ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރް ސިންގްގެ މަަންމަ ފަރާތުގެ ކާފަ އުމުރުން 93 އަހަރުގައި ވޯޓުލައިފިއެވެ. މިއީ މިހާ އުމުރުން ދުވަސްވީ މީހަކު އިންތިހާބެއްގައި ވޯޓުލީ ފުރަތަމަ ފަހަރެވެ.

ރަންވީރު ސިންގްގެ ކާފަ ވޯޓުލީ މިދިޔަ ހޯމަ ދުވަހު ލޯކް ސަބާ އިންތިހާބު 2024 ގެ ފަސް ވަނަ ފިޔަވަހީގައެވެ. ކާފަ ވޯޓުލީކަން ރަންވީރު ހާމަ ކުރީ އޭނާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައެވެ.

ރަންވީރްގެ ކާފަ ވޯޓުލުމަށް ފަހު، ފުލުހުންގެ މީހަކާއި އިތުރު މީހެއްގެ އެހީގައި ކޮޅަށް ހުރެ ފޮޓޯއެއް ނަގާފައިވެއެވެ. ހުދު ކުލައިގެ ގަމީހަކާއި ފަޓްލޫނެއްގައި ކާފަ ހުރިއިރު، އޭނާ ހުރީ އަވި އައިނެއް ވެސް އަޅައިފައެވެ.

ރަންވީރް ސިންގް އާއި ދީޕިކާ ޕަޑްކޯންވެސް ވަނީ މިފަހުން ވޯޓު ލާފައެވެ.

ރަންވީރް އަދި ދީޕިކާ އަށް ލިބޭ ފުރަތަމަ ކުއްޖާ ވިހާނެ ކަމަށް ބުނެފައިވަނީ މި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮއްކޮ

    އޭނާ ލައިގެން އެހެރަ ގަމީހުގެ ކުލައަކީ ހުދު ކުލަތަ؟

  2. Anonymous

    ހާދަ ރީއްޗޭ 93 އަހަރުގަ ވެސް!!!!

  3. އިލޫލާ

    ދެކުނުގެ ތިން އަތޮޅުގައި ބަސް ބޭނުންކުރާ ގޮތް: ބައްޕަގެ ފަރާތް: ކާފަ، މުންނަ، މަންމަގެ ފަރާތް: މާމަ ، މާފަ މިއީ ދެކުނުގެ ތިން އަތޮޅުގައި ބަސް ބޭނުންކުރާ ގޮތް. ރީތި ގޮތަކީވެސް އެއީ.