާއި އުޚްތުން ބަނޑަށް މަރާ ހަނގުރާމަ ކުރާއިރު މިމީހުން ބަނޑުފުރައިގެން. ބޯމައްޗަށް ބޮންއަޅާ އެެތައް މިލިޔަން މުސްލިމުން މަރާއިރު ދެކޮޅަށްް އެއްވެސް އެއްޗެެއް ނުބުނެ ލޯމަރާލައިގެން.

    18
    3
  5. ޕޭމަންޓް

    ފޫހި ބޭކާރު ބައެއް.

    2
    1
  6. އިބްރާހިމް

    މުއްސަނދިވުމަކީ މައްސަލައެއް ނޫން! އެކަމަކު ހަލާލުގޮތުގައި ފައިސާހޯދައި ޒަކާތްދޭންޖެހޭނެ!