20:55

ހޫނު ގަދަވެގެން ފަލަސްތީނުގެ ޣައްޒާގެ އިތުރު ކުއްޖަކު ނިޔާވެއްޖެ.

19:13

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ރުހުން ލިބިއްޖެ ނަމަ އޭގެ ސަބަބުން ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އުވާލެވޭނެ ކަމަށް ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓާމާރް ބެން-ގްވީރު ބުނެފި.

އެކްސްގައި ބެން-ގްވީރު ވަނީ ޖެނުއަރީ މަހު އޭނާ ކުރިން ކުރި ޕޯސްޓަކަށް "ހަނދާން" ކޮށްދީފައި،

19:11

ފަލަސްތީނުގެ މައްސަލައަކީ ސައުދީއަށް ވަރަށް މުހިންމު މައްސަލައެއް ކަމަށާއި ފަލަސްތީނުގެ ދިރިއުޅުމަށް ލުޔެއް ދޭން ޖެހޭ ކަމަށް ސައޫދީ އަރަބިއްޔާގެ ޑި ފެކްޓޯ ވެރިޔަކު ވިދާޅުވެއްޖެ.

 

19:10

އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހަރްޒީ ހަލެވީ ވަނީ ސަދަން ކޮމާންޑްގެ ވެރިޔާ މޭޖާ ޖެނެރަލް ޔަރޮން ފިންކްލެމަންއާ އެކު ބޭއްވި ބައްދަލުވުމެއްގައި ޣައްޒާގައި "ހަނގުރާމަ ކުރިއަށް ގެންދިއުމަށް" ރާވާފައިވާ ޕްލޭންތަކަށް ރުހުން ދީފި.

ޓެލެގްރާމްގައި އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ހުރިހާ ޑިވިޝަނާއި ބްރިގޭޑް ކޮމާންޑަރުން ވެސް ބައިވެރިވި ކަމަށް.

ހަލެވީ މިގޮތަށް ރުހުން ދީފައި ވަނީ ފަލަސްތީނުގެ 1.5 މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ދެކުނުގެ އާބާދީ ބޮޑު ސަރަހައްދެއް ކަމަށްވާ ރަފާއަށް އިސްރާއީލުގެ އަސްކަރިއްޔާގެ ބޮޑު ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި.

 

17:01

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި "ނޭޝަނަލިސްޓް ޖަރީމާތަކެއް" ހިންގި ކަމަށް ތުހުމަތުކުރެވޭ އިސްރާއީލުގެ ފަސް ވަޒަންވެރިއަކު ފުލުހުން ހައްޔަރުކޮށްފި

އެ މީހުން ހައްޔަރުކުރުމަކީ މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭގައި ފަލަސްތީނުގެ ގިނަ އަވަށްތަކަކާއި އަވަށްތަކެއްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިފައިވާ ކަމެއް ކަމަށާއި، ވަޒަންވެރިއެއް ކަމަށްވާ މަލަޗޭ ޝަލޯމް، 14، ގެއްލުނު އިރު، ފަހުން މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

16:35

ފާއިތުވި ދުވަސްތަކުގައި ވެސް ހަނގުރާމަމަތީ ޖެޓުތަކާއި އެހެނިހެން މަތިންދާބޯޓުތައް އިސްރާއީލުގެ ސަރަހައްދަށް އަމާޒުކުރަން ތައްޔާރަށް ތިބި "އިންފްރާސްޓްރަކްޗާ، ލޯންޗް ސައިޓް، ހަތިޔާރު އެޅި އަދި އޮބްޒަވޭޝަން ޕޯސްޓްތައް ހިމެނޭ ގޮތަށް ޓާގެޓްތަކަށް" ހަމަލާދެމުން އަންނަ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

ޓެލެގްރާމްގެ ސިޗުއޭޝަނަލް އަޕްޑޭޓެއްގައި އަސްކަރިއްޔާއިން ބުނީ ހަމާސްގެ އަމާޒުތަކަށް ހަމަލާދިނުމަށް ވެސް ކަނޑުގެ ސިފައިން އެހީތެރިވެ، ފަޔަރ ސަޕޯޓް ފޯރުކޮށްދީ، އެއްގަމު ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް.

16:33

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ވަފުދެއް ހޯމަ ދުވަހު ގާހިރާއަށް ދާނެ ކަމަށް ހަމާސްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނެފި.

އޮފިޝަލް ވިދާޅުވީ މި ވަފުދުގައި މަޝްވަރާ ކުރާނީ މެދުވެރިޔަކު ހުށަހަޅުއްވާފައިވާ ހަނގުރާމަ ހުއްޓާލުމާއި އިސްޜާއީލުން ދޭ ޖަވާބާ ގުޅޭ ގޮތުން ކަމަށް.

ހޮނިހިރު ދުވަހު ހަމާސްގެ އިސް އޮފިޝަލް ޚަލީލް އަލް ހަޔާ ވިދާޅުވީ އެ ޖަމާއަތުން އިސްޜާއީލުން ހުށަހެޅުމެއް މުރާޖައާ ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދޭ ކަމަށް އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ހަނގުރާމައިގެ ހުށަހެޅުން ހުށަހެޅީ މީގެ ދެ ހަފުތާ ކުރިން ހަމާސް އިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން.

16:32

އަލްއަޤްޞާ މިސްކިތުގެ ކޮމްޕައުންޑަށް 270 އަށްވުރެ ގިނަ ވަޒަންވެރިން ވަދެފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފި.

އިސްރާއީލު ސިފައިންގެ ހިމާޔަތުގައި މިސްކިތުގެ ގޯތިތެރޭގައި ވަޒަންވެރިވި މީހުން ވަނީ ތަލްމޫދުގެ އަޅުކަން ކުރިއަށް ގެންގޮސްފައި ކަމަށް ވަފާއިން ބުނެފައިވޭ.

އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އިސްލާމް ދީނުގެ ތިންވަނަ އަށް އެންމެ މާތް ސަރަހައްދަށް ފަލަސްތީނުގެ އަޅުކަން ކުރާ މީހުންނަށް ވަނުމަށް އޯލްޑް ސިޓީގެ ދޮރުމަތީގައި އަޅާފައިވާ ފިޔަވަޅުތައް ވެސް އަސްކަރިއްޔާއިން ވަނީ ހަރުކަށިކޮށްފައި.

16:22

އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާ ކަމަށް ބުނެ ވައިޓް ހައުސްގައި މުޒާހަރާކޮށްފި - ފޮޓޯ: ރޮައިޓާސް
އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާ ކަމަށް ބުނެ ވައިޓް ހައުސްގައި މުޒާހަރާކޮށްފި - ފޮޓޯ: ރޮައިޓާސް
އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާ ކަމަށް ބުނެ ވައިޓް ހައުސްގައި މުޒާހަރާކޮށްފި - ފޮޓޯ: ރޮައިޓާސް

15:16

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 34،454 އަށް އަރާފަ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި

ޔަހޫދީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 34،454 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި

އެންމެ ފަހުގެ އަދަދުތަކުގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި 66 މީހުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނޭ

ކެނޑިނޭޅި ދިން ހަމަލާގައި އިތުރު 77،575 މީހުން ވަނީ ފަލަސްތީނުގެ ޣައްޒާ އިން ޒަހަމްވެފަ . މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 14،500 އަށް ވުރެ ގިނަ ކުޑަކުދިންނާއި 9،500 އަންހެނުން.

ޣައްޒާގައި ގޮއްވާލާފައިވާ އިމާރާތްތަކުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަޅުލެވިފައިވާ ކަމަށް ބެލެވޭއިރު، މަރުވި މީހުންގެ ހަގީގީ އަދަދު މިއަށްވުރެ މާ ބޮޑު ކަމަށް ބެލެވޭ

13:08

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީން 7 މީހަކު ހައްޔަރު ކޮށްފި. ނިރުބަވެރިން އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ ރެއިޑްތަކުގައި.

12:20

އިސްރާއީލުން ލުބުނާނަށް ހަމަލާދީފި.

 

12:11

ޔަހޫދީންވެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަރުގަދަ ރެއިޑްތަކެއް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

 

11:29

ނިރުބަވެރި އިސްރާއީލުން ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ފަލަސްތީނުގެ ކަރީމް އަބޫ ސަލާހް ނަމަކަށް ކިޔާ މީހަކު ޖަލުގައި ނިޔާވެއްޖެ.

އޭނާ އަކީ މީގެ ކުރިން ވެސް އިސްރާއީލުން ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅުނު މީހެއް. ނަމަވެސް ފަހުން ދޫކޮށްލުމަށްފަހު އަނެއްކާ ވެސް އޭނާ ހައްޔަރު ކޮށްފައިވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން. ޖަލުގައި އޭނާ ނިޔާވެފައިވާއިރު، މީގެ ދެވަރަކަށް ދުވަސް ކުރިން އޭނާގެ އަނބިމީހާ ވަނީ އޭނާގެ ފުރަތަމަ ދަރިފުޅު ވިހާފަ.

ކަރީމް ނިޔާވުމާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޖަލުން ނިޔާވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފަ.

11:25

ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ މީހުން މިނިވަން ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އިސްރާއީލުގެ ސަރުކާރަށް ޕްރެޝަރު ކުރުމަށް އިސްރާއީލުގެ އެކި ސިޓީތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފި.

11:10

އެމެރިކާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް އެ ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރުމުގެ ގޮތުން ބާއްވާ ނޫސްވެރިންގެ ޑިނާ ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ޣައްޒާގެ ހާލަތާއި ބެހޭ ގޮތުން ވާހަކަ ނުދައްކާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި.

 

11:09

ސުލްހައިގެ މަޝްވަރާތަކާއި ބެހޭ ގޮތުން އިސްރާއީލާއި ހަމާސްއިން ދެއްކި ވާހަކަތައް:

އޭޕްރިލް 7:

  • ހަމާސް އާއި އިސްރާއީލުން މަޝްވަރާ ކުރުމަށް ވަފުދެއް ކައިރޯއަށް ފޮނުވި.

އޭޕްރިލް 8:

  • މިސްރުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ ސުލްހައިގެ މަޝްވަރާތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ތިން މަރުހަލާއަކަށް ބަހާލައިގެން ހަނގުރާމަ މެދުކަނޑާލުމަށާއި ހައްޔަރުގައި ތިބި މީހުން ދޫކުރުމަށް ވާހަކަ ދެކެވުނު ކަމަށް.
  • ހަމާސްއިން ވަނީ ހައްޔަރުގައި ތިބި ޣައްޒާ ރައްޔިތުން ދޫކުރުމަށް ޑިމާންޑް ކޮށްފަ.
  • ނަމަވެސް ހަމާސްއިން ބުނެފައިވަނީ ކުރިއެރުމަށް ނުލިބޭ ކަމަށް.

އޭޕްރިލް 13:

  • ހަމާސްއިން ވަނީ އިސްރާއީލުން ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހަދާފަ.
  • ހަމާސްއިން ބުނީ އެމީހުން ތިބޭނީ އެމީހުންގެ ގޮތުގައި ކަމަށާއި ހަނގުރާމަ ދާއިމަށް ހުއްޓާލަން ޖެހޭ ކަމަށާއި ޣައްޒާގައި ތިބި އިސްރާއީލް ސިފައިން އެސަރަހައްދުން ވެސް ފައިބާން ޖެހޭ ކަމަށް.

އޭޕްރިލް 25:

  • ހަމާސްގެ ޑެޕިއުޓީ ހެޑް، ޚާލީލް އަލް-ހައްޔާ ބުނެފައިވަނީ އިސްރާއީލުގެ ހައްޔަރީން ދޫކުރުމުގައި ހަމާސްއިން ތިބީ ސީރިއަސްކޮށް ކަމަށާއި އެކަން ކުރެވޭނީ ހަނގުރާމަ އެއްކޮށް ހުއްޓާލަން އެއްބަސްވުމަކަށް އައުމުން ކަމަށް.

އޭޕްރިލް 26:

  • ނަން ހާމަނުކުރާ އޮފިޝަލަކު ރޮއެޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިސްރުގެ ވަފުދުން އިސްރާއީލުގެ އޮފިޝަލުންނާއި ބައްދަލުކޮށް، ހަނގުރާމައިގެ މަޝްވަރާތައް އަލުން ފެށޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށް.
  • އޮފިޝަލް ބުނެފައިވަނީ އިސްރާއީލުގެ އާ ހުށަހެޅުންތަކެއް ނެތް ކަމަށާއި ނަަމވެސް މިސްރުގެ ހުށަހެޅުމަކާއި މެދު ވިސްނަން ތައްޔާރަށް އޮތް ކަމަށް. އެ ހުށަހެޅުމުގައި 33 އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ދޫކޮށްލަން ވަނީ ބުނެފަ.

އޭޕްރިލް 27:

  • އިސްރާއީލުގެ ރަސްމީ ޖަވާނެއް ހަމާސް އަށް ލިބިފައިވާ ކަމަށް އަލް-ހައްޔާ ވަނީ ބުނެފަ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވޭ. އޭނާ ބުނެފައިވަނީ ހަމާސްއިން ޖަވާބެއް ދިނުމުގެ ކުރިން އިސްރާއީލުން ފޮނުވި ޖަވާބު ދިރާސާ ކުރަމުން އަންނަ ކަމަށް.
  • އިސްރާއީލުގެ ފޮރިން މިނިސްޓަރ، ކެޓްސް ބުނެފައިވަނީ އެއްބަސްވުމަކަށް އަތުވެއްޖެނަމަ، އިސްރާއީލުން ރަފާހުގައި ހިންގަން ނިންމާފައިވާ އޮޕަރޭޝަން ހުއްޓާނެ ކަމަށް.

 

10:51

ފަހުގެ މައުލޫމާތު:

  • ނިރުބަވެރި އިސްރާއީލުން ޣައްޒާއިން ފަލަސްތީނުގެ 10 ކުޑަކުދިން ހިމެނޭހެން 27 މީހަކު ޝަހީދުކުރި ފަހުން ރޭ ވެސް ޣައްޒާގެ މެދު ތެރޭގެ ދެ ސަރަހައްދަކަށް ބޮމުގެ ހަމަލާދީފި.
  • ހައްޔަރުގައި ތިބި މީހުން ދޫކުރުމަށް އިސްރާއީލުގެ އިދިކޮޅު ލީޑަރު، ޔައިރް ލަޕިޑް އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫއަށް ތާއިދު ކުރުމަށް ނިންމައިފި.
  • އެމެރިކާގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

 

10:46

ހައްޔަރުގައި ތިބި މީހުން ދޫކޮށްލުމަށް ގޮވާލައި އިސްރާއީލް ރައްޔިތުން ޓެލް އަވިވްގައި ކުރިއަށް ގެންދިޔަ މުޒާހަރާ

10:44

ނިރުބަވެރި އިސްރާއީލުގެ ހުޅަނގު އައްސޭރީގައި ވަރުގަދަ ރެއިޑްތަކެއް ކުރިއަށް ގެންގޮސްފި. މި ރެއިޑްތައް ކުރިއަށް ގެންގޮސްފައިވަނީ ބެއިތް ސީރާ، ރަމައްاللهގެ ހުޅަނގުގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ.

ވަފާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ހިޒްމާގައި ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން 22 އަހަރުގެ ފަލަސްތީނުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ.

10:41

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މެދު ތެރޭގައި އޮންނަ އަޒް-ޒަވައިދާ އާއި އަލް-މުޤްރާޤާއަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފި. މިފަދަ ރިޕޯޓެއް އެނޫހުން ކުރި ނަމަވެސް މިކަމާއި ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވޭ.

10:40

ފަލަސްތީނާއި ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކަމުން އައި، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ، އިޓަމާ ބެން-ވީރު އަށް ކުރިމަތިވި އެކްސިޑެންޓްގައި އޭނާގެ މޭކަށިގަނޑުން ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

 

10:32

އެމެރިކާގެ ވައިޓް ހައުސް ކައިރީގައި ކުރިއަށް ގެންދިޔަ މުޒާހަރަ.

10:29

ލުބުނާނުން އިސްރާއީލަށް ރޮކެޓް ހަމަލާ ފޮނުވި ކަމަށް އިސްރާއީލުން ބުނިތާ މާ ގިނައިރުތަކެއް ނުވަނީސް ހިޒްބުﷲއިން ވަނީ ރޮކެޓް ހަމަލާގެ ޒިންމާ އުފުލާފަ.

10:28

ލުބުނާނުން އިސްރާއީލަށް ފުލު ފުލުން 26 ރޮކެޓް ހަމަލާ ފޮނުވާފައިވާ ކަމަށް އިސްރާއީލުން ބުނެފި. ލުބުނާނުން އިސްރާއީލަށް ރޮކެޓް ހަމަލާ ފޮނުވި ނަމަވެސް އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް އިސްރާއީލުން ވަނީ ބުނެފަ.

***************

ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ރޭވެސް ޣައްޒާގެ އެކި ސަރަހައްދުތަކުން 27 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ. މި 27 މީހުންނަކީ ސީދާ ހަމާސް ޖަމާއަތަށް ނިސްބަތްވާ ބައެއް ނޫންކަން މީޑިއާތަކުން ކަށަވަރުކޮށްފައިވާއިރު، ނިރުބަވެރިން ބުނަމުން އަންނަނީ އެމީހުން ހަމަލާތައް ދެނީ ހަމާސް ޖަމާއަތަށް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ މި ހަނގުރާމައިގެ ތެރޭގައި މިހާތަނަށް 35،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 77،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ދީފައެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ނިރުބަވެރިން އަންނަނީ ލުބުނާނު ފަދަ ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކާއި ގުޅިގެން ބަދަލު ހަމަލާތައް ލުބުނާނުން ވެސް އަންނަނީ ދެމުންކަން ފާހަގަ ކޮށްލެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ މި ހަނގުރާމައިގެ ސަބަބުން މިހާރު މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު