އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.
ކްރިމިނަލް ކޯޓުން މިއަދު ނިންމީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އަމަލު ކުރަން ފަށާތާ 45 ދުވަސް ތެރޭގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް އެއުސޫލުން އަދީބުގެ މައްސަލަތަކާއި މެދު އަމަލު ކޮށްފައި ނުވާ ކަމަށެވެ. އަދި މީހަކަށް ޖިނާއީ ދައުވާއެއް ދެވަނަ ފަހަރަށް ނުއުފުލޭނެ ކަމަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށާއި ނަމަވެސް އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކަކީ ކުރިން ވެސް ދައުވާ އުފުލި، އަދި ކޯޓުން ޙުކުމްތައް ވެސް ކޮށްފައިވާ މައްސަލަތަކާއި ގުޅުން ހުރި ދައުވާތަކެއް ކަމަށް ވާތީ މިހާރު އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އަދީބާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ސޮއި ކޮށްފައިވާ އެއްބަސްވުމަކީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްބަސްވުމެއް ނޫން ކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
އަދީބާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ގާއިމުކުރި އެއްބަސްވުމަކީ "ޤާނޫނު ނުދަންނަ އެއްބަސްވުމެއް" ކަމަށާއި އެއީ މާއްދީ އަދި ނަފްސާނީ އަނިޔާގެ އަމަލުތަކެއް ހިމެނޭ އެއްބަސްވުމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުގައި ބުނެފައި ވެއެވެ.
އެއްބަސްވުމުގައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ޤާނޫނީ ގޮތުން ނެތް ޒިންމާތަކަކާއި އަމިއްލައަށް ހަވާލުވެފައި ކަމަށް ވެސް މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން އަދީބު ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާ ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ޙުކުމެއް އައެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ފަހުން އެކި ފަހަރުމަތިން ކޯޓުތަކުން ވަނީ އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމްތައް ބާތިލް ކޮށްފައެވެ.
އިންސާފު ކެކިއަރާ ތޮށިމަތިން ބަންޑުންވެ ގާދޫކޮލުން ބޭރުވެގެން ދިޔަތާ ކިތަންމެ ދުވަހެއް ...
ސަދޫމް އިންސާފް. ހިތާމައިގެ ކޮޅެއްނެތް. ެ
ޝުކުރީއްޔާ ޤައުމު އިންސާފުގާއިމުވެނިމިއްޖެ ޝުކުރީއްޔާ ކޯވިޑް19
ސަދޫމްގެ ނިޔާ އަށްވެ ނިމުނީ.
ސާބަހޭ ފަނޑިޔާރު ﷲ އައް ބިރުވެތިވޭ، ޤާޒީކަމުން އިސްތިއުފާދީ ކިހާބައިވަރެއް އަދީބު ދީގެންބާ
ޓޫރިޒަމް މިނިސްޓަރކަންދޭން ތައްޔާރު ވަނީ މާދަން ހުވާ ކުރާނެ ބަލަން ތިބޭ
މިސަރުކާޜު ގެންނަން މިލިއަނުން ޚަރަދު ކުރި މާދަން މީނާ ވާނެ ލީޑަރަކަށް ބަލަން ތިބޭތި
ވަގުން ކައިރިކުރީމާވާގޮތް ޔާމީނައް ވިސްނޭނެކަމައް ހީކުރަން.
މިހާރު ވަގަކައްވީކާކުބާ؟
ދެން 2023ގަ ވެރިކަމަށް ހޮވާ....ޖީބަށް ލާރިކޮޅެ އަޅާދިނީ ވޯޓުވި އްކާ ގްރޫޕު ވޯޓުދޭނެ.،.މމޕރސ އިން ގެ އްލުނު ފަ އިސާ ހަމަޔަށް ފެނުނީތިދެން...ހުރިހާ އެ އްމެން ކްލީން..ރޔާމީން އެކަނި ހުރަގޭގަ..ސަރުކާރުގެ އިންސާފު... އަދީބު ވަގަށްކަށްވެސްނުވި..މުޖުރިމަކަށްވެސްނުވި..ގާތިލަކަށްވެސްނުވި..ގޭންގުސްޓާރަކަށްވެސްނުވި...ޓު އަރިޒަމް މިނިސްޓަރުކަން ހަވާލުކޮ އްލާ...ނަމުން ސޯލިހު ކަމުން ޖާހިލު އަމަލުން ގަމާރު އިބުރާހިމު ﷲ އަށް ބިރުވެތިވޭ..
ކަމެއް ފަޅާ އަރާފާނެތީ އަވަހަށް އަދީބު މިނިވަންކުރީދޯ ؟؟؟ އެހައްދުވަހު އަދީބު ބުނީ
" އިއުތިރާފް އެއްބަސްވުމުގައި ސޮއިކުރީ ފަރުވާ އަށް ބޭރަށް ފޮނުވަން ޝަރުތަކަށް ހެދީމަ " އޭ...... މިހުރީ ހަދާ ހިޔަޅު ޑީލް.... ދަންނަވަން އޮތީ ބާތިލް އެއްބަސްވުމެއްގެ ދަށުން އަދީބު ރަޢީސް ޔާމީނާ ދެކޮޅަށް ދީފައިވާ ހެކިބަސްތައްވެސް ބާތިލްވާނެ. ވީމާ ހަމަ މިހާރުން މިހާރަށް ރަޢީސް ޔާމީން މިނިވަންކުރަން ގޮވާލަން.
އަލީވަހީދު ވެސް ދޫކޮލާފަ އިބޫ ތަހުޤީގައް ހައްޔަރު ކުރޭ!
ސުބުހާނަﷲ! އަދުލު އިންސާފު ކަފުން ކުރެވިއްޖެ. ކުށްކުރާ މީހުންނަށް ދިރުން ލިބިއްޖެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! މި ގައުމު ސަލާމަތްކޮށްދެއްވަވާ!
ހާދަފައްކަލޭދޯ އަދުލު އިންސާފު. ޚީޔާނާތުގެ މޭސްތިރި ހުދުކާފޫރަށްވެ ސަލާމަތްވީ.
އެމްޑީޕީގެ އަދުލު އިންސާފުގެ ދަތުރު ތިއޮތީ ވަރަށް ފުރިހަމައަށް ކާމިޔާބުވެފައެވެ.
މޑޕ ވެރިކަމަށް އައުމުގެ ކުރިންވެސް އެންމެ ގިނައިން ދެއްކީ ކޯޓުތަށް ކޮރަޕްޓް ވެފައި ވާކަމުގެ ވާހަކަ..ކުރިން މޑޕ ވެރިކަން ވައްޓާލީ ތިޔަ ކްރިމިނަލް ކޯޓުގެ ބޮސް ހައްޔަރު ކުރީމާ..ޖޭއެސްސީގަ ވެސް އުޅެނީ އެއް ގޭންގެއް..ގާޟީންގެ މުސާރައާއި އެލަވަންސްތަކާ ވަޒީފާގެ މުއްދަތާ ގަޑިތައް ނިންމަނީ އެ ގާޟީއަކު އަމިއްލައަށް.. މިވާހަކަތައް އެންމެ އަޑުގަދަކޮށް ދެއްކީ ވެލިޒިނީ... އަދި ރަތްލާޖެހި ކާފަރަކު ނޫނީ އަބޫޖަހުލު ބުންޔަސް ތެދެއް ވާނީ ތެދަކަށް...ހުރިހާ ފިކުރެއްގެ ރައްޔިތުންވެސް ނިކުމެ ކޯޓުތަކުގެ ކަންކަން ތަހުޤީޤު ކުރަން ގޮވަންޖެހޭ...
މިއީ، ސަދޫމްގެ ކޯޓްތައްތަ؟ އިންސާފޭ ކިޔާފަ ހޭރުނު މީހުން ކުރާ ސަދޫމް ކަންތައް
ޟިނުލަފާ ގާޒީ މިދުނިޔެއިން ނެތިގެން ދޒަނީ ކޮންފަދަ އަކުންބާ.މިގާޒީ އަށް ދުނިޔެމަތީގައި އެކަން ދައްކަވާށި.
މިހާރު ގައުމު ހިންގަންތިބި ވެރިން ވަނީ އެމްއެމް ޕީއާރު ސީގެ ހިޔާނާތުގެ ފާއިސާއިން ތަތްތެޅި ފޯވެފާ ވީމާ އަދީބަށް ފިއްތާލާ ކޮންމެ ފިއްތާލުމަކީ މިހާރުގެ ވެރިކަމަށް އަންނާނެ ޒަލްޒަލާއެއް ލާހިކުކުޅަދާނައެއް ނޫން އަދީބަށް ގޮތެއް ހަދާލާކަށް ހަދާއިފިނަމަ ހިޔާނާތް ތެރިންނާއި ވަގުން ބޭޒާރުވެ ބޮލާފޮށާއެޅޭނެ
ބޮޑުވަރު
ގާޒީ އެއް ނޫން ގޯހީ ހިޔަޅު ރޭވުމުގެ މަތިން ޕީޖީ ޝަމީމް އެތަކެއް ފަހަރު އަދީބާ ބައްދަލުކޮށް މިސަރުކާރުން ބޭނުންވާގޮަތަށް ދައުވާ ކުރީ މުއްދަތު ފަހަނަ އެޅިފަހުން ގާނޫނުގައި ކުށްސާބިތު ކުރަން ދިން މުހުލަތު ނިމުނުފަހުން ކިހާރީތިތޯ ... ކުރިން އަދީބުގެ ގާނޫނީ ވަކީލް މިހާރު ޕީޖީ ކިހާ އިންސާފު.. ކުރިން އެޓާރނީ އޮފީހުގައި ހުރެފައި ޖީއެމް އާރަށް ވަކާލާތު ކޮށްދީނީމިހާރުގެ އެޓާރނީ ޖެނެރަލް ކިހާ ނަޒާހަތްތެރިތޯ
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ މިސަރުކާރުން ނުބެލޭނެ ކަން މިހާރު ޔަގީންވެ ކަށަވަރު ވަމުންނޭ ދަނީ ސަބަބަކީ އެކަމުގައި ގާނޫނީ ގޮތުން ޒިންމާ ވާން ޖެހޭ ފަރާތް މިއަދު ކޯޓުގައި ހުރި ހުރިހާ ދައުވާ ތައް ބާތިލްވެ ދޫވުމުން މިއިން އެގިގެން ދަނީ ދައުލަތުގެ ބަޖެޓް އެއްކޮށް ކާލި މީހަކު ވެސް ސަލާމަތްވާނެ ކަން ނޫހުން ޕްރޮޕެގެންޑާ ފަތުރައިގެން މީ ވަރަށް ނުރައްކާތެރި ފައްތަރެއް ދައުލަތުގެ ބަޖެޓަށް ދިމާވާނެ އަދި މީ ވަގުންނަށް ލިބޭ ހިތްވަރެއް ކަން
އަދީބަށް ތިކުރިހުކުމުން އެނގެނީ އިސްތިއުނާފް މަރުހަލާގައި ރައިސްޔާމީނަށް ލުޔެއް ނެތްކަން
މިފަހަރު ފާފަ މިއެރީ ލަޓިބުރިއަށް
އެ ހުކުމުތައް އިއްވި އެންމެން ކުއްވެރިވާނެ ތިޔާވީގޮތުން އެހެންވީމައި އެ ހުކުމު އިއްވި ހާކިމުން ބަންދުކޮއް ޖަލަށް ލާޖެހޭނެ ނޫނީ މިއަދު ތުތަ ކުރި ހުކުމަކީ ސައްހަ ކަމެއްނޫން
އެ އްމެން ދުވާކުރޭ މިމުސީބާތުން މިގަ އުމާ އި އަޅަމެންގެ ދަރިން ސަލާމަތްވޭތާ.
ރަ އްޔިތުން އަދިވެސް ހޭއަރާކަށް ނުވޭތަ؟
ގަ އުމު އިންޑިޔާ އަށް ވި އްކާލާ އަހިރެމެން އަޅުވެތިނުކުރަނީސް މިކަމުން މިންޖުވޭތާ ދުވާކިރޭ..
ތެދެކެވެ. ވަކަރުގަނޑު މާވަޑިޔާ ހިތެކެވެ. ނިޔާ ފަނޑިޔާރާ ހިތެކެވެ..............
ޔާ ﷲ އަނިޔާވެރި ވެރިކަމުން މުޅި ދުނިޔޭގެ ހުރިހާ އިސްލާމީ ދައުލަތް ތައް ސަލާމަތްކުރައްވާށި. އާމީން..
އަދީބު ލިބުނު ގެއްލުމުގެ ބަދަލުލިބެން ޖެހޭ 33 އަހަރުގެ ޖަލު ޙުކުމަކުން ބަރީޔަ ވީމަ....
ސުބުހާނަﷲ! އަދުލު އިންސާފު ކަފުން ކުރެވިއްޖެ. ކުށްކުރާ މީހުންނަށް ދިރުން ލިބިއްޖެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! މި ގައުމު ސަލާމަތްކޮށްދެއްވަވާ! ދުނިޔެ މަތީގައި ތިހިރަބެއައް ދައްކަވާނެ ކުރިހުރިހާނުބާކަމެއްގެސަޒާ އާމީން
ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާކުރާނެ މާދަމާ ބަލަން ތިބޭތި
މި ސަރުކާރުން މިހާރު މިވަނީ ގާނޫނާ ހިލާފުވެ ޒިންމާ ނަގަންޖެހޭމިހަކު ޒިންމާ އިން ބަރީކުރުވާފަ. އެމްއެމްޕީއާރުސީ ހިންގުމާ ހަވަލުވެ ހުރީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު އެމްއެމްޕީއާރުސީގެ ވެރިޔަކީ ޒިޔަތު .ގާނޫނު ނަންބަރު 1/68 ޖ ގެ 9 ވަނަ މާއްދާ ބުނާގޮތުން އެމްއެމްޕިއާރުސީގެ ފައިސާގެ ހިޔާނާތުގާ ޒިންމާވާންޖެހޭނީ އަދީބު އާ ޒިޔަތު . މިހިސާބުން ބަލަޖެހެނީ އަދީބުގެ ޒިންމާއިން އަދީބު ބަރީއަ ކުރުމަށް ބަޔަކު މަސައްކަތް ކޮށްފައިވާކަމާ އޭގެ ސަބަބުން ދަވްލަތަށް ލިބެންވާ ފައިސާ އިން ދަވްލަތް މަހްރޫމް ވެފައިވާކަން މިކަންކުރުމުގެ ޒިންމާ ނަގަންޖެހޭ ބަޔަކު ހޯދުމަށް ތަހުގީގެއް ހިންގަންޖެހިފައިވާކަމަށް ދެކެން.
ދެން ޔާމީން ވެސް ދޫކޮށް ބަލަ. ވަރަށް އުފާވެއްޖެ.
އަމީރާ ހޯހޯތިޔަދިޔައީމިހާރުމާމައްޗަށް! ހުރުހާހުކުމެއް އެފުށްމިފުށަށް މިޖަހަނީ ގިނަދުވަސްތަކެއްވަންދެން ރައީސްޔާމީނުހުރަގޭގަބާއްވާށެވެ.ވިސްނަވާށެވެ.ޖީއެމްއާރުގެ މައްސަލަ: ޝަމީމު އަދީބުގެމައްސަލަ: ޝަމީމު މިހާރުޕީޖީ:ޝަމީމު،ވީމާ އިންސާފު" ފުމެއަރާނެވަރު"؟ ރައީސްޔާމީނު ޖަލްސާއެއްގަވިދާލުވީ އެމްއެމްޕީއާރުސީގެ މައްސަލަމިސަރު ކާރަ ކަށްނުބެލޭނެއޭ! އެއީ ކީއްވެ؟ ޖަވާބުމިހާރުލިބެމުންމިދަނީ!!!
އިންސާފުގެ ދަތުރު ފަރަށް އަރައިފި. ?