ކުރީގެ ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރަން ހޯމް މިނިސްޓްރީން ކަރެކްޝަނަލް ސާވިސްއަށް އަންގައިފިއެވެ.

ކަރެކްޝަނަލް ސާވިސް އަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާއެކެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރަން ހޯމް މިނިސްޓްރީން ވަނީ މިހާރު ކަރެކްޝަނަލް ސާވިސް އަށް އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރަން ކަރެކްޝަނަލް ސާވިސް އަށް ހޯމް މިނިސްޓްރީން އެންގުމުން ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކަަރެކްޝަނަލް ސާވިސް އިން މިހާރު ކުރަމުން އެބަގެންދެއެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލަތު ހުރިގޮތުން އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކޮށްދޭން ހައި ކޯޓުގައި އެމަނިކުފާ މިދިޔަ ހަފްތާގައި އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީން އެގޮތައް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމް ފަސްކުރަން އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގައެވެ. ނަމަވެސް ހައިކޯޓުން މިއަދު ނިންމީ ރައީސް ޔާމީންގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެވެން ނެތް ކަމަށެވެ.

ރައީސް ޔާމީން ހައިކޯޓުގައި ވިދާޅުވީ އެމަނިކުފާނަކީ ޒުވާން އުމުރުގެ ބޭފުޅެއް ނޫން ކަމަށާއި އަދި ޑޮކްޓަރުގެ ލަފާގެ މަތިން އެމަނިކުފާނު މޫދުގައި ކުރައްވަންޖެހޭ ކަސްރަތުތައް ކުރުމުގެ ފުރުސަތު ވެސް، ކ.މާފުށީ ބިން ހިއްކަމުންދާތީ ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ވަޑައިނުގަންނަވަނީ ވެސް އޭގެ ސަބަބުން އާއިލާއަށް އިތުރު ހިތްދަތިކަމެއް ކުރިމަތިވާތީ ކަމަށާއި އެހެންވެ، ގޭ ބަންދަށް ބަދަލުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އެދެން މިކަންކަމަށް ރިއާޔަތްކޮށް ދެއްވައި، އެއްވެސް ގޮތަކަށް ނިޒާމަކަށް ލިބޭ ގެއްލުމަކަށް ނުވެ މިދެންނެވި ސްޓޭ އޯޑަރާއި އަޅުގަނޑު ގެއަށް ބަދަލު ކުރުމުގެ އަމުރު ނެރެދެއްވުން. އެއީ ނިޒާމަށް ލިބޭ ގެއްލުމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން." ރައީސް ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޔާ ސީ ނު

    ފެނޭތޭ ވާގޮތް.ގަދަބާރުން އަބަދުވެރިކަން ކުރަންފަ ފަހަރިބޭ ހިތުވެސް ލާގެންނުވާނެ...މީއަހަރަމެންގެ ރާއްޖެ...ފަހަރި ކުޑަދުވަސް ކޮޅެއްތެރޭ ކުޑަ ގޮޅިއައް..ދުނިޔޭތިބިމީހުންނައް މިކަންތައްތައް ފެންނާނޭ.ވަރައްއަވަހައް..🤓🤓🤓😎

    18
  2. އިވާން ޖަމީލް

    ޔާމީން އިބޫ އަށް ތާއީދު ކުރަން އެއްބަސް ވީދޯ. މަގުމަތިވި ޕާޓީ ޕީޕީއެމް ،އެމްޑީޕީގެ ފަހަތަށް އަރާ މި އިންތިޚާބު ނިންމާލާނީ އެއްބުރުން

    0
    17
  3. ލިކާ

    ރައްޔިތުން ނިކުތީމަ ވާނީ އެހެން ..

    14
    1
  4. ރިކޫ

    އިމުރާނުވެސް މިހާރު ގަބޫލުކޮއްފި ތަރައްގީގެ ބާނީކަން ޖަލުގަ މިބެހެއްޓެނީ

    18
    1
  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އަލްޙަމްދުލި ﷲ! މާތް ﷲ ރައީސް ޔާމީން ފުރިހަމަ ސިއްޙަތުގައި ލަހައްޓަވާ، ޖަލު ޙުކުމުން މިނިވަން ކޮށްދެއްވަ-ވާންދޭވެ! އާމީން!

    23
  6. ޑައެލޯގް

    މިސަރުކާރު ރަގަޅުނަމަ އަސްލު ގެއަށް ބަދަލުކުރަންނުވެސް ނުޖެހުނީހެވެ. އެއީ 5 އަހަރުދުވަހުގެ ތެރޭގައި ޔާމީނުގެ 3 މައްސަލަ 3 މަރުހަލާ ނިންމައިދިންނަމަ އަހަރުމެން ޔާމީނު ދޫކޮށްލާކަށް ނުގޮވާނަމެވެ. އެކަމަކު ގަސްތުގައި ކޯޓުގެ ގާޒީލައްވާ ޗުއްޓީނަގުވާ ލަސްކުރީ ޖަލުގައި އަނިޔާދިނުމަށެވެ.

    20
  7. ފިޔާ

    ރައީސްސޯލިހަކީ އޯގާތެރި ބޭފުޅެއް. އެމަނިކުފާނު އެއްވެސް ރައްޔަކަށް ދެރެގޮތެއް ނުހައްދަވާނެ.

    3
    24
    • ހަގީގަތް

      އެއްގޮތަކަސް ތިކަންނޭނގޭ ރައްޔިތަކު މަދުވާނެ.
      ބުނާ ބަހާ އަމަލާ ދިމާނުވާ މިނޫނީ ވެރިއެއް ނުދެކެން

      3
      1
  8. އަލީ

    ނިމެނީ ނިމެނީ، މި ވެރިކަން މާތްﷲ ގެ ހެޔޮ ރަހްމަތްފުޅާއެކު ނިމެނީ!

    19
    2
  9. ޑރ ސާޖީ

    ވަގުތު ކައިރިވަރަށް ޖެހޭނި ގެޔަށްވެސް މިނިވަންވެސްކުރަށް.

    14
  10. Anonymous

    އެކިއެކި ބަލި ޙާލަތުގައި ތިބެ ޖަލު ޙުކުމްގެ ދުވަސްތައް ވޭތުކުރާ ހުރިހާ އެންމެންނަށްވެސް މި ފުރުޞަތު ފަހިވޭތޯ މަސައްކަތް ކޮށްދީ ވަކާލާތުކޮށްދޭނެ ބަޔަކު ވާނެނަމަ ވަރަށްވެސް ރަގަޅު. ބިންހިއްކާ ރޯހައުސް އެޅުން މުހިންމު ވާވަރަށް މިވެސް ހަމަ މުހިންމު ކަމެއް. ވަޢުދުު ޢަހުދުތައް ކުރާ މޫސުމުގައި މިކަމަށް ބަޔަކު ވިއްޔާ ވާނެ.

    4
    4
  11. ހުސޭނުބޭ

    ކަލޯގެޔާ! މުއިއްޒުގެ ކަންތައްތައް ފެނިގައި އިމްރާނު ފޮއްޓަށް އެއްޗެތިއަޅަން ފަށައިފި.

    20
  12. ފަސީ

    ދިވެހިންނަށް ހެޔޮއެދިގެން މަސައްކަތްކުރާ ވެރިންނަށް ވާވަރަކީ މިއެވެ. ވީމާ މުސްތަގުބަލުގައިވެސް ރާއްޖެއަށް ރަނގަޅު ވެރިން ނުލިބުން އެކަށީގެންވެއެވެ. ލީކާންޔޫގެ ބަދަލުގައި ލިބޭނީ ގުއިކާންޔޫއިންނެވެ.

    9
    1
  13. އަވަށުމީހުން

    ކޮބާ ޖަމީލޫ ފެނޭތަ،? އަންނި އަދި ބުނެލިކަމަށްޓަކާއި ޔާމީން ގެއަށް އެބަދަލްކޮއްލަނީ.. ވަކީލޭ ކިޔާފައި 5 އަހަރު ކޯއްޗެއް ތިހެދީ

    4
    14
  14. ހުދުބޯމަވޯޓު

    އެހެންވީމަ އެނގެއެއްނުން މި ވެރިކަމުގެ އުއްމީދަކީ އެމްއެމް ޕީއާރުސީގެ މައްސަލަ ބެލުން ނޫންކަން މަޤްޞދަކީ ޔާމީނަށް ކުރިމަތި ލުމުގެ ފުރުޞަތު ގެއްލުވާލުންކަން

    18
  15. ޣާޞ

    ޔާމިނައްވުރެ މާދުވަސްވެފަތިބި މީހުން މިހާރުވެސް ޖަލުގަ އެބަތިބި

    3
    5
  16. ހ

    ހުރިހާ އަނިޔާ އެއްދީފަ ދެން ތަޅުވާނެކަމެއްނެތް.. ނޯވޭ އިބޫ ޔޫ ލޮސްޓް.

    14
  17. Anonymous

    ޔާމީނަށް މިވީ ކަތިވަޅި ބިނދި މަރިޔަނބު ގެއްލުނު މީހާ އަށް ވީގޮތް ދޯ. ރައީސް މުއިއްޒުގެ އަތުން ދެން ޕާޓީގަނޑު ވެސް ނުލިބޭނެ. ރައީސް މުއިއްޒުގެ ވެރިކަމެއްގައި ޔާމީނު ހުންނާނީ ވެރިކަން ބޭނުންވެ، ވެރިކަމަށް ދަހިވެތިވެ، އެ ފުރުސަތު ނުލިބި ދަތް ބޯލަބޯލާ. ރައްޔިތުންނޭ! ރައްޔިތު މީހާ އަށް ފައިންޕުޅު ދެއްކި ބޮޑާ މީހާއަށް ވާގޮތް ފެނޭތަ؟