އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ހިންދީ ފިލްމް "ކްރޫ" ނެޓްފްލިކްސްއަށް ދޫކޮށްލައިފިއެވެ.

މި ފިލްމަކީ ތިން ކެބިން ކްރޫއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ކަރީނާ ކަޕޫރާއި ތައްބޫގެ އިތުރުން ކްރިތީ ސެނަން މުހިއްމު ރޯލުތައް ކުޅެފައިވާ "ކްރޫ" ގައި ދައްކުވައި ދެނީ "ކޮހިނޫރު" ކިޔާ އެއާލައިނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުލިބި ހައެއްކަ މަސްވުމުން، ތިން ކުރޫއެއްގެ ފަރާތުން ފެންނަ ކަންތައްތަކާއި އެ މީހުންގެ ލައިފްސްޓައިޓެވެ.

ވަރަށް ގްލެމަރަސް ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މި ފިލްމަކީ ކުރިން ވެސް ކާމިޔާބު ޗިކް-ފްލިކްތަކެއް ގެނެސްދީފައިވާ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. "ކްރޫ" ގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަންއެވެ.

ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި މި ފިލްމު އެހާ ބޮޑަށް ކަމުދިޔަ ސަބަބުތަކުގެ ތެރޭގައި މީގެ ޕްލޮޓް އާވުމާއި ތަރިންގެ އެކްޓިން ރަނގަޅުވުމާއި ފިލްމު ގެނެސްދީފައި އޮތް ގޮތް ރީތި ވުމުގެ އިތުރަށް، ފިލްމުގެ މިއުޒިކް ވެސް ރީތިވުން ހިމެނެއެވެ. "ކްރޫ" ގެ ލަވަތަކުގެ ތެރޭގައި ކުރީގެ މަޝްހޫރު ދެ ލަވައެއްގެ އާ ވާޝަންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި "ޗޯލީ ކޭ ޕީޗޭ" އަދި "ސޯނާ ކިތުނާ ސޯނާ ހޭ" ހިމެނެއެވެ.

މި ފިލްމަށް ވަރަށް ގިނަ ކްރިޓިކުން ތައުރީފުކޮށް، މިއީ ބޯހަމަޖައްސައިލަން ވަރަށް ރަނގަޅު، އެހާމެ ޝައުގުވެރި ފިލްމެއް ކަމަށް ބުނެފައިވެއެވެ. "ކްރޫ" ގެ ރޭޓިންއަށް ބަލާއިރު، ގިނަ ކްރިޓިކުން ފިލްމަށް ދީފައި ވަނީ ފަސް ތަރި އާއި ހަތަރު ތަރިއެވެ.

އިންޑިއާގެ އިތުރުން ބޭރުގެ މާކެޓްތަކުން ވެސް ފިލްމަށް އަންނަނީ ބޮޑި ތަރުހީބެއް ލިބެމުންނެވެ. އެހެންވެ "ކްރޫ" ވެފައި ވަނީ ބަތަލާއިން ލީޑްކުރާ ތަރިންގެ ފިލްމަކަށް މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމަށެވެ. ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 62.52 ކްރޯޑް ރުޕީސް (7.5 މިލިއަން ޑޮލަރު) ލިބިފައިވެއެވެ.

"ކްރޫ" ހެދީ 75 ކްރޯޑް ރުޕީސް (9 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ތަރުހީބަށް ބަލާ އިރު، މީގެ އާމްދަނީ ވަރަށް އަވަހަށް 100 ކްރޯޑަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު