"ސުޕަރ ލީގު" އިން ވަކިވާން ޗެލްސީ އާއި މެންޗެސްޓަރ ސިޓީން ނިންމައިފިއެވެ.

ޔޫރަޕިއަން ސުޕަ ލީގަކީ ޔޫއެފާ އާއި އެކި ގައުމުތަކުގެ ސިޔާސީ އަދި ކުޅިވަރާ ބެހޭ އިސް ފަރާތްތަކުން ތަފާތު އެކި އިންޒާރުތައް ދެމުންދަނިކޮށް އުފެއްދި ލީގެކެވެ.

މި ލީގު އުފައްދާފައިވަނީ ޔޫރަޕްގެ މަޝްހޫރު 12 ކަލްބަކާއި އެކުއެވެ. އޭގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑް، މެންޗެސްޓަރ ސިޓީ، ޗެލްސީ، ލިވަޕޫލް، ޓޮޓެންހަމް، އާސެނަލް، ރިއަލް މެޑްރިޑް، އެތްލެޓިކޯ މެޑްރިޑް، ބާސެލޯނާ، ޔުވެންޓަސް، އޭސީ މިލާން އަދި އިންޓަރ މިލާން ހިމެނެއެވެ.

ޗެލްސީ އާއި މެންޗެސްޓަރ ސިޓީން ލީގުން ވަކިވާން ނިންމާފައިވާއިރު، ބައެއް މީޑިއާތަކުން ބުނެފައިވަނީ ޗެލްސީން މިހާރު އަންނަނީ މި ލީގުން ވަކިވުމުގެ ގޮތުން ސުޕަ ލީގަށް ޑޮކިއުމެންޓްތައް ފޮނުވުމަށް ތައްޔާރުވަމުންނެވެ.

އަދި ހަމަ ސިޓީން ވެސް އެފަދަ ނިންމުމެއް ނިންމާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.