ކެންޏާގެ ހޮސްޕިޓަލެއްގައި ދަބަހެއްގެ ތެރެއަށް މަރުވެފައި ތިބި ކުދިންތަކެއް ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފޮއްޓެއްގެ ތެރެއަށާއި، ދަބަހެއްގެ ތެެރެއަށް ލާފައި ތިބި އެ ކުދިންތަކަކީ ވިހާފައި މަރުވި ކުދިންތަކެއް ކަމަށް ބެލެވެއެވެ. އަދި އެ ފޮއްޓާއި، ދަބަސް ތެރެއިން 12 ކުދިންގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ ހޮސްޕިޓަލްގެ ކޮޓަރިއެއްގެ ތެރޭގައި ފޮރުވާފައި ހުރި ފޮއްޓެއްގައި އަދި ދަބަހަކުން ފެނުނު އެ ކުދިން ތިބީ ބަރަހަނާހާލުގައެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލްގެ ސްޓާފުންނާއި، ނައިރޯބި ގަވަރުނަރު މައިކް ސޮންކޯ ސުވާލުކުރިއިރު، އެ ހޮސްޕިޓަލުން ބުނިގޮތުގައި، ހުކުރު ދުވަހުން ފެށިގެން މިހާތަނަށް އެ ހޮސްޕިޓަލްގައި މަރުވީ އެންމެ ކުއްޖެއް ކަމަށެވެ.

ސޮންކޯގެ އެދުމުގެ މަތިން އެ ކޮޓަރީގައި ހުރި ހުރިހާ ފޮށިތަކާއި އެއްޗެހި ބެލިއިރު، އެތަނުން ފެނިފައި ވަނީ 12 ކުއްޖެއްގެ ހަށިގަނޑު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިހާތަނަށް އެއީ ކިހިނެއް މަރުވި ކުދިންތަކެއް ކަމެއް ނޭނގޭ ކަމަށާއި، އަދި އެ ކުދިންގެ މައިންބައިންނަކީ ކޮންބައެއް ކަން އެނގިފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލްގެ އިސްވެރިންތަކެއް ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.

އަދި އެ ހާދިސާގެ ސަބަބުން އެ ހިސާބުގައި ގިނަ ބަޔަކު ހިތާމަ ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަބްދުﷲ

    ތިވެދާނެ ނަހަލާލަށް ވިހާފަ ދަރި އެއްލާލާގޮތަށް، ހޮސްޕިޓަލުގެ މީހަކާ ޑީލް ހަދައިގެން ކުރަމުނެް ދިޔަ ކަމަކަށް. އަދިކިރިޔާ ކަންނޭގެ ތި ބަސްޓުވީ

  2. ލޮލް

    ތީ ކޮސްމެޓިކްސް ކުންފުނިތަކުން ހަދާ ޑީލެއްކަމަށް ލަފާކުރެވެނީ. އެމީހުންގެ އުފެއްދުންްތަކަށް ބޭނުންވާ މާއްދާތައް ހޯދުމަށް.