އެމެރިކާގެ ވާޖީނިއާގައި އަންހެނަކު ގެންގުޅުނު ވޭޕިންގ ޑިވައިސްއެއް ގޮވާ އޭނާގެ ހަށިގަނޑު ފިހިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު އެ ހާދިސާ ހިނގިއިރު، އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެލިކަޕްޓަރުގައި ކަމަށް ވެއެވެ.

އެ ހާދިސާ ހިނގިއިރު، އެ އަންހެން މީހާ އާއި އޭނާގެ ލޯބިވެރިޔާ ތިބީ ކާރެއްގެ ތެރޭގައެވެ. އެ އަންހެން މީހާގެ ލޯބިވެރިޔާ ބުނިގޮތުގައި، ކުއްލިއަކަށް ހުރެފައި އެ ވޭޕް ގޮވިއިރު، ބޮޑު ދުންގަނޑެއް މުޅި ކާރު ތެރޭ ފެތުރުނު ކަމަށެވެ. އަދި އޭނާގެ ލޯބިވެރިޔާ އޭނާގެ ހަށިގަނޑު އަނދަމުން އަންނަކަމަށް ބުނިކަމަށް އެ ފިރިހެން މީހާ ބުންޏެެވެ.

އެ ހާދިސާގައި އެ ކާރުގެ ގޮނޑިވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ވޭޕް ގޮވީ ކީއްކަމެއް ސީދާ ނޭގެެއެވެ. އެހެން ނަމަވެސް އެ ޑިވައިސް ގޮވާފައި ވަނީ އެ މީހުން އެއަށް ބެޓަރީ ގަތްތާ މާގިނަ އިރުތަކެއް ނުވަނީސްއެވެ.

ވޭޕް ގޮވުމަކީ އާއްމުކޮށް މިހާރު ދިމާވާ ކަމެކެވެ. އެ ފިރިހެން މިހާ ބުނިގޮތުގައި، އޭނާގެ ލޯބިވެރިޔާގެ އަތުގައި ވޭޕް އިންދާ ގޮވިއިރު، އޭނާގެ އަތް ވަރަށް ބޮޑަށް ފިިހެވިފައި ހުރިތަން ފެނުނު ކަމަށެވެ. އަދި އޭނާގެ މެދުވާ އިނގިލި ވަރަށް ބޮޑަށް ފިހުނުކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާ ހިނގުމާއެކު، ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވިއިރު، އެ އަންހެން މީހާގެ ފުރާނައަށް ގެއްލުންވާ ވަރުގެ ބޮޑު ގެެއްލުމެއް ވެފައިނުވާކަމަށް ވެއެވެ.

ގިނަ ބަަޔަކު މިހާރު ވޭޕް ކުރުމާއި ދެކޮޅަށް ތެދުވެފައިވާއިރު، އެއީ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުންދޭ އެއްޗެއްކަމަށް ސިއްހަތާއި ބެހޭ މާހިރުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮމާ

    ވޭޕް އެއީ މިހާރު މިއުޅޭ ކުދިން ސިގިރޭޓް ގޮތަށް ބޯއެއްޗެއްކަން ނޭގޭމީހުން އުޅޭނެ

  2. އޭނަ

    ވޭޕް ؟

  3. ހަމީ

    ގޮމާއަށް ވަރަށްބޮޑަށްޝުކުރިއްޔާ ވޭޕް އެއީ ކޮންއެޗެއްކަން އޮޅުންފިލުވާއިދިނީމަ