23:26

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އެމެރިކާގައި ލޮސް އެންޖެލިސް އިން ފެށިގެން ނިއުޔޯކާއި ހަމައަށް ކުރިއަށް އެބަދޭ.

22:30

ޔަހޫފީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް ސްވިޑެންގެ ގޮތެންބާގް ގައި މުޒާހަރާތައް ކުރަމުން އެބަދޭ.

22:08

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގައި ހިފާފައިވާ ރާމަاللهގެ ހުޅަނގުން އޮންނަ ނިލިން އަވަށަށް އަރައިފި.

22:05

ފަލަސްތީނަށް ތާއީދުކޮށް ލަންޑަނުގައި ބޭއްވި ބޮޑު މުޒާހަރާގެ މަންޒަރުތައް.

20:36

ސުޕެއިން އިން ފަލަސްތީނާއި މެދު ގެންގުޅޭ ދުވަސްވީ އެކުވެރިކަމުގެ ސިޔާސަތަށް ޝުކުރު އަދާކުރައްވާ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ސުޕެއިންގެ ރައީސް ޕެޑްރޯ ސަންޗޭސް އަށް ސިޓީއެއް ފޮނުވައިފި

19:11

ޣައްޒާގެ މަޝްވަރާތަކަށް ތުރުކީގެ ޚާރިޖީ ވަޒީރު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

18:04

ނުސޭރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު - ފޮޓޯ: އަނަޑޯލް

18:03

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) ގެ މުވައްޒަފުން ބުރެއިޖް ރެފިއުޖީ ކޭމްޕަށް ގޮސްފައިވާއިރު، އެ ކޭމްޕަށް މީގެ ކުރިން ވެސް މީހުން ދިރިއުޅޭ އިމާރާތަކަށް ވައިގެ ހަމަލާތައް ދީފައިވޭ.

ޕީއާރުސީއެސްގެ ޓީމުން ވަނީ ހަމަލާގައި ޝަހީދުވޮ އެކަކުގެ ހަށިގަނޑު ފެނިފައި ކަމަށް އެ ޖަމާއަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވޭ.

18:01

އެމެރިކާގެ ޚާރިޖީ ވަޒީރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ މައިގަނޑު މައިދާނާ ގުޅޭގޮތުން ބޮޑަށް މަޝްވަރާ ކުރުމަށް ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގައި ދުނިޔޭގެ ބައެއް ލީޑަރުންނާއި އިސް ޑިޕްލޮމެޓުންނާ އެކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޑަބްލިއުއީއެފްގެ ރައީސް ބޯޖް ބްރެންޑޭ ވިދާޅުވެއްޖެ.

މި ސަމިޓް އޮންނާނީ ސައުދި އަރަބިއްޔާގައި.

17:59

ޔޫރަޕިއަން ފަލަސްތީނުގެ މީޑިއާ ސެންޓަރުން އާންމުކުރި އެއްވުމުގެ ލައިވް ފީޑެއްގައި ވާގޮތުން ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށް، ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ސްވިޑެންގެ ސިޓީގެ މަގުތަކުގައި އެތައް ބަޔަކު ދަނީ ހިނގާލަމުން.

މުޒާހަރާގެ ބައިވެރިން ފަލަސްތީނުގެ ދިދަތަކާއި ކެފިއްޔާތައް ހިފައިގެން "ފަލަސްތީން މިނިވަން ކުރޭ"، "ބޮއިކޮޓް އިސްރާއީލް" އަދި "ހަނގުރާމަ ހުއްޓާލާ" ފަދަ ޝިއާރުތައް ލިޔެފައިވާ ބެނާތައް ހިފައިގެން ތިބި މަންޒަރު ފެނިގެންދޭ.

17:58

ރަފާގެ ނަރުދަމާގެ ދަތިކަމުގެ ކަންބޮޑުވުން ބޮޑުވެއްޖެ - ފޮޓޯ: އަނަޑޯލް
ރަފާގެ ނަރުދަމާގެ ދަތިކަމުގެ ކަންބޮޑުވުން ބޮޑުވެއްޖެ - ފޮޓޯ: އަނަޑޯލް
ރަފާގެ ނަރުދަމާގެ ދަތިކަމުގެ ކަންބޮޑުވުން ބޮޑުވެއްޖެ - ފޮޓޯ: އަނަޑޯލް

16:51

އެމެރިކާގެ ޔުނިވާސިޓީތަކުގައި ފަލަސްތީނަށް ތާއީދުކުރާ މީހުން ކުރަމުންދާ މުޒާހާރައަސް ތާއިދު ކުރާ ކަމަށް އިރާގުގެ ނުފޫޒުގަދަ ޝިޔާ މުސްލިމް ލީޑަރެއް ކަމަށްވާ މުކްތަދާ އަލް ސަދްރު ވިދާޅުވެއްޖެ.

"ޒަޔަނިސްޓް ޓެރަރިޒަމް ހުއްޓާލުމަށް ގޮވާލާ އެމެރިކާގެ ޔުނިވާސިޓީތަކުގެ އަޑަކީ އަޅުގަނޑުމެންގެ އަޑު،" އެ ޔުނިވާސިޓީތަކާ ދެކޮޅަށް ފުލުހުން އަޅާ ފިޔަވަޅު ތައް ހުއްޓާލުމަށް ގޮވާލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައވޭ.

އަދި ސުލްހައާއި މިނިވަންކަމަށް ވަކާލާތުކުރާ އަޑުތަކަށް ފިޔަވަޅު އެޅުން ހުއްޓާލުމަށް ގޮވާލާ ކަމަށްވެސް އަލްސަދްރު ވިދާޅުވި.

16:49

ނުސީރަތު ކޭމްޕުގެ އުތުރުގައި ވާދީ ޣައްޒާ ސަރަހައްދުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ތިން މީހަކު ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

މި ހަމަލާ ދީފައި މިވަނީ މީގެ ކުރިން ނުސީރަތު ކޭމްޕްގެ ތެރޭގައި ހުރި ގެއަކަށް ދިން ހަމަލާއެއްގައި އެތައް ކުޑަކުދިންނެއް ހިމެނޭ ގޮތަށް ހަތް މީހުން ޝަހީދުވި ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވޭ.

16:04

ޣައްޒާގެ މަޝްވަރާތަކަށް ފަލަސްތީނުގެ ރައީސާއި ބައިނަލްއަގްވާމީ ލީޑަރުން ސައުދި އަަރަބިއްޔާގެ ރިޔާދުގެ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި.

ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް)ގެ ހަވާސާގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޑަބްލިއުއީއެފްގެ ރައީސް ބޯޖް ބްރެންޑޭ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރިޔާދުގެ މިހާރު މުހިންމު ބޭފުޅުން އެބަތިބި ކަމަށާއި އުއްމީދަކީ އެ މަޝްވަރާތަކުގެ ސަބަބުން ސުލްހަ ގާއިމުކުރުމުގެ މަރުހަލާއަކަށް މަގުފަހިވެގެންދާނެ ކަމަށް.

15:56

ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާ އަށް ކުރިމަތިވެފައިވާ އެކި އެކި މައްސަލަތަކާއި ގުޅޭ ގޮތުން ފަލަސްތީނުގެ ރައީސް ދުނިޔޭގެ ވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިއްޖެ.

 

15:34

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު 140 އަށް އަރައިފި.

 

14:58

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޖެނިންގައި ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން އަނިޔާކޮށްފައިވާ މީހުން ހަށިގަނޑުން ލޭ ހުސްވަންދެން ފަރުވާއަށް ހުރަސް އަޅައި ހިފަހައްޓާފައިވާ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެފި. ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ވަނީ އެމީހުން 30 މިނެޓަށް ފަރުވާ ނުދީ ހިފަހައްޓާފަ.

14:51

ރަފާހުގައި ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ ޖަނާޒާ ކުރިއަށް ގެންދިއުމާއި ހިތާމަފާޅުކުރުން

14:38

ހޫނު ގަދަވެގެން ޣައްޒާގެ ކުޑަ އަންހެން ކުއްޖަކު ނިޔާވެއްޖެ.

 

14:31

ހަމާސް ޖަމާއަތުން ހައްޔަރު ކުރި އިސްރާއީލް މީހުން މިނިވަން ކުރާ ވަގުތު އިސްރާއީލުގެ މީހުން ހަމާސްގެ މީހުންނަށް ތައުރީފުކޮށް، އެމީހުންގެ ގައިގައި ބައްދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ. ހައްޔަރުގައި ތިބި އިސްރާއީލް މީހުން ބުނާ ގޮތުގައި އެމީހުން ތިބީ ވަރަށް އުފަލުން، އެއީ ހަމާސް ޖަމާއަތުގެ ފަރާތުން އެމީހުންނަށް އަނިޔާއެއް ނުލިބޭތީ.

 

14:28

ރަތް ކަނޑުން ދަތުރު ކުރަމުން ދަނިކޮށް އަތުލައިގަތް އިސްރާއީލާއި ގުޅުން އޮންނަ ބޯޓުން ހައްޔަރު ކުރި މީހުން ދޫކުރާނެ ކަމަށް އީރާނުން ބުނެފި.

14:24

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީން 20 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

14:19

ފާއިތުވި 24 ގަޑިއިރު ފަލަސްތީނުގެ ޣައްޒާއިން އިތުރު 32 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި.

 

14:09

ޣައްޒާގެ ޚާން ޔޫނިސްގެ ނަސީރު ހޮސްޕިޓަލް ކައިރިން ފެނުނު މީހުންގެ ހަށިގަނޑުތަކުގެ ފޮޓޯ

13:39

އެންމެ ފަހުން ނިރުބަވެރި އިސްރާއީލުން ރަފާހުގެ ނުސެއިރަތް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި 8 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

13:32

ކުރިއަށް އޮތް ޖުލައި މަހުގެ 26 ވަނަ ދުވަހުގައި ޕެރިސްގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްގައި ފަލަސްތީނުގެ އެތުލީޓުން ކޮލިފައި ނުވިޔަސް އެފަރާތްތަކަށް ދައުވެތު ދޭނެ ކަމަށް އައިއޯސީ ގެ ރައީސް ތޯމަސް ބެކް ވިދާޅުވެއްޖެ.

 

13:09

ނިރުބަވެރި އިސްރާއީލުން އަނެއްކާ ވެސް އިތުރު ދެ ނޫސްވެރިއަކު ޝަހީދު ކޮށްލައިފި.

 

12:39

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން އުތުރު ޣައްޒާގެ ފެން ވަޅު ތަކުގެ ތެރެއިން 70 އިންސައްތަ ފެން ވަޅުތައް ބޭނުން ނުކުރެވޭ ވަރަށް މިހާރު ވަނީ ހަލާކުވެފައި ކަމަށް އުތުރު ޤައްޒާގެ ބެއިތް ލަހިޔާގެ މޭޔަރު ވިދާޅުވެއްޖެ.

 

12:36

ޣައްޒާގެ އާންމުންގެ ގިނަ ބަޔަކު މަސް ބާނަން ދާ ސަރަހައްދެއްގައި ނިރުބަވެރި އިސްރާއީލުން ބަޑިން ހަމަލާދިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި އެނގިފައެއް ނުވޭ.

އިސްރާއީލުން އެސަރަހައްދުގައި ބަޑިން ހަމަލާދީފައިވަނީ އިއްޔެގެ ވަގުތެއްގައި ޣައްޒާގެ ރަފާހުގެ އައްސޭރިފަށުގައި މަސައްކަތް ކުރަމުން ދިޔަ މަސްވެރިންތަކަކަށް ހަމަލާދީފައިވަނިކޮށް. މި ހަމަލާގައި އިއްޔެ އެކަކު ވަނީ ޝަހީދުވެފަ.

11:55

ނިރުބަވެރިން ރޭގެ ވަގުތެއްގައި ރަފާހަށް ދިން ހަމަލާއެއްގައި ޝަހީދުވި ތުއްތު ކުއްޖެއް.

 

11:46

ފާއިތުވި ދުވަހު ނިރުބަވެރި އިސްރާއީލުން ޣައްޒާގެ 25 ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

11:19

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންގެ މީހަކު އިރާނުގެ އަންހެނަކަށް އިސްރާއީލްގެ މޮޅު ކަމަށް ދައުވާ ކުރާ ވައިގެ ދިފާއީ ނިޒާމް އަޔަން ޑޯމް ގެ ސިއްރު ފުޓޯތަކެއް ފޮނުވި ކަން ހާމަވެއްޖެ.

 

10:57

ޣައްޒާގެ މެދު ތެރޭގައި އޮންނަ ނުސެއިރަތް ރެފިއުޖީ ކޭމްޕަށް ނިރުބަވެރިން ދިނ ވައިގެ ހަމަލާއެއްގައި ހަ މީހަކަށް އެކިވަރުގެ ޒަހަމްތައް ވެއްޖެ.

10:14

ފަހުގެ މައުލޫމާތު:

  • ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރަތް ރެފިއުޖީ ކޭމްޕަށް ނިރުބަވެރި އިސްރާއީލުން ދިން ވައިގެ ހަމަލާގައި 8 މީހަކު ޝަހީދުވެއްޖެ. މި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ.
  • ނިރުބަވެރިން ރަފާހަށް ރޭގެ ވަގުތެއްގައި ދިން ބޮމުގެ ހަމަލާގައި ފަސް މީހަކު ޝަހީދުވެފައިވޭ. މީގެ ތެރޭގައި ވެސް ކުޑަކުދިންނާއި އަންހެނުން ހިމެނޭ.
  • ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގައި ބަޑިން ހަމަލާދީ ދެ ޒުވާނަކު ޝަހީދުކޮށްލައިފި.

 

10:12

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ހުއްޓާލުމަށާއި ކޮލަރާޑޯގެ ކުންފުނިތައް އިސްރާއީލުގެ އޮޕަރޭޓް ކުރުން ހުއްޓުވުމަށް ގޮވާލަައި، އެގައުމުގެ ޑެންވާގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 40 މީހަކު ހައްޔަރުކޮށްފި.

09:25

ފަހުގެ ތާފާސް ހިސާބުތައް:

އިސްރާއީލް:

  • މަރާލި މީހުންގެ އަދަދު: 1،139
  • އަނިޔާވި މީހުންގެ އަދަދު: 8،730

ޣައްޒާ:

  • ޝަހީދުވި މީހުންގެ އަދަދު: 34،356
  • ޒަހަމްވި މީހުންގެ އަދަދު: 77،368

ހުޅަނގުއައްސޭރި:

  • ޝަހީދުވި މީހުންގެ އަދަދު: 489
  • ޒަހަމްވި މީހުންގެ އަދަދު: 4،800

09:21

ނިރުބަވެރި އިސްރާއީލުން ރޭގެ ވަގުތެއްގައި ޣައްޒާގެ ރަފާހަށް ދިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެ. ޒަހަމްވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ.

 

09:18

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސަހަރުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ދެ ރައްޔިތުން ގަޔަށް ބަޑި ޖަހައި ޝަަހީދުކޮށްލައިފި.

 

09:08

ފަލަސްތީނުގެ ދިފާއުގައި ޖަރުމަނުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ރޫޅާލުން

09:06

ބަނޑަށް ނުވަ މަސް ވެފައިވަނިކޮށް ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި ޣައްޒާ އަންހެން މީހާގެ ބަނޑުން ނެގި ތުއްތު ދަރިފުޅު ނިޔާވުން.

 

09:03

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނިތްކުރީގައި ޖެހުނު ލައްގަނޑު ދުވަހަކުވެސް ފިލައިގެން ނުދާނޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޤާން ވިދާޅުވެއްޖެ.

 

08:59

ޣައްޒާގެ ދެކެނަށް ނިރުބަވެރިން ވައިގެ ހަމަލާތަކެއް ދީފި. މި ހަމަލާގެ އިތުރުން ވެސް ހުޅަނގު އައްސޭރީގެ އުތުރުގެ ސަރަހައްދުތަކުގައި އިސްރާއީލް މީހުންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި ކުރިމަތިލުންތަކެއް އަންނަނީ ހިނގަމުން.

08:57

ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ ބޯޓަކަށް ހޫތީން ހަމަލާދީފި. މިއީ އިސްރާއީލާއި ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމާއި ގުޅިގެން އެންމެ ފަހުން ހޫތީން ދީފައިވާ އެއް ހަމަލާ.

******************

ފަލަސްތީނުގެ ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ކުރިއަށް ގެންދާ ހަނގުރާމައަށް މިއަދަށް 204 ދުވަސް ވެގެން ގޮސްފައިވާއިރު، ޣައްޒާ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބިރު ބޮޑު، އަދި ތަހައްމަލު ކުރަން އުނދަގޫ އެއް ކަމަކީ ވަންނާނީ ގެދޮރެއް، ބޯހިޔާވަހިކަން ހޯދާނެ ތަނެއް ނެތުމެވެ.

އަމިއްލަ ގެދޮރު ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގިނަ މީހުން ދިރިއުޅެމުން އަންނަނީ އދ. އިން ހަދާފައިވާ ވަގުތީ ބޯހިޔާވަހިކަން ހޯދާ ސަރަހައްދުތަކުގެ އިތުރުން ރެފިއުޖީ ކޭމްޕްތަކާއި ސްކޫލްތަކުގެ އިތުރުން އެހެނިހެން ސަރަހައްދުތަކުގައި ތިބޭ ޓެންޓްތަކުގައެވެ.

މި ސަރަހައްދުތަކުގައި ޣައްޒާ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން އަންނައިރު، ނިރުބަވެރިން އަންނަނީ އެސަރަހައްދުތަކުގައި ހަމާސް ޖަމާއަތުގެ މުޖާހިދުން ފިލައިގެން ތިބޭ ކަމަށް ބުނެ އެސަރަހައްދުތަކަށް ރެއިޑް ޖަހައި، ހަމަލާތައް ދެމުންނެވެ. މިފަދަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ ކުށެއް ނެތް އެތަކެއް ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

ނިރުބަވެރިން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 34،356 މީހަކު ޝަހީދުކޮށްލާފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު ވަނީ 77،368 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަހާ

    އަރަބިން ބަގުރާ ވިކުމުގާ އިސްލާމީ އުމަތް ހަލާކު ވެއްޖެ ވަރަށް ދެރަ އަރަބިން އަކީ މިހާރު ރަނގަޅު ބައެއް ނޫން

    4
    1