ބޮލީވުޑްގެ މަޝްހޫރު ތަރި އަރްބާޒް ޚާންގެ އަންހެނުން މޭކަޕް އާޓިސްޓް ޝުރާ ޚާން ވަނީ އޭނާގެ އިންސްޓަގްރާމުގައި ފޭނުންނަށް "އާސްކް މީ އެނީތިން" ގެ ސުވާލު ކުރުމަށް ހުޅުވާލާފައެެވެ.

އޭގައި ފޭންއެއް ކުރި ސުވާލެއްގައި އަހާފައިވަނީ އޭނާ އާއި އަރްބާޒްގެ އުމުރާއި އިސްކޮޅާއި ބެހޭގޮތުންނެވެ. ޖަވާބުގައި އޭނާ ބުނެފައިވަނީ އަރްބާޒްގެ އިސްކޮޅުގައި 5 ފޫޓާއި 10 އިންޗާއި އަދި އޭނާގެ އިސްކޮޅުގައި 5 ފޫޓާއި 1 އިންޗި ހުންނަ ކަމަށެވެ. ނަމަވެސް އުމުރުގެ ސުވާލަށް ޖަވާބުގައި ބުނެފައިވަނީ "އޭޖް އިޒް ޖަސްޓް އަ ނަމްބަރ" ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ 24ގައި އެމީހުން ވަނީ ކައިވެނި ކޮށްފައެވެ. ކައިވެންޏަށްފަހު އަރްބާޒް ވަނީ ކައިވެނީގެ ފޮޓޯ ހިއްސާކޮށްފައެވެ. އެ ތަސްވީރުތަކުން ފެންނަނީ އެ ދެމަފިރިން އެތަނުގައި ސަގާފީ ހެދުން ލައިގެން ތިބިތަނެވެ. އަރްބާޒް ޚާން ފްލޯރަލް ކުރުތާއެއް ލައިގެން ހުރިއިރު އޭނާގެ އަންހެނުން ޝުރާ ހުރީ ޕީޗް ލެހެންގާއެއް ލައިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަރުބާޒާއި ޝޫރާ ރައްޓެހިވީ އޭނަ ޕްރޮޑިއުސްކޮށް އަދި ރިލީޒްނުކުރާ ފިލްމު "ޕަޓްނާ ޝުކްލާ" ގެ ސެޓުން ދިމާވެގެން އުފެދުނު ގާތް ގުޅުމުގެ ތެރޭގައެވެ. ޝޫރާ އަކީ މޭކަޕް އާޓިސްޓެއްގެ އިތުރުން ހެއާ ސްޓައިލިސްޓެކެވެ.

މިއީ އަރުބާޒް ގެ ދެވަނަ ކައިވެންޏެވެ. އޭނަގެ ކުރީގެ އަންހެންނަކީ މަލައިކާ އަރޯރާއެވެ. އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައެވެ. އެއީ، އުމުރުން 21 އަހަރުގެ އަރްޚާން ޚާންއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިމާޒާ

    ތިޔަ ކަހަލަަ ފިރިހެނުން ކިތަންމެ އަންހެނުންނާއި ކައިވެނި ކުރިއަސް ލިބޭނޭ ޙަޤީޤީ އުފަލެއް ނެތް. ލިބޭ ދަރިން ޔަތީމު އެކަނިވެރި ޙާލުގައި ދިރިއުޅެމުން ދާއިރު އެފަދަ ދަރިންގެ ބައްޕައަކަށް ލިބޭނޭ ޙަޤީޤީ އުފަލެއް ނޯންނާނެ.