ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން އިތުރު 164 މީހަކު މަރުވެއްޖެ އެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ، 1447 އަށް އަރާފައެވެ. އެ ގައުމުން އިތުރު 1260 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ.

އެ ގައުމުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި މީހުންގެ ޖުމްލަ އަދަދު 19691 އަށް ވަނީ އަރާފައެވެ. އަދި މީގެ ތެރެއިން 3751 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 1261 މީހެއްގެ ހާލު ސީރިއަސް އެވެ.

ކޮންޓްރޯލް ވުމެއް ނެތި އެގައުމުގައި މި ބަލި ފެތުރެމުން އަންނައިރު، މިހާތަނަށް ބަލި ޖެހިގެން އެންމެ ގިނައިން އެގައުމުން މީހުން މަރުވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެ ގައުމުން އެ ދުވަހު 194 މީހަކު ވަނީ މަރުވެފައެވެ.

ބެލްޖިއަމް ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 205 ގައުމަކުންނާއި ހިސާބަކުން ކޮވިޑް-19 ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު