ރާއްޖެއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިރޭ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ 36 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި ހަ ދިވެހިންނާއި އިންޑިއާ މީހެއް ކަމަށެވެ. މިއީ މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ރާއްޖެއިން މި ބައްޔަށް ފައްސިވި ފަހަރެވެ.

އިތުރު 36 މީހަކު ފައްސިވުމާއެކު މިހާރު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 177 އަށް އަރާފައެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މިރޭ ފައްސިވި 36 މީހުންގެ ތެރެއިން 30 މީހުންނަކީ ތިން ގެއެއްގައި ދިރިއުޅެމުން ދިޔަ މީހުން ކަމަށެވެ.

މި އެންމެންވެސް މިހާރު އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 75 ދިވެހިންނާއި ބަންލަދޭޝްގެ 75 އިންޑިއާ ދިހަ މީހަކު ހިމެނެއެވެ.

ރާއްޖެއިން އަނެއްކާވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، މިހާތަނަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ މާލެއިންނެވެ. މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މާލޭގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ދެ ރަށަކުން ކޮވިޑް-19 އަށް ދެމީހަކު ފައްސިވެފައި ވެއެވެ. އެއީ ހއ. އުލިގަމާއި ށ. ނަރުދޫއެވެ. މި ދެރަށުން ވެސް މި ބައްޔަށް ފައްސިވެފައި ވަނީ ދިވެހިންނެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ދެން ރާއްޖެއިން މި ވައިރަސް ފެތުރިފައިވަނީ ރިސޯޓްތަކުގައެވެ.

މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، މާލެ ސަރަޙައްދު ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން އެރަށުން އަނެއްރަށަށް އަރައި ފޭބުން މަނާކޮށް މީގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް ވަނީ ފުރަބަންދުކޮށްފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ގިނަ ރަށްތައް މިވަގުތު ކަރަންޓީނުގެ ހާލަތަށް ވެސް ގެނެސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ޑައެލޯގް

    ސަރުކާރުގެ ގޮތްދޫކުނުރުމުގެ ނަތީޖާ ޑޮކްޓަރުންނާއި މާހިރުން ގޮވަމުންދިޔައީ އެއާޕޯޓު ބަންދުކުރަން އެކަމު އިބޫއަކަށް ނީވުނުއެވެ. ނަމުން ސޯލިހު ކަމުން ޖާހިލު. ދެން ހުރިހައިކަމެއް މަބްރޫކާ ޙަވާލުކޮށް މިކިޔަނީ ފަރުދީޒިންމާ ނުނަގައިގެންނޭ ގޯސްމިވީ ކިޔާފަ ރައްޔިތުން ގޯސްކުރަނީއެވެ. ރަގަޅު ފަރުދީޒިންމާވެސް އެބައޮތް އެކަމު އެއަށްވުރެކުރިންދޯ ގޮވީ އެއާޕޯޓް ބަންދުކުރަން

    177
    43
    • މަގޭ

      ކޮންމެ ކަމެން ސިޔާސީ ނުކޮން ބަލަ.. ދެެން އެޗެއް ކަމަން ބުނާނެ ޔާމިނު ޖަލުން ނެ ރޭށޭ އެއީތަ ބަލީގެ ފަ ރުވާއަކީ.. ?

      46
      134
      • Anonymous

        ސިޔާސީ ކުރަނީ ނޫނޭ. އެބައިމީހުން ބުނަނީ މިއީ އެހާއެހާ ބޮޑުކުރަން ޖެހޭ ކަމެއްނޫންކަމަށް. އަމިއްލައަށް ޖަލަށްވަދެ ތިބެން ނުޖެހޭކަމަށް. މިހެންބުނެ އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ނަތީޖާ މިފެންނަނީ.

        40
        4
      • އެނޮން

        ސަރުކާރު އިސްތިއުފާދީ، ޔާމީން ދޫކޮށްލަން ޖެހޭ ސަބަބުތައް ބައިވަރު،
        1. މިސަރުކާރު މިކަމަކީ އެއްވެސް ކަމެއް ނުދެކި މިކަމަށް ޖޯކު ޖަހައި ހެދުމުން އެގިގެން ދަނީ ސަރުކާރުން ރައްޔިތުންނާއި ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނާކަން.
        2. ސަރުކާރުގެ މިނިސްޓަރުން، އެންމެ ވޯސްޓް ހާލަތުގައިވެސް މިހަކަން ހައްލުކުރާނެކަމަށް ބުނެ ރައްޔިތުން ކައިރީ ދޮގުހެދުން،
        3. އިޤުތިސޯދީގޮތުން މިޤައުމު ބޮޑު އަދަވަޅަކަށް ވެއްޓިފައިވާތީ،
        4. ޤައުމުގެ އިޤުތިސޯދު ހަމައަކަށް އެޅުވޭނެ ހަމަ އެކަނި ވެރިޔަނީ ރައީސް ޔާމީން ކަމަށް ވާތީ.
        5. އެއްވެސް ކަމެއް މެނޭޖު ނުކުރެވި، ހުރިހާ ކަމެއް ބޮއްްސުން ލާފައިވާތީ.
        6. ޔާމީން އަށް ކޮށްފައިވާ ހުކުމަކީ ޤައިރު ޤާނޫނީ ހުކުމެއް، އެހުކުމް ކޮށްފައިވަނީ އިސްލާމީ ޝަރީއަތާއި ހިލާފަށް.

    • މަޒް

      ޑޮކްޓަރުން އެބަ ގޮވާ ގޭގަ އޮންނާށޭވެސް. ކަލެއަށް އެބަ އޮވެވޭތަތަ ގޭގައި؟ މޮޅު ވާހަކަ ދައްކާ

      23
      6
  2. ??

    އިންސާﷲ ރަންގަޅުވާނެ
    ދުއާ ކުރޭ .. މުސްލިމުންގެ ހަތިޔާރަކީ ދުއާ

    179
    1
  3. ޖފ

    ސަރުކާރު ހީކުރީ 6 ކަ މީހިންނަށް ޖެހިލާފަ މިކަމުން އަރާގަނެ އާއްމު ދިރިއުޅުމަށް ވުޖޫޢްއަ ވެވިދާނެކަމަށް، އަންނިގެ މޮޅެތި ބަސްތަކުން އެކަން ޔަގީނާ ގާތަށް ކަށަވަރު.

    107
    11
  4. މާމިގިލީ މީހާ

    މިސަރުކާރުން ގެނައި ބައްޔެއް މީ. ދެން ރާއްޖެއަކު މިބައްޔެއް ކޮންޓްރޯލެއް ނުކުރެވޭނެ. ދެން ދުވަސްކޮޅަކުން ގޮވާނީ މީހުން މަރުވާ ހަބަރު. މިހާރު ރާއްޖެތެރެއަށް ވެސް މި ބަލި އޮތީ ފެތުރިފަ. މާލޭގަ ތިބި ރާއްޖެތެރޭ މީހުންގެ ސަބަބުން. ރާއްޖެއިން ގިނަ ބަޔެކައް މިބަލި ޖެހި މަރުވާނެ. ސަރުކާރު އޮތީ ގޮތް ހުސްވެ، ނޭވާ ހޮޅިއަށް އެޅިފަ. ވެންޓިލޭޓަރަށް ސަރުކާރު ލާން ޖެހިފަ..

    67
    28
    • ގުލްނަވާ

      ކަލޭގެ އަނގަ

      10
      14
  5. ރައްޔަތުން މ

    ސަ ރު ކާ ރުގެ ބޮޑުން ޒިންމާ ނަގަންޖެހޭ. ތަންތަނުން މީހުން ގެނެސް ދޫކު ރުމުގާ އިހުމާލު ވި ފަ ރަތް ތައް ގާނޫނު ގެ ކު ރި މައްޗައް ހާޒި ރު ކު ރޭ

    111
    5
  6. ބީސޭފް

    އެއީ ކު ރިން ނަތީޖާ ނުލިބި ހު ރި ސާމްޕްލް ގެ ނަތީޖާ ތަކުންތޯ ނޫނީ ނިއު ކޭސެސް ތޯ ސުވާލުކޮއްލަދެއްޗެ ދެން ޕް ރެސް އެއްގަ. އެންޑް ޕލޒ ޕލޒ ހަބަ ރުގަ ޖަހާލަދެއްޗެ. ޕް ރެސް ނުބެލިދާނެ. އެކަމް ވަގުތު ބެލޭނެ ކޮންމެ ގަޑިއަކުވެސް

    72
    3
  7. އަލީ

    އަރުމެން ވަރަށް ކަންބޮޑު އެބަވޭ އަހަރުމެންގެ ދަރީން ރިސޯޓުން އައީމަ ތިތަނުގަ ހައްޔަރު ކޮށްގެން ތިބީމަ...................................؟

    46
    8
  8. ??

    ކެއްތެރިވޭ މީސްތަކުންނޭ
    ކެއްތެރިންނާ އެކު ﷲ އަބަދުވެސް ވަނީ
    އިމްތިހާން ކުރައްވާނީ އެކި ގޮތްގޮތައް
    ދުނިޔޭ ގަ އަހރެމެނައް ވުރެން ހާލުގަ އުޅޭ މުސްލިމުންވެސް އެބައުޅޭ
    ސުކުރު ކުރޭ މިވަރުވެސް ވާކަން

    130
    2
    • ?

      އަލްހަމްދު ލިﷲ

      17
      1
  9. ބެެއްޔާ

    ސަރުކާރައް އާދޭހާއެކު ގޮވާލަން މާލޭގަ އުޅޭ ބޭރުމީހުން ވަކިން ހާއްސަކޮށް ލޭބަރކްއާރޓް ތަކުގަ އުޅޭ ހުރިހާ މީހުން ވަގުތުން ވަގުތައް ގުޅީފަޅު ނުވަތަ އެނޫންވެސް ދިވެހިން ނޫޅޭ ރަށަކަށް ބަދަލުކުރުމަށް.. އެމީހުން ތެރޭގަ ކައްކާއިންނާ އެހެނިހެން ކަންކަން ދަންނަ މީހުން މަދުނުވާ ވަރަށް ތިބޭނެ. ސަރުކާރުގެ ޚަރަދުގަ އެމީހުނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ދީގެން އެމީހުން އަމިއްލަ އަށް މެނޭޖު ކުރަން ބައިތިއްބާ.. ނުވަންޏާ އެމީހުން ނިސްބަތްވާ ސަރުކާރުތަކުގެ މަދަދުވެރިކަން ހޯއްދަވާ މިވަގުތައް ނަމަވެސް މީ ވަރަށް މުހިންމު ކަމެއް. މިހާރު ނިކުމެފަ ހުރި ނަތީޖާ ތަކުން ވަަރަށް ސާފު ފެތުރިގެންދާލެއް ބާރުކަން.. އާދޭސްކޮށްފަ މިބުނީ މިކަން މިހެން ކުރައްވާ..

    15
    3
  10. ސަރު

    ގައިމު ރާއްޖޭގެ ހުރިހާ ރިޒޯޓްތަށް އެތިބީ ބަންދުކޮށްފަ ވަރުގަދަ ގަދަފަދަ ސަރުކާރު މިއޮތީ މުއްދަތު ޖެހިނަމަވެސް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ، އިޣްތިސާދް ފުނޑު ފުނޑު ވިޔަނުދެން އެޅި ޅައެތީގެ ނަތީޖާ، މ މާނައކީ އެކަލާނގެ އިރާދަ ކުރައްވައިފިނަމަ އެކަމެށް ނުވާނެއެކޭނޫން
    އެކަމު ހުން އަންނާނެކަމަށް ރަޖާލެވުނީސް ކަންނޭގެ ކުރިން

    20
    1
  11. ޢިބުރާހިމް ބޮޑޭ

    އައްނިގެބަހައް އެރައިވަލް ބަންދުނުކޮށްއޮތީ ރާއްޖެއަށްވެސް ކޮވިޑު އަންނާނޭކިޔާފަ އެންމެފަހުންހުރިހާ އެއަރލައިންތައް އަމިއްލައަށްދަތުރުތައް ހުއްޓާލީމަ އެރައިވަލް ހުއްޓާލީއްޔޭ ބުނީ

    17
    1
  12. ރުޅި

    ތި ބަންގާޅި މީހުންތައް ފޮނުވޭލާންވީ އެމީިުންގެ ގައުމަށް ވަރަށް ނުތާހިރު ބައެއް

    4
    13
  13. ނަގުލު ފިއްތި

    އަދިވެސް ރާއްޖޭގެ ހުރިހާ ރަށްތަކުގަ ތިބި އެންމެންވެސް ތި މާލެއަށް ގެންގޮސް ބައިތިއްބާ. މިހާރުވެސް ރިސޯޓްތަކުން އައިސް ރަނގޅަށް ތިބިމީހުން ގެންގޮސް ސުކޫލު ތަކަށް އެތަށް ބަޔަކު ތިބިތަނަކަށް ވަށްދާއިގެން އުޅެނީ. މަ ހުވާ ބުނީ ކަލޭމެން ރަނގަޅު ނިޔަތެއްގައެއް ނޫން އެމީހުން ހިފަހައްޓާއިގެން ތިއުޅެނީ. ބަލި ނުޖެހި ތިބިމީހުންނަށް ވެސް ބަލި ޖަށްސަނވެގެން

    9
    2
  14. މޯޑް ޝާނީ

    މާލޭގަ ހުހައް ތިބި ގެސްޓް ހައުސްތަށް މިހާރު މަދެއް ނުވާނެ ކަލޭމެން އެމީހުން ގެންގޮސް އެތަންތަނަށް ލާބަލަ. ގައިދުރު ވާށޭ ކިޔާފަ އެތަށް ބަޔަކު އެއްތަނަކަށް ވައްދާފަ ވަލު ޖަނަވާރުންނަށް ވެސް ކާން ނުދޭހާ ނިކަމެތިކޮށް މި ރޯދަމަހުވެސް
    ކާން ދެނީ. އިމާދުއްދީން ސުކޫލަށް ވަދެ ބަލާލީމަ އިންގޭނީ ހާލަތު.ބަލި ނުޖެހި ތިބި މީހުންވެސް ހަލާކު ކުރަންވެގެން. ހެލްތު މިނިސްޓަރ އަމީނު އިސްތިއުފާ ދީފަ ގެޔަށް ދާންވެއްޖެއެއް ނޫން ނުވަންޔާ

    13
    9
  15. އައްޑޫ ލެއި

    މިމީހުންނަށް ވަރިހަމަ ލޮކްޑައުން ކުރެވުނީމަ. ދެން ކޮންމެކަމެއް ކޮންމެ ގޮތަކަށް ދިއަޔަސް. ރިސޯޓް ތަކުން އައިހާ އެންމެން އެއްތަނަކަށް ވައްދައިގެން ރަގަޅަށް ހުރިމީހާވެސް ނުރައްކަލަށް.

    9
    5
  16. ހިތަދޫ މީހާ

    އައްޑޫ ސިޓީ ހިތަދޫ ޓާސްކް ފޯސްގަ ދެވަނަޔައް ހުރި ޝަރަފް އައްގުޅީމަ ޖީވަނީ ސަރުކާރު ދެކެ ބިރުން ތުރުތުރުއަޅާ މީހެއް ހެން. ދެން ހުރީ ސޯބޭ އޭނަޔަކަށް ހުއްދައެއް ނޯވޭ ރައްޔިތުންގެ ކަންބޮޑުވުންތަށް އަޑުއަހާކަށް މީހަކު ގުޅިޔަސް ފޯނަށް ޖަވާބެއް ދޭކަށް

    17
    2
  17. ތެޅޭ

    މީ ހާލަކީ...

    7
    1
  18. ޝީޒާ

    ބަލި ނުޖެހި ތިބި މީހުންވެސް ހިފަހައްޓާލާ ބަލިޖެހެން ދެކަށް ތިތަނުގަ. ކަލޭމެންނަށް ވަރިހަމަ ހަމައެކަނި ލޮކްޑައުން ކުރެވުނީމަ. ދެން ރަގަޅުވާނެ ކިތަންމެ މުޑުދާރު ތަނަކަށް ވިޔަސް ހުރިހާ އެންމެން އެއްތަނަކަށް ވަށްދައިގެން ތިކަމއި ލައިގަންނަން ދެން ހިފަހައްޓާލާ

    11
    4
  19. އައްޑޫ ލެއި

    މާލެ އައީ ރިސޯޓުން އެންމެ ފަހު ގެސްޓް މީހާ ފުރިތާ 18ދުވަސް ފަހުން އައިސް ފުރަން ތައްޔާރު ވެފަ އޮށް ބޯޓަކަށް އަރާ ތިއްބާ ބޭލުވީ .......................ބަލި ޖަށްސަން ވެގެން. މިހާރު މިއުޅެނީ ލަށްކަ ހާލުގަ

    10
    2
  20. އަލީ

    ވޯޓް ހޯދަން މިސަރުކާރަށް ނިސްބަށްވާ އެކަކުވެ ނައަންނާތި ދުވަހެއްގެ ކޮޅުން ވެސް އައްޑޫ މީހުން ކާއިރިޔައް

    14
    3
  21. ހޭވައްލާ ތައްޔާރު

    މި ޤައުމުގައި ފު ރަތަމަ އަޅަންވި ފިޔަވަޅަކީ ރާއްޖޭގައި ތިބި ބަނގުލަދޭސް މީހުންތަޢް ވަގުތީ ގޮތުން ނަމަވެސް ރަށަށް ފޮނުވާލުން މި ކަން ނުކޮށް މި ތިބީ ތައްޔާ ރަށޭ ކިޔައިގެން ކެނޑީ ފޮނި އަބަދުވެސް ކިޔަމުން މިދިޔައީ ކޮމިއުނިޓީ ތެ ރޭގައި ފެތު ރެން ފަށައިފިއްޔާ އެންމެ ނު ރައްކާވާނީވެސް އަދި ކޮންޓް ރޯލް ކު ރަން އުނދަގޫވާނީވެސް ދިވެހިބަންގާޅީންނެވެ.ބަންގާޅުން އެހީ ހޯދުމުގެ ބަދަލުގައި އެ މީހުން ރަށަށް ފޮނުވާލިނަމަ ތި ލިބު އެހީއަށްވު ރެ މާބޮޑު އެހީއަކަށްވީސް ދެން ކު ރާނެކަމެއްނެތް ދެން ދިވެހި މާލިއްޔތުގައި އަތްނުލެވި އެއްޗެއް އޮވެއްޖެއްޔާ ބަންގާޅީން ނަށް ދީ ހުސްކޮށްލާ އޭ ރުން ހުންނާނީ ފިސާ ރި ޤައުމު ހިންގިފަ. ޓޫ ރިޒަމް ނެތަސް މި ބައިގަނޑަށް ޤައުމު ހިންގޭނެ މިއީ ޓީ ރިޒަމް ބޮއިކޮޓް ކު ރަން ގޮވި ބައިގަނޑު

    12
    1
  22. ޓައަޕު

    ޢިންސާނުން ކުށްކޮށްފިއެވެ ކުއްވެރިވެއަމިއްލަ ނަފްސަށް އަނިޔާވެރި ވެއްޖެއެވެ ދެންވެސް ބިރުވެތިވެ ފާފަތައްފުއްސެވަށާ ރަހުމަތްލެއްވުމަށް އެދޭށެވެﷲއީޣަފޫރުއް ރަހީމް އެވެ

    13
    1
  23. މުހައްމަދު

    އެހެން ވިއްޔާ ދުނިޔޭގެ ބާ ރުގަދަ އެހެން ގައުމުތަކުންވެސް އަމިއްލައށް ކޮށްގެން އުޅޭ ކަމެއްތާ

    2
    9
  24. ޢާދޭސް

    މިކަމުގައި ސަރުކާރުގެ ސިއްރު އެޖެންޑާއެއް އެބައޮތް !
    ދެތިން ދުވަހު ކާފިއު އިއުލާންކޮށްލާފަ އުވާލީ!
    އެއީ ވެރިންގެ ގެއަށް ބޭނުންވާ ސާމާނުކޮޅު ގަނެ ރައްކާކޮށްލަން!
    އެތިކޮޅު ގަނެލެވުނީމަ ދެން ކުއްލިއަކަށް ބޮޑު ލޮކްޑައުން!
    ކުއްލިއަކށް ޕޮޒިޓިވް ކޭސްއެއްވެސް!
    ޔަޤީން ކުރިންވެސް މިމީހުންނަށް މިކޭސް އެނގޭނެ!
    މާތްﷲއަށް ވަކީލު

    16
    1
  25. Anonymous

    މިއީ މި ސަރުކާރުގެ ބޮޑުން ހިންގަމުންދާ ޖަރީމާއެއް. މި ސަރުކާރުގެ ބޮޑުން ބުނަނީ މިއީ އެހާއެހާ ބޮޑު ކަމެއް ނޫންކަމަށް. މިހެންބުނެ ވާހަކަ ދެއްކުމުން ޕާޓީ ކުދިން ބޭރުތެރަށް ނުކުމެ ތެޅެމުންދަނީ. ނަތީޖާއަކީ ނިކަމެތިން ބަލިދާނަށް ދިއުން. ޕާޓީ ބޮޑުން އަރާމުގައި ގޭގައި.

    15
    1
  26. Anonymous

    އީވާ ވެސް ބުނި އެންމެ އެންމެ 80 ހާހެއްހާ މީހުންނަށް ބަލި ޖެހުނުއިރު 2 ހާހެއްހާ މީހުންނޭ މަރުވީ އެހެންވީމާ 3 ޕަސެންޓްގެ ފޭޓާލިޓީ ރޭޓެއްކަމަށް. އެހެންވީމާ އެއީ ހާސްވާންޖެހޭ ކަމެއް ނޫންކަމަށް. މަޖިލިސް ރައީސްވެސް ބުނަނީ ހަމަ ޓްރަމްޕް ބުނިހެން މިއީ އާދައިގެ ރޯގާއެއް ކަމަށް. މިހާރު ސަރުކާރުވެސް ކޯޓުތައްވެސް ހިންގަނީ މަޖިލީހުން. އެހެންވީމާ މަޖުލީހުން އެފަދައިން ވާހަކަ ދެއްކުމުން ޕާޓީގެ މަގުތައްމަތީގައި އުޅޭ ކުދިން ގެއަށް ނުވަދޭ. ޕާޓީގެ ބޮޑުން ރާއްޖެއިން ބޭރުން ސަރުކާރުގެ ޚަރަދުގައި ގެނެސް ކަރަންޓީނު ނުކުރޭ. މިހެންވެ ދެން ބަލި ފެތުރޭނެތާ. މި ބަލި ރާއްޖެއަށް ފެތުރުމުގައި އެމްޑީޕީގެ ހިއްސާ ވަރަށް ވެސް ބޮޑު. އެމްޑީޕީއިންނާއި މަޖުލީހުން މިކަމުގެ ޒިންމާ އުފުލަންޖެހޭނެ.

  27. މާމީ

    މަޖިލިހަށް ރައްޔިތު ބަޔަކު ހޮވާފަ ތިބި ޖައްބާ ރުން ދެއްކި ވާހަކަ މިއޮތީ ދިމާ ވެފަ.

    1
    1
  28. ާބޭކާރު

    ތިޔަ 36 މީހުނަށް ބަލިޖެހިފައިވާކަން އެގުނު އިރު މި 36 މީހުން ގެފަރާތުން ކިތަންމީހުން ބަލިޖެހިފަ ތިބޭނެ ނިމުމެއްނެތް .ސައްކުކުރެވޭހުރިހާމީހުން މުޖްތަމައިން ކަރަންޓީނު ފެސިލިޓީ އާށް ގެންދިއުމުން ެަބަދުވެސް ބަލިޖެހޭނީ ކަރަންޓީނު ތެރޭން އޭރުން މުޖްތަމައު ސަލާމަތް ކުރެވުނީ

  29. ޒިލާބި

    މައްސަލައަކީ މިވަރުވާއިރުވެސް އޮފީސް މަސައްކަތް ކުރުވަން އުޅޭތީވެ. ގޭގާތިބެގެން ވެސް އޮފީސް ހިންގަން މިޖެހެނީ.

  30. ރައްޔިތުމީހާ

    މިކަން މިހިސާބަށް ދިޔައީ ސަރުކާރުގެ ދޯހަޅިކަމުން.ދޮގުހަދާ އޮޅުވާލީމަ. ބޮޑުންގެ ކުދިން އިގިރޭސިވިލާތުން ގެނެސް އެމީހުންގެ އމިއްލަގޭގަ ބައިތިއްބާފަ މިބަލި މުޅިރޢްޖޭގަ ފަތުރާފަ މޮޅުވާހަކަދައްކާނެ ކަމެއްނެތް.ދެން އޮތް އެންމެ މޮޅު ފަރުވާ އަކީ ﷲގެ ހަޒުރަތުގަ މިކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި ދުއާކުރުން

  31. ޓަކިބޭ ދައިތަ

    ރައްޔިތުންގެ މާލިއްޔާ ލޫޓްވާލައިފި. ވެރިން ރައްޔިތުންނަށް ޚިޔާނާތްތެރިވެއްޖެ. މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފްވެ ޤާނޫނުތައް މުގުރާ ރައްޔިތުންނަށް ވައިރަސް ޖައްސައި ރައްޔިތުން މަރަށް ތެޅެން ދޫކޮށްލައިފި. އެމްޑީޕީގެ ސަރުކާރު ފޭލްވެއްޖެ. ދެފަހަރަށް ރައްޔިތުންގެ ފަރާތުން ވެރިކަން ޙަވާލުކުރީމާވެސް ފޭލްވީ. ރައްޔިތުންނޭވެ! ހޭއަރާށެވެ! ސަލާމަތީ ބާރުތަކުގެ ބޭފުޅުން ވިސްނާވަޑައިގަންނަވާށެވެ! މިއީ ތިޔަބޭކަލުންނާއި ކަނބަލުންގެ ވެސް ޤައުމެވެ. މިޤައުމުގެ ކަންކަން މިވަނީ ބޮއްސުންލާފައެވެ. ރައްޔިތުންނަށް މިވަނީ އޮޅުވާލާފައެވެ! ފްލޯޓިން ހޮސްޕިޓަލާއި 4000 މީހުންގެ ވެންޓިލޭޓަރާއި ފެސިލިޓީ ކޮބައިތޯއެވެ؟ އަދި 200 މީހުންނަށް ވެސް ފަރުވާދޭން ޖެހިފައިނުވާއިރު ވިސްނަވާށެވެ!

    މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް:-
    1- ޖަލުގައި ތިއްބެވި އެންމެހާ ޤައިދީން ޝަރުޠުކޮށްފައި ނަމަވެސް މިވަގުތަށް ދޫކޮށްލުން. (މިގޮތަށް ކަންތައް ނުކޮށްފިނަމަ، ޖަލުތަކުގައި އެތައް ބަޔަކު މިވައިރަސްގެ ޝިކާރައަކަށްވެ މަރުވެގެންދާނެއެވެ.)
    2- ޤައުމުގެ ސަލާމަތީ ބާރުތަކުން އަވަސް ފިޔަވަޅު އަޅުއްވާ ޤައުމުގެ ކަންކަމާއި މިވަގުތަށް ޙަވާލުވެ ވަޑައިގެން މިޞްރުގައި ހިންގައިދިޔަ ކަންތަކުން ޢިބްރަތް ޙާޞިލް ކުރެއްވުން.
    3- ޤައުމުގެ ބޯޑަރު ބަންދުކުރަން އެދި ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި ޞިއްޙީ ޚިދްމަތްތެރިންނާއި ނޫސްވެރިންނާއި ޢާއްމު ރައްޔިތުން ގޮވަމުން ދިޔަ ގޮވެލިފަތި އަޑުނާއްސަވާ ބީރުކަންފަތެއް ދެއްވި ވެރިންގެ މައްޗަށް އަވަސް ފިޔަވަޅު އަޅުއްވާ ޖިނާއީ ތަޙްޤީޤު ހިންގަވާ ޤާނޫނުގެ ޙުކޫމަތު ޤާއިމް ކޮށްދެއްވުން.
    4- ރައްޔިތުން ގޮވައިގެން މިއަޑިގަނޑުން އަރައިގަނެވޭފަދަ ވެރިޔަކާއި ދައުލަތް ޙަވާލު ކުރެއްވެންދެން ސަލާމަތީ ބާރުތަކުން ދައުލަތުގެ އެންމެހާ ކަންކަން ނިކަމެތި ރައްޔިތުންގެ މައްޗަށް އަމާނާތްތެރިކަމާއެކު ހިންގަވާ ބެލެހެއްޓެވުން.
    (މިކަން ސަލާމަތީ ބާރުތަކުގެ ބޭފުޅުން މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި އެއްގޮތަށް ގެންދެވިދާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. އެހެނީ، ސަލާމަތީ ބާރުތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޤަދަރު ޒަމާނުއްސުރެ އޮންނާތީއެވެ.)

    މިގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ނުގޮސްފިނަމަ، މިހާރު ތިބި ބޮޑުންނާއި ހަނގުބޭކަލުން ބައްލަވަމުން ގެންދަވާނީ ދައުލަތުގެ މާލިއްޔަތު ދިރުވާލައްވާފައިވެސް މިޤައުމުން އެހެންތަނަކަށް ހިޖްރަ ކުރެވޭތޯއެވެ. އެއްވެސް ވެރިއަކު މިހާރު ޒިންމާ އުފުލާކަށް ބޭނުންމެއް ނުވެއެވެ. އެންމެންވެސް އެތިބީ ފިލައިގެން ރައްކާވެވޭނެ ދަނޑިވަޅަކަށް ބަލަބަލައެވެ.

  32. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    މިވަގުތުން ވަގުތަށް ވެސް ށ. އަތޮޅު މާކަނޑޫދޫ (ކުރީގައި މީހުން ދިރިއުޅުނު ބޮޑު ބިން އޮތް ރަށެއް - ކުޅިއެއްވެސް އޮންނާނެ - ގޮވާމާއި މޭވާގަސްތައް ވެސް ބައިވަރު އެބަހުރި) އަށް ރާއްޖޭގައި މިވަގުތު ތިބި ހުރިހާ ބިދޭސީންތައް ބޮޑެތި އޮޑިފަހަރުގައި ގެންގޮސް އެރަށުގައި ބައިތިއްބަންވީއެވެ. އެމީހުންނަށް ބޭނުންވާ އަސާސީ ބޭނުންތަކާއި ކާބޯތަކެތި ފޯރުކޮށްދީފައެވެ.

    މީގެކުރިން ލެޕްރަސީ ބަލީގައި ރާއްޖޭގައި ވަރަށް ގިނަ ބަޔަކު މަރުވެގެންދިޔައެވެ. ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. އެއިރު، ހުވަދު އަތޮޅުގައި ބަލިޖެހޭ ފިރިހެނުން ބަހައްޓަމުން ދިޔައީ ގއ. ފޮނަދޫ ކިޔާ ފަޅުރަށެއްގައެވެ. ބަލިޖެހޭ އަންހެނުން ބައިތިއްބަނީ ގދ. ހަވޮއްޑާ އެވެ ކިޔާ ފަޅުރަށެއްގައެވެ.

    މިކަން ކުރަންވާނީ ސަލާމަތީ ބާރުތަކުގެ ބޭފުޅުންނެވެ.

    އެހެންނޫނީ ޑަޒަން ޑަޒަނަށް މަރުވާ މީހުން އިތުރުވެ ކަށްވަޅުތަކުން ބިން ފުރިގެން ހިނގައިދާނެ ކަމުގެ ބިރުއެބައޮތެވެ.