ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އާއި ދަރިފުޅު ރަހާ އާއި އެކިން މިފަހަރު ދިވާލީ ފާހަގަ ކުރަން ދާނީ އެމީހުންގެ ބެންޑްރާގައި ހުރި އާ ގެއަށްދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިތުބާރު ހުރި ފަރާތަކުން ހިންދުސްތާނީ ޓައިމްއަށް ކަށަވަރު ކޮށްދިން ގޮތުގައި މި ދެތަރިން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ބަދަލުވާން އުޅޭކަމަށް ވެސް ވަނީ ބުނެފައެވެ.

މި ގޭގެ މަސައްކަތް މިހާރު މިވަނީ ނިމުމަކާއި ހަމައަށް ގޮސްފައެވެ. އެ ފަރާތުން ހާމަކުރާ ގޮތުގައި މި ދެތަރިންވެސް ވަނީ ގޭގެ ކަންތައް ވަރަށް ކައިރިން ބަލާފައެވެ. ހާއްސަކޮށް އާލިއާގެ ބިޒީ ޝެޑިއުލްގަ އުޅެމުންވެސް ގޭގެ މަސައްކަތް ގާތުން ބަލަމުންދާ ކަމަށް އެފަރާތުން ފާހަގަކުރެވެއެވެ.

އާލިއާ، ރަންބީރު އަދި އޭނާގެ މަންމަ ނީތޫ ކަޕޫރު ގިނައިން ފެންނަނީ ކޮންސްޓްރަކްޝަން ސައިޓުން އެ މަސައްކަތްތައް އިންސްޕެކްޓް ކުރަމުންދާތަނެވެ. އެ ގެއަށް ނަން ދީފައިވަނީ ރަންބީރުގެ މާމަގެ ނަމުން ކްރިޝްނާ ރާޖްއެވެ.