ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދިން މުއްދަތު އަނެއްކާ ވެސް ސަރުކާރުން އިތުރުކޮށްދީފިއެވެ.

ރާއްޖެ އިން ބޭރުން ބޭސްފަރުވާ ހޯއްދަވަން ޑޮކްޓަރުން ލަފާ ދެއްވުމުން އަދީބު ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ. އަދީބު ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ފުރަތަމަ ދިނީ ދިހަ ދުވަހަށެވެ. ނަމަވެސް އެމުއްދަތު ފަހުން އިތުރު ކުރިއެވެ. އަދި އިތުރު ކުރި މުއްދަތު ހަމަވުމުން އިއްޔެ އަނެއްކާވެސް ވަނީ މުއްދަތު އިތުރު ކޮށްދީފައެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޭސްފަރުވާ އަށް އަދީބަށް ދިން މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފުރާނަ އަށް ނުރައްކާވާ ފަދަ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން އަދީބަށް ޖެހުނީ 2015 އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު ކަމަށް އޭނާގެ ޕާޓީ، އެމްޓީޑީން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވި ހިސާބުން އަދީބު ހުކުމް ތަންފީޒު ކުރަމުން އައީ ގޭގައެވެ. އަދި މިހާރު އަދީބު ވަނީ ހުކުމް މާފު ކޮށްދިނުން އެދި އޭނާގެ ހުކުމް އިލްތިމާސް ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދޮންރަހާ

    ފަލުދާގެ ހައްވާ ހަބަރު ފީތާއިން އަޑުއެހިން އަދީބުއާ ސަރުކާރާ އެކު ޑީލެއްހަދާ އިބޫ އިންތިހާބު ކާމިޔާބު ވެއްޖެނަމަ އަދީބު ރާއްޖެ އަންނާނެ އިންތިހާބުން އިބޫ ބަލިވެއްޖެނަމަ އަދީބު ބަޗާނެ އެހުރިހާ ކަމެއް ސައްލާކޮއް ނިންމާފަވީ އިދިކޮޅުގަ އުޅޭ ސިޔާސީ މުފައްކިރުން ލޯނުހުޅުވޭ ނޫނީ އެބަޔަކުވެސް ވަނީ އަދީބުގެ މުށުތެރޭ

  2. ތިޖޫރީ

    އިލެކްޝަން ނިމެންދެން އެސޮރު ހުންނާނީ ބޭރުގަ. އިބްރާހިމަށް ލިބިއްޖެއްޔާމު މިނިވަންވީ، އެހެންފަރާތަކަށް ލިބިއްޖެއްޔާމު ފިލީ!

  3. Anonymous

    ބޯޓަށް ވާއެއްޗެއް ބަލާފަ އޭނާ އަންނާނީ

  4. އިންޑިއާއުޓް

    ފުރާނަ އަށް ނުރައްކާވާ ފަދަ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން އަދީބަށް ޖެހުނީ 2015 އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު ކަމަށް އޭނާގެ ޕާޓީ، އެމްޓީޑީން ވަނީ ބުނެފައެވެ.

    މީގެން އިނގި ކަށަވަރުވީ އެމީހަކު ފޭހުނު އިލޮށިގަނޑު ހަމަ އެމީހެއްގެ ލޮލަށް ވަންނާނެ ކަމެވެ.

    3
    1
  5. ރަން ރީނދޫ

    އިބްރާހިމަށް ވާގޮތަކުން ،އަދީބު ރާއްޖެ އަންނާނީ. ފެންނަ މަންޒަރަށް ބަލާއިރު ހަންގޭރީ ހިސާބުން ގެ ގަނެ ވަޒަންވެރިވުމުގެ މަސައްކަތް މިހާރު އޮތީ ފަށާފަ ކަމަށް ވަނީ

  6. Anonymous

    ރައްޔިތުންގެ ފައިސާއިން ވައްކްންކުރި ބޮޑުވަގު ރައީސް އިބޫގެ ރަހުމަތްތެރިޔާ!

  7. ރާގޮނޑި ރާޖާ

    މުއްދަތު އިތުރުކޮށްކޮށް ހުރެބަލަ ވާނުވާ އެނގޭނެ...

  8. ދެލޯ

    ބޮޑުވަގު ހިމާޔަތް ކުރީ ޗޯރޭ ޗޯރޭއަށް ވެރިކަންލިބިއްޖެ ނަމަ ރާއްޖެ ގެންނާނެކަމަށް ކުރިންވެސް މީހުންކީ މިހާރު އެވަނީ އެގޮތް އެއީ އަދީބު ޗޯރޭއަށް ދިން ފައިސާގެ ވާހަކަ މުއިއްޒުސަރުކާރަށް ކިޔައިދީފާނެތީ ބިރުގަންނަނީ .