ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެންޑާ މިދިޔަ އަހަރު ކައިވެނިކުރިކަން އިއުލާންކޮށް، ދަރިއަކު ލިބިފައިިވާކަންވެސް އިއުލާންކޮށްފިއެެވެ.

ހުކުރު ދުވަހު އިންސްޓަގްރާމްގައި އެންޑާ ވަނީ ގިނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އަދި ދިގު ނޯޓެއް ވެސް ލިޔެފއި ވެއެވެ.

އެންޑާ ވަނީ އޭނާގެ ފިރިމީހާއާއެކު ކައިވެނީގެ ހެދުންއަޅައިގެން ނަގާފައިވާ ފޮޓޯތައްވެސް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފޮޓޯއެއްގައި އެންޑާ ހުދު ކުލައިގެ ހެދުމެއްގައި ހުރި މަންޒަރުވެސް ފެނިގެންދާއިރު، މި ދެމަފިރިން ފޮޓޯޝޫޓްތަކުގެ ތެރެއިން އެހެން ބައެއް ފޮޓޯތަކުގައި ދެމީހުންގެ އުފާވެރިކަން ފެނިގެން ދެއެވެ.

އޭނާ ހިއްސާ ކުރި ނޯޓުގައި ސަޕޯޓަރުން ކަންބޮޑުވާނެކަން އެނގޭ ކަަމަށް ބުނެފައިވާއިރު، އޭނާ ވަނީ މިދިޔަ އަހަރު ދަރިއަކު ލިބި ކައިވެނިވެސް ކޮށްފައިވާ ކަމަށްވެސް ބުނެފައެވެ.

 

View this post on Instagram

 

A post shared by Anda🎈 (@anda_kiss)


"އެންޑާ 2.0" ގެ އާ ހަޔާތް ފަށަން ގަސްތުކުރަނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި، މަންމައެއްގެ ގޮތުގައި އަދި އަނބެއްގެ ގޮތުގައި". އޭނާ ބުނެފައި ވެއެވެ.

އަސްލު ނަމުން ނަމަ، ވޮން މިން-ޖީއަކީ 2012 ވަނަ އަހަރު ޓްރޮފީ އެންޓަޓެއިންމަންޓްގެ ދަށުން ޔަންގް ޑޮންގް-ގޫންއާއެކު ޑާންސް ސިންގަލް "ޑޯންޓް އާސްކް" އިން ތައާރަފްވި ލަވަކިޔުންތެރިއެކެވެ. އެމްޕެރަރ އެންޓަޓެއިންމަންޓް ކޮރެއާގެ ދަށުން 2015 ވަނަ އަހަރު އޭނާ ވަނީ މާސްޓާރިންގެ ނަމުގައި ޑާންސް ސިންގަލްއެއް ނެރެފައެވެ. އެއަށްފަހު އޭނާ ވަނީ ޓަޗް ނަމުގައި ލަވައެއް ނެރެފައެވެ.

2018 ވަނަ އަހަރުގެ ޖުލައި މަހު އެންޑާ ވަނީ ވައިޖީ އެންޓަޓެއިންމަންޓްގެ ސަބްސިޑަރީ ކުންފުނި ވައިޖީއެކްސް އަށް ސޮއިކޮށްފައެވެ. ޖެހިގެން އައި އަހަރު އޭނާގެ ފުރަތަމަ ޑިޖިޓަލް ސިންގަލް އަދި ވައިޖީއެކްސްގެ ދަށުން ފުރަތަމަ ސިންގަލް ވެސް ނެރުނެވެ.