ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެކަމަށް ބަލައި ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ އެލާޓް ނެރެފައި ވަނީ ހއ. އިން ފެށިގެން އ. އަތޮޅާއިހަމައަށެވެ.

މެޓް އޮފީހުގެ އެލާޓްގައި ވަނީ، މިރޭ 12:30 އިން ފެށިގެން 5:30 ހަމައަށް އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.