ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދުނު އެދުމާއި ގުޅޭގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަނުން ދިނުމުން އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. ކަރެކްޝަނުން ބޭސްފަރުވާއަށް އަދީބުއަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.

އެ މުއްދަތު މިހާރު ހަމަވެފައިވާއިރު މުއްދަތު އިތުރުކޮށްދިނުމަށް އެދި އަދީބުގެ ފަރާތުން ކަރެކްޝަންސްގައި ވަނީ އެދިފައެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލު "ވަގުތު" އަށް އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދީބު އެގޮތަށް އެދިފައި ވާތީ އެކަން ރިވިއު ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2020 ގައެވެ. އަދީބު ވަނީ ދައުލަތާ އެކީގައި އިއުތިރާފް އެއްބަސްވުމެއް ވެސް ހަދައިފައެވެ.

އަދީބު ޖަލަށް ހުކުމް ކުރި ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެއްސެއް

    ހުއްދަ ދިނަސް ނުދިނަސް ތި މީހަކު ދެން ރާއްޖެ އަންނާނިީ އިންތިހާބު ނިމި ، ހުވާކުރާ ރައީސެއްގެ ގޮތުން.
    ކިތަންމެ ނޫން ކަމައްހެދިޔަސް ތިފުރާނަޔައް ނުރައްކާވާ ނާރުގެ ބައްޔައްބޭސް ކުރުމާއި ސިންގަޕޯރ އަށް ފުރައިގެން ދިޔުންތީ ސަރުކާރާ ހެދި ޑީލެއް!!
    ހިތާމަޔަކީ ތި ޑްރާމާވެސް ގަބޫލު ކުރާބަޔަކު ތިބީމަ.

  2. މަޗާ

    ފުރާނައަށް ނުރައްކާ ބަލީގެ ނަމަކީ ކޮބައިބާ.