އިންޑިއާގައި މީހަކު ދަތް އުނގުޅަނިކޮށް ބުރުސް ދިރުވާލެވިގެން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެއެވެ.

އަރޫނާޗަލް ޕްރަދޭޝްގެ ދިބަންގް ވެލީގައި ބުރުސް ދިރުވާލެވުނީ އުމުރުން 39 އަހަރުގެ ފިރިހެނަކަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މަހުގެ 15 ދުވަހު ދުވަހު އެކަން ހިނގައިދިޔައީ އެމީހާ އަށް އޮޅިގެންނެވެ. އެ ބުރުސް ނެގުމަށްޓަކައި އިންޑިއާގެ ޑޮކްޓަރުން ކާމިޔާބު އޮޕަރޭޝަނެއް ކުރިއެވެ.

އެމީހާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ދަތް އުނގުޅަނިކޮށް ހިރުގަނޑުގެ އެންމެ އެތެރެވެސް އުނގުޅަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ބުރުސް ދޫވެ ކަރުތެރެއަށް ވަދެގެން ދިޔައީ ކަމަށެވެ. މިކަމާ ގުޅިގެން އެކި މީހުން ފާޅު ކުރީ އެ ހިޔާލުތަކެވެ.

ބައެއް މީހުން ވަނީ ދަތް އުނގުޅާ ބުރުހެއް މީހަކަށް ދިރުވާލެވޭނީ ކިހިނެއްތޯ ސުވާލު އުފައްދައިފައެވެ.

މި ހާދިސާގައި ބުރުސް ދިރުވާލެވުނަސް، އޭނާ އަށް މާ ބޮޑު ތަދެއްގެ އިހްސާސް ނުވާ ކަމަށްވެއެވެ.

ބުރުސް ދިރުވާލެވުމާ ގުޅިގެން އެމީހާ ގެންގޮސްފައި ވަނީ ބޭކިން ޕާޓިން ޖެނެރަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ގޮސް ނެގި ފުރަތަމަ އެކްސްރޭ އިން ބުރުސް އޮތް ތަން ފެނިފައެއް ނުވެއެވެ. އެކަމަކު، ފަހުން ހެދި ޓެސްޓުން އެނގުނީ ބަނޑު ތެރޭގައި ބުރުސް އޮތް ކަމެވެ.

އެހެންވެ، އެ ބުރުސް ނެގުމަށް ޑޮކްޓަރުން ވަނީ ސާޖަރީއެއް ހަދައިފައެވެ.

އެކަމަށް ގާތްގަނޑަކަށް ބައިގަޑިއިރެއްހާ އިރު، ހޭދަވި އިރު، އެމީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު