ބޭނުންވާ ތަކެތި

1 މަންޗީ މާރީ ބިސްކޯދު ބޮނޑި

3 ސަމުސާ ކޮކޯ ޕައުޑަރ

10 ތަށި (ކުދި) ބަޓަރ

1 ދަޅު ގެރިކިރު

ކުޑަ ކިރުކޮޅެއް (ބިސްކޯދު ފޯ ކޮށްލުމަށް)

ޗޮކޯ ޗިޕްސް

ތައްޔާރު ކުރާނެ ގޮތް

ބިސްކޯދު ފިޔަވައި އެހެން ހުރިހާ އެއްޗެއް ބްލެންޑަރ އަށް އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށް ފަހު ޓްރޭއެއްގައި ތުނިކޮށް މިކްސް ކޮށްފަ ހުރި ޗޮކްލެޓް ޕުޑިން ހާކާލާށެވެ. އެއަށްފަހު މާރީ ބިސްކޯދު ކިރުކޮޅަށް އަޅައި ކުޑަކޮށް ފޯ ކޮށްލުމަށްފަހު ލޭޔާއެއްގޮތަށް ޓްރޭގައި އަތުރާށެވެ. ދެން ޗޮކްލެޓު ޕުޑިން ލޭޔާ އަކާ ބިސްކޯދު ލޭޔާއެއް އަޅަމުން ގޮސް ޕުޑިން ހުސްވަންދެން ޓްރޭގައި ރީއްޗަށް އަތުރާލާށެވެ. އެންމެ ފަހު ލޭޔާއަކަށް ވާންޖެހޭނީ ޗޮކްލެޓް ޕުޑިން ލޭޔާއެވެ. އޭގެ މައްޗަށް ޗޮކޯ ޗިޕްސް އަޅައި ފިނިކޮށްގެން ސާވް ކޮށްލާާށެވެ.