އެމޭޒަންގެ ވެރިޔާ އަދި މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ މިދިޔަ ބުދަ ދުވަހު ދުވަހު އޮތް އެ ކުންފުނީގެ ބޯޑު ބައްދަލުވުމަށް ނިދާ ހެދުމުގައި ނުވަތަ ޕިޖާމާ ލައިގެެން ދިޔަ ސަބަބު ހާމަކޮށްފިއެވެ.

ޖެފް ބޮންޒާ ބޯޑު ބައްދަލުވުމަށް ޕިޖާމާ ލައިގެން ދިޔަ ސަަބަބެއް ކަމަށް އޭނާ ބުނެފައި ވަނީ، ކުޑަކުދިން ކެންސަރަށް ސަމާލުކަން ގެނައުމަށް ކަމަށެވެ. ސެޕްޓެމްބަރު މަހަކީ ފާހަގަކުރާ ކުޑަކުދިން ކެންސަރަށް އަހުލުވެރި ކުރުވާ މަހެވެ.

އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެމޭޒަންއިން ކޮންމެ އަހަރަކުވެސް އެމެރިކަން ޗައިލްޑްހޫޑް ކެންސަރ އޯގަނަޒޭޝަންއާއެކު ކެންސަރަށް ކުދިން އަހުލުރުކުރުވާ ކަމަށެވެ.

އޭނާ އިންސްޓަގްރާމް ކުރި ތިން ފޮޓޯގައިވެސް ފެންނަނީ އެ ބައްދަލުވުމުގައި އޭނާ ޕިޖާމާގައި ހުރިއިރު، އެ ބައްދަލުވުމުގައި ތިބި އެހެން މީހުން ވަރަށް ރީއްޗަށް ހެދުން އަޅައިގެން ތިބޭ މަންޒަރެވެ.

އިތުރަށް ބޮންޒާ ބުނެފައިވާގޮތުގައި، އެމާޒަންއިން މި މަސް ތެރޭގައި ރަން ކުލައިގެ ރިބަނެއް ޖަހާފައިވާ ފޮއްޓެއް ގެތަކަށް ބަހަމުންގެންދާނެ ކަމަަށެވެ. އޭގައި ޖަހާފައިވާ ރަން ކުލައިގެ ރިބަނަކީ، ޗައިލްޑްހޫޑް ކެންސަރގެ އިންޓަނޭޝަނަލް ސިމްބަލްއެވެ.

ބޮންޒާ އެ ފޮޓޯއަށް އެތައް ހާސް ބަޔަކު ލައިކް ދީފައި ވެއެވެ.

އެމެރިކާގެ ޗައިލްޑްހޫޑް ކެންސަރ އޯގަނަޒޭޝަން އިން ބުނެފައިވާގޮތުގައި، ޕިޖާމާ އިވެންޓްގެ ނަމުގައި ކުރިއަށްގެންދާ އިވެންޓަކީ ކެންސަރާާއި ހަނގުރާމަ ކުރަމުންދާ ކުދިން ޓްރީޓްމެންޓް ނަގާ މަސް ދުވަސް ތެރޭގައި ތިބެނީ ޕިޖާމާ ލައިގެން ފައިސާ ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

ބޮންޒާގެ ޕަޖަމާސްގައި އޮފީހުގެ ބޯޑު ބައްދަލުވުމަށް ދިޔައީ ޕީޖަމިން އިވެންޓްގައި ބައިވެރިވުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    ކޮންތާކު ރޯދޮގެއް. އެވާނީ ބޮއިގެން ކަޓާފައިހުރީ ކަމަށް.