ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

"ވަގުތަށް" މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީން ވަނީ 70 ގޮނޑި ކާމިޔާބުކޮށްފައެވެ. މަޖިލިހުގެ ސުޕާ މެޖޯރިޓީ ހޯދަން ވެސް ބޭނުން ވަނީ ވެސް މި އަދަދެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޮނޑިތަކުގެ އިތުރުން ޕީއެންސީގެ ތާއީދާ އެކުގައި މަޖިލިހަށް ވާދަކުރެއްވި ސިޔާސީ ވަރުގަދަ ތިން ލީޑަރުން ވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދެވެ.

މި ތިން ލީޑަރުންގެ ތެރެއިން ގާސިމް ވާދަކުރެއްވީ މިހާރު ވެސް ފުރުއްވަމުން ގެންދަވާ މާމިގިލީ ދާއިރާގެ ގޮނޑިއަށެވެ. ސިޔާމް ވެސް ވާދަކުރެއްވީ އޭނާ މިހާރު ފުރުއްވަމުން ގެންދަވާ މީދޫ ދާއިރާގެ ގޮނޑިއަށެވެ. ނާޒިމް ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ ގޮނޑިއަށެވެ.

އެހެންވީމަ މިހާރު ކުރީގައި އުޅޭ ޕީއެންސީގެ ގޮނޑިއެއް ގެއްލުނަސް، ސަރުކާރު ކޯލިޝަނަށް ސުޕަ މެޖޯރިޓީ ގެއްލުމުގެ ފުރުސަތެއް ނެތެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެއް ސިޔާސީ ޕާޓީއަކަށް މިހާ ބޮޑު މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ޕީއެންސީ އަށް ލިބުނު މެޖޯރިޓީއާ އެކުގައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ފުރިހަމަ ބާރު ލިބޭނެއެވެ. އަދި މުހިންމު ގާނޫނުތައް މަޖިލިހުގައި ފާސް ކުރުން ވެސް ވާނީ ވަރަށް ފަސޭހަ ކަމަކަށެވެ.

މީގެ ފަސް އަހަރު ކުރިން 19 ވަނަ މަޖިލިހުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އެކަމަކު، މިފަހަރުގެ އިންތިހާބުގައި އެ ޕާޓީ އަށް ލިބިފައިވަނީ އެންމެ 15 ވަރަކަށް ގޮނޑިއެވެ. އެމްޑީޕީގެ ވަރަށް ގިނަ ނުފޫޒު ގަދަ މެމްބަރުން ވެސް މި އިންތިހާބުގައި ކާމިޔާބު ކުރެއްވޭ ގޮތެއް ނުވިއެވެ. އަދި ބޮޑެތި ސިޓީތަކާއި އާބާދީ ބޮޑު ރަށްތަކާއި އެހެން ބައެއް ރަށްތަކުން ވެސް ޕީއެންސީން ވަނީ މެޖޯރިޓީ ނަގައިފައެވެ.

މާލެ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށިން ގިނަ އަދަދެއްގެ ގޮނޑިތަކެއް ޕީއެންސީން ނެގިއެވެ. މިފަހަރުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސް ހިމެނޭ ހެން ބައެއް ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވަނީ ބޮޑު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ޑިމޮކްރެޓްސް އަށް އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

72 ކޮމެންޓް

  1. ސަރުދާރު

    ރައްޔިތުންނަށް މިހާރު ހެޔޮ ވިސްނޭ

    299
    17
    • މުއިއްޒު ކުރިއަށް

      އެންމެންވެސް މުއިއްޒުއާއި އޭނާގެ ވެރިކަން ރަނގަޅުގޮތްމަތީ ރައްކާތެރިކުރައްވާތޯ ދުއާ ކުރާތި. ދެން އިންޑިޔާއާއި އިދިކޮޅު ފަރާތްތައް އުޅޭނީ ނަހަމަ ގޮތްތަކުން ވެރިކަން ނިންމަން

      22
  2. ދީދީ

    ތިިއޮތީ އަންނިގެ ވައުުދުފުއްދާ އެމްޑީޕީ ރޫޅާލާފައި

    283
    6
    • ޔާސިރު

      މުޅި ގައުމަށް ހުރި ވިހައެއް އެއީ ސަހާދެއް

      11
      1
  3. މާނިޢު

    الحمد لله

    274
    5
  4. Anonymous

    ލާދީނީ މީހުންނަކީ ދައްޖާލުގެ ދަރިންކަން ދިވެހިންނަށް މިހާރު ވިސްނިއްޖެ. ދިވެހިން މިހާރު ބޭނުންވަނީ ޤައުމީ ވަޠަނީ ދިވެހިވަންތަ މުސްލިމު ދަރިން މިގައުމުގައި ވެރިކަންކުރަން.

    302
    15
  5. ލިކާ

    ސާބަހޭ މުއިޒު ބޯހިޔާ ވަހިކަމުގެ ވައުދު ފުއްދަވާދެއްވާނެ ކަމުގެ އުންމީދުގަ ވޯޓުމިދިނީ

    215
    5
  6. މުހައްމަދު

    الحمد لله

    173
  7. Anonymous

    ކޮބާތަ ދޮގު ދޮލަނގު ހިފާގެން ހިނގި ސޯލިހު.. ދޮގު ދޮލަނގޭ ކިޔާފަ ހުސް ދޮލަނގެއް ހިފައިގެން ހިނގީމަ ވީގޮށްމީ..

    172
    4
  8. މުހައްމަދު

    ކޮބާތަ ދޮގު ދޮލަނގު ހިފާގެން ހިނގި ސޯލިހު.. ދޮގު ދޮލަނގޭ ކިޔާފަ ހުސް ދޮލަނގެއް ހިފައިގެން ހިނގީމަ ވީގޮށްމީ..

    103
    2
    • އަހުމަދު

      އިބްރާހީމްމެން ހިނގީ އެމީހުންގެ ދޮގުތައް ދޮލަނގަށް އަޅައިގެން، އެފޮރުވަން މިސްރާބު ހަމަމަގަށޭކިޔައިގެން. އެކަމަކު ވެއްޓުނީ ދޮލަނގާއެއްކޮށް އަނގަވަތަށް . ދެން މިހާރު ދިވެހީންނަށް އެނގޭ ދޮގުހަދަނީ ކޮންބައެކަން ..

      15
  9. احمد

    އަލްހަމްދުލިއްލާހި

    127
  10. މުހައްމަދު

    ދީނުގެ ތޮށިގަނޑު ގައި ވަށާ އޮޅާލީމަ ދީނީ ސަރުކާރަކަށް ވީކީނޫން

    37
    42
    • މުހާ

      ހެހެ ހާދަ އަވަހަށް ތި ވަރު އަރަން ފެއްޓީ.

      6
      1
  11. ޕޮގުބާ

    ނައިފަރު ކިނބޫ ބުނި ބަސް ރާއޖޭގެ ރަށްޔިތުން އަހައިފި މުއިއްޒު ވެރިކަން ވަށްޓާލަން ރަށްޔިތުން ވޯޓް

    14
    49
    • ކޮލީނާ

      ޕޮގުބާ ހުރީ މިހާރުވެސް ޑުރަގް ޓެސްޓުން ފޭލިވެ މުޅި ކެރިއަރު ގޮވާފަ. ދެން ތިހެން ނޫޅެ އިސްލާހުވެވޭތޯ އުޅެބަލަ.

  12. ޔާންޔާ

    މުއިޒު ގެ ހިންގުތެރި ކަން ސާބުތުވެއްޖެ. ޕީއެންސީ ހުރިހާ ގޮޑިއަކީނމުއިޒު އައްދިންވޯޓް. ޕާޓީއައް ވަންނަން ކެއްމަދުވެއްޖެ .

    93
    5
  13. ޕޮގުބާ

    ނައިފަރު ކިނބޫ ބުނި ބަސް ރާއޖޭގެ ރަށްޔިތުން އަހައިފި މުއިއްޒު ވެރިކަން ވަށްޓާލަން ރަށްޔިތުން ވޯޓް ދީފި

    5
    35
    • ނައިފަރު މީހާ

      ނައިފަރު ކިނބުލެއް ނޫން އެއީކީ. އެއީ ހިންނަވަރު ކިނބުލެއް!

      48
      1
      • ކައުންސެލަރު

        ނާހަމަ ތެދެއް؟ ގައްޑާ ކޮމެންޓެއްމީ

        12
        5
  14. Anonymous

    ސޯލިޙަށް އަދިވެސް ފެންނަނީ ބޮޑުތަނުން އެމްޑީޕީ މޮޅުވާތަން ތޯ؟ ނޫން ބޮޑުތަނުން ބަލިވާތަން ފެނިއްޖެއޮތަ؟ ރިޔާސީ އިންތިޚާބާއި އެއްގޮތަށް. އަމިއްލަ ރަށުންވެސް ޗޮކުން ހާހާ
    ރައްޔިތުންނަށް ހެޔޮ ވެރިކަން އަދި ކިރިޔާ ފެނުނީ. ދިވެހި ކަނޑުވިއްކާލި ޗޯރޭ ޤައުމު ދަރުވާލައިފަ ފޭބީ. ޤައުމިއްޔަތެއް، ޙުއްރިއްޔަތެއް މިނިވަންކަމެއް ޤައުމާދޭތެރޭ ނުވިސްނާބައެއް.އެހެންވެ ނޫނެކޭ ބުނެލީ

    90
    4
    • Anonymous

      ވ ރަނގަޅު ރައްދެއް. ރައްޔިތުންނަށް އޮޅުވާލާ ދޮގުހަދާ ޖަމާން މާޒީ ވެެއްޖެ

  15. އިމޫ

    މިހާޜުގެ އެމުޑިޕީ މަޖިލީސް މެންބަރުންގެ އަމަލުތައް ހުރިގޮތުން ރައްޔިތުްން ހިއްހަމަ ނުޖެހުނީ އަބަދު ސަރުކާރައް ޖެއްސުންކޮއް ސަރުކާރު ވައްޓަން ގޮވާލުމުގަ އުޅުނީ

    108
    5
  16. ދަތްނެތްކުއްޖާ

    ރަޢީސް މަޢުމޫނަށްފަހު ކޮންމެ ވެރިއަކަށްވެސް މި ޤައުމުގައި ވެރިކަން ކުރެވޭނީ 5 އަހަރު އެވެ. އެއީ ރައްޔިތުން އަބަދުވެސް ބޭނުން ވާގޮތެވެ. ކިތަންމެ ހެޔޮ ވެރިއަކު ވިއަސް ޤައުމަށާއި ، ރައްޔިތުންނަށް ކިތަންމެ ކަމެއް ކޮއްދީފައި ހުރި ވެރިއެއް ކަމުގައި ވިއަސް އެކަމެއް ރައްޔިތުން ބަލައެއް ނުގަންނާނެއެވެ. އަބަދުވެސް ރައްޔިތުން ބޭނުން ވަނީ އައު ތަޖުރިބާއެއް ކޮއްލަންށެވެ. ވެރި ކަމަށް އަރާ ވެރިންގެ ހުރި ކުލަދާނަކަން ދެކިލަންށެވެ. އެގޮތުން މި ވެރިކަންވެސް މި 5 އަހަރަށް ފަހު ރައްޔިތުން ނިންމާނެ ކަމަށް ލަފާކުރެވެއެވެ.

    29
    68
    • ހަމްދު

      މިފަހަރު މިއީ ތަފާތު ފަހަރު މިއީ އަސްލު ރައްޔިތުންގެ ފަހަރު

      78
      4
    • ހަސަނުގެ ދަރި ލަތީފް

      ޙެޔޮވެރިކަމެއް ކޮއްދީފިއްޔާ ދެވަނަ ދައުރެއް ދޭނެ ކަމަށް ހީވަނީ

      10
      2
    • ޒައިދު

      ތިގޮލާ އަންހެނުންވެސް ހުންނަނީ ވަރިކޮށްލާނެ ދުވަހަކަށް ތައްޔާރައްތާ. ތިވަރަށް ތަޖުރިބާ ކުރާ ހިއްވާތީ

  17. ދިޔޭދައިތަ، ސީދިބެގޯތި

    ދެން އޮތީ ކުރީގެ މަޖިލީހުގަ ތިބެ ގައުމު ދަވާލައިގެން ހެދިރިޒޯޓުތަކުގާ މަޖާނަގާ ރާބުއިން ބަލިވި ބައިގަނޑަށް.

    46
    2
    • ޔޫސު

      ނޫނޭ، އެމީހުން އުޅޭނީ އަބަދުވެސް ލިބުނުވަރު މަދުވެގެން. ދެން ފިކުރު ކުރާނީ އެވެސް ހޯދިގޮތް ފަޅާއަރަފާނެތީ. ދެން ތެޅޭނީ ވެރިކަން ވައްޓާލަން. އެއީ މިރާއްޖެއަށް ގުއި ޑިމޮކުރަސީ އެންމެ ފުރަތަމަ އައިގޮތަކީވެސް.

  18. 😇

    ޔާމީންގެ ފޮޓޯ ދައްކައިގެން ވެރި ކަމަށް އައޭ ކިޔާ މީހުންނަށް ބުނެލަން، ފޮޓޯ ދެއްކި ރިޔާސީ އިންތިހާބުގަ ހޯދި ކާމިޔާބަށް ވުރެ މިފަހަރުގެ ނަތީޖާ މާ ރަނގަޅެންނުން..
    މި ކަމުން ވެސް ރަނގަޅު މާނަ އެއް ދޭހަ ވެއްޖެނަމަ ރަނގަޅު

    81
    10
  19. Anonymous

    ކޮބާ މަލީހު ހީވޭތަކަމެއް މުއިއްޒަށް އެއްމެ ވޯޓެއްވެސް ނުލިބުނޭ ކިޔާފަފެލޭތި ކޮސް.

    68
    6
  20. Anonymous

    މަރުހަބާ ޕީއެންސީއައް

    49
    2
  21. ހޯހޯ

    ދިވެހިންނަކީ ޑިމޮކުރަސީ ދަންނަ ބައެއްނޫން. ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ޕާޓީއަށް ރައްޔިތުންދެންޏާ ، ރ. މަޖިލީހުގެ ދައުރެއްނެތެއްނު . އެެއަށްވުރެ މާރަނގަޅެއްނު މަޖިލިސް އުވާލާފަ ، ކެބިނެޓުން ގޮތްނިންމަން. އޭރުން އެތައް މިލިއަން ރުފިޔާ ސަލާމަތްވެ، އެތައް ކަމަކަށް ބޭނުން ކުރެވުނީ. އެހެންވީމަ ރައްޔިތުންގެ މަޖިލިސް ބޭނުމެއްނޫން .

    25
    40
    • މޮޔަ

      ކަލެއަށް މަޖިލިސް މެޖޯރިޓީ ނުލިބުނީމަ މަޖިލިސް ބޭކާރު ތަނަކަށް. އިދިކޮޅަށް ލިބިފަ ކަމެއްކުރިޔަނުދީ ޖެއްސުން ކުރީމައެއްނޫންތަ ބޭކާރު ބަޔަކަށް ވަނީ. ހަޖަމް ނުވިއަސް ބޮޑުވަރު. މިހާރު އޮންނާނީ ދޮލަނގު ގަ ދޫހޭކިފަ.

      9
      1
    • ގިނި

      ދިވެހިނ ބޭނުމެއ ނވ އެމެރިކާގ ހަންފަތުރ ދޯހަޅ ކުފްރުގ ނިޒާމ އެނގޭކަށްވެސ

    • ހީހީ

      ދޭތެރެއަކުން އަންނަނެ އަބަދުވެސް މިކަހަލަ ބީތާއެއް މާ އެނގިގަނެގެން.

      ކޮންކަހަލަ މޮޔަ ވާހަކައެއް ތި ދައްކަން ތިއުޅެނީ؟ ޑިމޮކުރަސީ އަކީ ވޯޓުން ރައްޔިތުން ބޭނުންވާގޮތް ހީދުމޯ. ގިނަމީހުން އެއްގޮތެއް ބޭނުންވީމަ ހޯހޯ. އަޖައިބު.

    • އެދުރު

      އަސްލު ތިޔައީ ހަދަން ރަނގަޅު ގޮތެއް.. މަށަކަށް ނުފެނޭ މެޖޯރިޓީ ދީގެންވެސް ނުދީވެސް މަޖްލީހުން ގައުމަށް ކުރި ފައިދާއެއް.. މެޖޯރިޓީ ސަރުކާރަށް ލިބިއްޖެއްޔާ އިނދިކޮޅަށް މަލާމާތް ކޮށް އަމިއްލް މީހުން ބޭނުން ގޮތަކަށް ގާނޫނުތައް ފާސް ކުރަނީ.. މެޖޯރިޓީ އިނދިކޮޅަށް ލިބިއްޖެއްޔާ ސަރުކާރަށް ޖެއްސުން ކުރުން ކަމަކީ.. ޖަންގަލީގަ ޖަނަވާރުންގެ އުސޫލުންވެސް މިއައްވުރެ ހަމަޖެހޭ ކަންކަން ކުރާނެ..

      1
      2
    • އަލީ ދޫނި

      ދެން ކަލޭ ޕާޓީ އޮޔާ ދިއުމަކީ ރައްޔަތުން ގަމާރު ކަމެއްތަ؟ ޑެމޮކްރަސީ ކަލެއަށް ލައްކަ ހަޖަމު އެބަވެއެއްނު!

  22. ޗޯރުބޭ

    ޗޯރަށް ނާކާމިޔާބު އެހެން އެވީ އިންޑިއާކަނޑުން މާލޭގެ ރަށްޔަތުންނަށް ހުވަފެނީ އާލަމްގެ ގެވަޅު ރަޖިސްޓުރީއަކާ ނުލާ ކަށަވަރުކުރުމުން މިފަހަރު ޗޯރަކީ ޗޯރެއްކަން ކަށަވަރު ކުރުމަށް ކޯޓަށް މަށްސަލަ ހުށަހަޅާނަން އަދި ގައުމަށްދިން ގެއްލުމާއި މިވެރިންގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ނުފޫޒާއި ބާރުގެ ބޭނުންކޮށް ހިންގި ކަރަޕުސަން ޗޯރުގެ މަށްޗަށް ސާބިތުކުރާނަން އަދި ޖަލަށްލާނަން.

    19
    4
  23. ޗޯރުބޭ

    ޗޯރަށް ނާކާމިޔާބު އެހެން އެވީ އިންޑިއާކަނޑުން މާލޭގެ ރަށްޔަތުންނަށް ހުވަފެނީ އާލަމްގެ ގެވަޅު ރަޖިސްޓުރީއަކާ ނުލާ ކަށަވަރުކުރުމުން މިފަހަރު ޗޯރަކީ ޗޯރެއްކަން ކަށަވަރު ކުރުމަށް ކޯޓަށް މަށްސަލަ ހުށަހަޅާނަން އަދި ގައުމަށްދިން ގެއްލުމާއި މިވެރިންގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ނުފޫޒާއި ބާރުގެ ބޭނުންކޮށް ހިންގި ކަރަޕުސަން ޗޯރުގެ މަށްޗަށް ސާބިތުކޮށް ގާނޫނޫގެ ކުރިމަށްޗަށް ގެންނާނަން.

    10
    1
  24. Anonymous

    އަފިރން ބޭނުން ވެނީ ޒުވާނުން ޒުވާން ޖީލެއް.

    23
  25. Anonymous

    އަލްހަމްދުލިއްލާހި. އުންމީދުކުރަން ރަނގަޅު އަހުލާގެއްގެ މެންބަރުތަކެއް ކަމަށް ވާނެ ކަމަށް. އަދި ރައްޔިތުންނަށް ފައިދާކުރާނެ ރަނގަޅު ނިންމުންތަކެއް ނިންމަވާ ދެއްވާނެ ބަޔަކު ކަމަގުއި ވާނެ ކަމަށް.
    އެކަކުވެސް ބޭނުމެއް ނުވޭ ތިތަން ޒުލަކަށް ވާކަށް.

    33
    1
  26. މާާފު

    އަޅްހަމުދު ލިއްލާހި ވަރަށް އުފާވެގެ

    25
  27. ކަކުނިބޯ

    ޓީޖީއެސްޓީ ޑޮލަރުން ނަގާގޮތަށްބަދަލުކުރަންޖެހޭ ވަގްތުންވަގުތަށް ނޫނީ ޑޮލަރ އެކައުންޓްތަށް އުވާލާ ކޮންމެސް އެއްކަމެއްވަގުތުންވަގުތަށް ވާންޖެހޭ

    10
    2
  28. ބޮޑުގޮހޮޑާ

    މިހާރަކު ނެތް ބުނެވޭކަށެއް ހުސް ގޮޑިއެއް ދައްކާގެންނޭ މަޖިލިސް ކާމިޔާބު ކުރީ. މީ ހަމަ ބަދަލަކަށް ރައްޔިތުން ބޭނުންވެފަ އޮތްވަރު ދައްކައިދިން އިންތިހާބެއް. ޢަދި ރައީސް މުއިއްޒަށް އޮތް ތާއީދުވެސްމެ.

    37
    2
  29. ބޯމް

    ޗޯރު ހައްޔަރުކުރޭ އޭނައަށް ގާނޫނުގެ ބާރު އަރާހަމަކުރަންޖެހޭ އެއްގޮތަކަށްވެސް އެހެން އުޅެން ޗާންސު ނުދީ އެއީ ގައުމުގެ އެއްނަމްބަރު ގައްދާރެއް ފަޅުފަޅުންނާއި ކަނޑުންނާއި އެއްގަމުންނާއި ޖަށްވުން ބަރިބަރިއަށް ގެވަޅު އެމްޑީޕީ މީހުންނަށް ހިބައިންދިން ދުނިޔެ ސިއްސުވާލި ހާއިނެއް.

    30
    1
  30. ޗޯރުކިބޫ

    ލާދީނީމީހުންނާއި ލާދީނީމީހުންނައް އެހީތެރިވާ ބައިގަޑު ﷲ ހެޔޮރަހުމަތުން ބޭރުކުރެވިއްޖެ

  31. ޚާލިދު

    الحمد لله

  32. ޖޯކަޜޭ

    ޙުރިހާ ކުދިކުދި ޕާރޓީ އުވާލަން ފެނޭ، ސިޔާސީ ޕާރޓީ ހަދައިގެން ވަކިބަޔަކު ގައުމަށް ވަންނަ ރުފިޔާ ކޮޅު ކައިހުސްކުރަނީ، މި ފަސްއަހަރަކީ ރައިތުން މުއިއްޒު ޓެސްޓު ކުރަން ދިން 5 އަހަރު،

  33. ނޫރީ

    އެމްޑީޕީ ބޭނުންވި ގޮތަކީ ރައްޔިތުން އަތުން ބާރު ނަގައި ސީދާ ރައްޔިތުންގެ ވޯޓުން ރައީސަކު ހޮވުމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކުން އެމީހުން ކެނެރީގޭން ނެރޭ ރައްޔިތުންގެ ތާއީދު ނެތް ވެރިން އަބަދު ވެރިކަން ކުރުން. މާތް ރަސްކަލާނގެ ރަހުމަތްފުޅުން މިފަދަ ރޭވުންތަކަށް ދިވެހި ރައްޔިތުން ތިބީ ސަމާލުވެ.
    މިދިޔަ 5 އަހަރު ކޯޓުތަކަށް ބާރުފޯރުވައި، ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮވެ، ރައްޔިތުންނަށް ހިދުމަތް ނުކޮށްދިންތަން ފެނި ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނެފި. އަދި ދިވެހިރައްޔިތުން ތިބީ ރައްޔިތުންގެ ކަންބޮޑުވުން އަހާ، ހިދުމަތްތެރި ވެރިއަކު ހޮވައި، އެ ވެރިމީހާގެ ފަހަތުގައި.

    • Anonymous

      💯

  34. ކޮބާ

    އަންނި ނުލާ އެމްޑީޕީ އަށް ހިނި ހިނގާހެން ހިނގާލަން ވެސް ނުކެރޭނެ. އެ ޖޯޝާއި އެ ރޫހެއް ނެތް.

  35. އާދަންބެ

    އެމްޑީޕީ ހަމަ ރަނގަޅަށްވެސް ރޫޅާލާފި.

  36. ހުވަދުއަތޮޅުން: ދޮންއަހައްމަދާގެ މުކުރިޔާ / ދޮން އަހުމަދު އާބެ

    ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ފަލާޙާއި ކާމިޔާބީ މިންވަރު ކުރައްވާށިއެވެ! ރީނދޫބައިގަނޑުގެ ސުންޕާކަމުން މިލޮބުވެތި ވަޠަން މިންޖު ކުރައްވާށިއެވެ! ރީނދޫ ބައިގަނޑުގައި އެކުލެވޭ މީހުންނާއި އެމީހުންނަށް ވާގިވެރިވާ ޔަހޫދީންނާއި ޤައުމަށް ޣައްދާރުވި ޚާއިނުންނަށް ޢިބްރަތަކަށް ފުދެއެވެ. އެބައިމީހުންނަކީ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކޮށް އިސްލާމްދީނަށް ޙަޖޫޖަހާ މީހުންނެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމާއެވެ! ބޮޑާ ބަސްތަކާއި ދޮގާއި މަކަރުވެރިންގެ ރޭވުންތައް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަލްޙަމްދުލިﷲ. ޒިންދާބާދޭ ޢިއްޒަތްތެރި ރައީސް!

  37. ޚާއިނޮ

    މެންބަރުކަން ކުރީމަ އުމުރު ދުވަހައް ލާރި ލިބޭ ބިލު މި މަޖިލީހުން އުވާލާނެ ކަމައް އުންމީދު ކުރަން.

  38. ކުރިޓިކު

    މިތާލިޔެފައިހުރި ކޮމެންޓުތައް ކިޔާލުމުން އެނގެނީ އަހަރެމެންގެ ރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކަށް ޤާނޫނު އަސާސީގައި ދަޢުލަތް ހިންގަން ބުނެފައިވާގޮތް ނޭގޭކަން. ޚުދު ރައީސްއަށްވެސް އެނގިވަޑައިގަންނަވާ ކަމަކަށް ޤަބޫލެއް ނުކުރެވޭ. ސަބަބަކީ، އެމަނިކުފާނު ކެމްޕެއިން ކުރެއްވިއިރު، މަޖިލީހުގެ މެޖޯރިޓީ ނުލިބި ކުރެވޭނެ ހަމައެއްވެސް ކަމެއްނެތް، ތިންބާރު ވަކިކޮއްފައިއޮތްކަމާއި، ސަރުކާރަށް މަޖިލިސް ލިބުމުން އެބަދަލުވީ ދެބާރަށް. މިވީގޮތުން މަޖިލިސް އުވާލާ، އެތަނަށް ކުރާޚަރަދު އެމަނިކުފާނަށް ދޭންވީ.
    މަގވެރިކަމުގެބާރ

    • ހނހ

      (ކޮރިޓިކް) ދެން ހަޖަމު ކޮއްލާ

    • އަސްދޫނި

      ރާއްޖޭގަ އޮންނަނީ ޑިމޮކްރަސީ ނިޒާމެއް. ރައްޔަތުން ވޯޓުލާ ގޮތަކީ އެންމެ ރަނގަޅު ގޮތް...އެ ހެޔޮ ކަލޭ ހިތްހަމަ ނުޖެހުނަސް. ހަޖަމު ކޮށްލާފަ ޑިމޮކްރަސީ އަކީ ކޮބާކަން ދަސްކުރޭ. ގާނޫނު އެނގެނީ ކަލެއަށް އެކަނި އެއް ނޫން. 3ން ބާރު ވަކިވުމުގެ މާނައަކީ އިދިކޮޅުގަ އެއް ބާރު އޮތުމެއް ނޫން. ތިން ބާރު އޭގެ ގޮތުގަ މަސައްކަތް ކުރުން.

    • ނަސީމް

      ސަރުކާރަށް މަޖްލިސް މެޖޯރިޓީ ބޭނުންވާން ޖެހުނީ އިދިކޮޅަށް މަޖްލިސްިބުމުން ސަރުކާރަށް ޖެއްސުން ކުރާތީ. އެއީ ޢިމޮކުރަސީ އެއްނޫން، މަޖްލިސް ގެ ދައުރެއްވެސް ނޫން. ސިޔާސީ ދާއިރާއަށް ކުފޫހަމަނުވާ ވެރިކަމަށް ދަހި އިދިކޮޅެއް އެއީ.

      އެހެންވެ ހަމަ އެންމެ ފުރިމަ ޑިމޮކުރަސީ ތެރެއިން ރައްޔިތުން އެއްގޮތެއް ބޭނުންވީ. ހޭލުންތެރިވީ. ފަނިފަކުސާތައް ބޭރު ކުރަން ބޭނުންވީ.

      އަގުލަބިއްޔަތުން އެންމެއް އެކައްޗެއް ބޭނުންވީ.

      ދެންތިބުނީ އެއީ ގޯހޭ؟ ރިއްޗަށް މިޔާބަލަ އަސްލު ތި ކިޔަން ބޭނުންވާއެތި - މަށަށް ބައެއް އަބަދުވެސް ލިބެންޖެހޭނޭ، ނުލިބެންޔާ ވެރިކަން ބަދަކުކޮށްގެންވެސް ހޯދަންބޭނުމޭ.

      ދެން ދޭ ބޭރު ގައުމަކަށް ވެރިކަން ހޯދައިދޭތޯ، ފިތުނަ އިފައްދާ ޖެއްސުން ކުރަން. އެޔެއްނު އައްނިބެ ދަސްކޮއްދިން ގޮތަކީ

  39. ކުރިޓިކު

    މިހާރު މިވީގޮތުން ރައްޔިތުންގެ މަޖިލީހުގެ ބޭނުމެއްނެތްކަން އެރައްޔިތުން ހާމަކޮއްފި. ވީމާ އެތަންއުވާލާ، އެތަނަށް ކުރާ ޚަރަދު އެގެންގުޅުއްވާ ކަމަށްބުނާ ސިހުރުހާހޫރަ ވެރިންނަށްދީ. ނޫނީ އެމަނިކުފާނަށްދީ. ރެކޯޑު ދައްކާގޮތުން ވަރަށް ގިނަފައިސާ އަމިއްލަފުޅަށް ބޭނުންވޭ.

  40. ކުރިޓިކު

    މިބޮޑު މެޖޯރިޓީ ދީގެން ގޯތި، ފުލެޓު ލިބޭނެ ކަމަށް ހީކުރިމީހުން ހީކޮއްލަ ކޮއްލަ ތިބޭ. އެހިއްކި ހުރިހާ ބިންތައް ވިއްކާލާ ފައިސާ ޖަމާވާނީ އެވަގުންގެ އެކައުންޓުތަކަށް. ހާލުގައިޖެހޭނީ، އަހަރެމެންނާ، ދަރީން، އެއީ ކަމެއްކުރިއްޔާ ކުރާނީ ޗައިނާ އިން ލޯނުނަގިގެން، އަހަރެމެންނަށް ހަތަރު އުދަރެސް ފެނުޖެހުނީ، ޗައިނާގެ ލޯނުން ޤައުމުތައް ހާލުގައި ޖެހިފައި އޮތްވަރު އެއޮތީ ފެންނަން.

    1
    3
  41. ކުރިޓިކު

    މިހާރު ނުބުނެވޭނެ، މަޖިލިސް މެޖޯރިޓީ ނެތިގެންނޭ މިވެނި ކަމެއް އެވެނި ކަމެއް .ނުކުރެވުނީ. އެއްކަމެއް ނުކޮއްދޭނެ. ދިވެހިން ދޫ ބޯލަބޯލަ ތިބޭ. ބޮކުންނަށް ޖެހުނު ހާލު ދިވެހި ގަމާރުންނަށް މިޖެހުނީ. ކޮބާތަ މާ ދީންވެރިކަމަށް ހެދިގެން މިއުޅޭ ބައިގަނޑު، ޗައިނާ ގައި މުސްލިމުން އެއުޅޭ ހާލުގައި އުޅެވުނަސް ރަނގަޅު.

  42. ބުރާތި

    ރައްްެޔިތުން ބުނީ ގައުމު އޮތީ ރަގަޅު މިސްރާބު ގައި ކަމަށް

  43. ނެގުނުކަތީބު

    މަޖިލީހުގެ ރައީސްގެ ގޮނޑި އަދުރޭއަށް ކަށަވަރުވެއްޖެ. މިވާހަކަވެސް ފަލަސުރުޚީ ކޮަށްލަބަލަ.

    3
    2
  44. އޭނާ

    ރައްޔިތުން މުއިޒްގެވެރިކަން ބަލައިގެންފި މިކާބީއަކީ ރައްޔިތުންގެއުންމީދުތައް ހަޤީގަތަކައް ހައްދަވައިދެއްވުމައް މަނިކުފާނައްދިންފުރުސަތެއް. މީގެންސާބިތުކޮއްދެނީ ރައްޔިތުންކޮންމެހެން ރީނދޫހުންޖެހިގެން ތާއަބަދުއުޅެން ބޭނުންނުވާކަން. މިއަދުޤައުމާދޭތެރޭވިސްނާ ރައްޔިތުން މިޤައުމުގަ ވަރައްގިނަކަން. މުއިޒްއަކީ ރައްޔިތުންގެ ވަރައްބޮޑު އުއްމީދެއްކަން. ސާބަސް ތިޔައީމިޤައުދެކެންބޭނުންވާފަދަ ދިވެހިދަރިއެއް. މަނިކުފާނައް މާތްﷲ ތިކުރައްވާމަސައްކަތުގަ ބަރަކާތްލައްވާ ކާމިޔާބުދެއްވާނދޭވެ. އާމީން

  45. އަހްމަދު

    މަޖްލީސް ސާފްވީ!!!

  46. އަހްމަދު

    ރައްޔިތުންނައް ހެޔޮވިސްނެނީކީނޫން ރައްޔިތުން ރިސްވަތުގެމުޑުދާރު ޢަމަލުތަކާ ލައިމެހުނީ އެކަމަށް ދެވިހިފަނީ އެކަމުގެއަސަރު އަހަރުމެން ނައްނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅު ﷲއެފަދަ ދުވަހެއްނުދައްކަވާށި އާމީން

    2
    1
  47. ކައްދަ

    ދެން އިނގިދާނެތާ ސުޕަ މެޖޯރިޓީ ގެ ހުރިވަރެވެސް.

  48. ވަޅޯގިރި

    ރައްޔިތުން މެޖޯރިޓީ ދިނީމަ މޑޕ ހެދިހެން މި 5 އަހަރު ތެރޭގައި ޤައުމު ވިއްކާލާ ހިންދާ ލާނީކީނޫން!

    2
    1
  49. ކުރިޓިކު

    އާން! . ދެން މިހުރިހާކަމެއްހަމަވީ. ތިޔަ އަދުރޭ އަކު ކުރިންވެސް މަޖިލިސްގައި ހަޑި މުޑުދާރު އަވަގުރާނަ ގޮވާ މުޑުދާރުކޮއް އުޅުނުތަން އަހަރެމެން ދުށީމު. ދެން ރައީސް ގެ ގޮނޑީގައި އިނދެގެން ނުރުހޭ ހުރިހާ މެމްބަރުންނާ ރައްޔިތުންނަށް ދުލުކުރިއަށް އައިހާ ނުބައި އެއްޗެހި ގޮވާތަން ބަލަން ބޭނުންވާ ބަޔަކުވެސް ތިބޭނ

  50. ދެބޯގެރި

    ވެރިކަންކުރާ ބަޔަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމަކީ ރައްޔިތުން ނިކަމެތޮކޮށް ޤައުމު އެފުން މިފުށަށް ޖަހައި ޤާނޫނީ ނިޒާމު މަސްހުނިގަނޑެއްހެން މޮޑެ ޝަރުޢީ ނިޒާމު ޚަރާބުކޮށް ދައުލަތް ދަވާލައި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަށް ދެވޭ ލައިސަންސެއް އެކަން ފާއިތުވީ ތަނުން ފެނިފަވަނީ އެއްވެސްޕާޓީއަކަށް މެޖޯރިޓީ ދިނުމަކީ އޭގެ ގެއްލުން ޤައުމާ ރައްޔިތުންނަށްކުރާނެކަމެއް މިވާހަކަ ގިނަ މީހުނަށް ހަޖަމުނުވިޔަސް އޯކޭ ޙަޤީޤަތްވާނީ ޙަޤީޤަތައް

  51. އާތީ

    އެހެންވީރު ސުވާލަކީ މިހޮޥިގެންދިޔަ އާމަޖްލިސްއަކީ ޖަނގިޔާ ލައިގެން އައުރަ ނިވާކޮށްގެން ކުރިއަށް ގެންދާނެ މަޖްލިސްއަކަށްވާނެތޯ؟ ނިމިދިޔަ މަޖްލިސް ޖަނގިޔާ ނުލައި އައުރަ ކަޝްފުކޮށްގެން އުޅުމުން ޖިންނި ޝައިތޯނުން ގިނަ އަދަދަކަށް އެމެންބަރުންނާ ވަނީ އަވަލާ ޖިންނި މޮޔަވެފަ