ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާކެތޭ ޕެސިފިކުގެ މަތިންދާ ބޯޓެއްގައި ނުބައިކޮށް ނަން ޖެހިފައިވާކަން ފާހަގަވެ މީސް މީޑިއާގައި އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އެބަދެއެވެ.

ކެތޭ ފެސިފިކުގެ ބޮއިން 763-777 ބޯޓެއްގައި ނަންޖެހިފައިވަނީ އެފް އަކުރު ނުހިމަނައެވެ. މި ބޯޓު ހޮންގކޮން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮއްވާ ފެނިގެން، އެކަން އެކުންފުނީގެ ސަމާލުކަމަށް ގެނައީ އެ އެއާޕޯޓުގައި ތިބި ފަސިންޖަރުން ތަކެކެވެ.

ކެތޭފެސިފިކްގެ އެއާލައިން އިން ބުނެފައިވަނީ ނުބައިކޮށް ޕްރިންޓް ކުރެވިފައިވާ ނަން ރަނގަޅު ކުރުމަށް އެ ބޯޓު އަލުން މަރާމާތައް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އެއާލައިނުން ބުނީ އަލުން ނަން ޕެއިންޓް ކުރުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މީސް މީޑިއާގައި ހަލުވިކަމާއި އެކު ފޮޓޯތަށް ދައުރުވަމުން ދާއިރު ކެތޭފެސިފިކްގެ އެ މަތިންދާބޯޓުގައި ނުބައިކޮށް ނަންޖެހިފައިވުމަކީ މައްސަލައެއް ނޫން ކަމަށް އެ އާލައިނުން ބުނެއެވެ.

މިއީ ތާރިހުގައި ވެސް މިފަދަ ކަމެއް ހިންގި ފުރަތަމަ ފަހަރު ކަމަށް ބުނާއިރު ނުބައިކޮށް ނަން ޖެހިފައިވާ މި ބޯޓަކީ 2004 ވަނަ އަހަރުން ފެށިގެން އުދުހެމުން އަންނަ ބޯޓެއް ކަމަށްވެއެވެ.

އެ އެއާލަންނުން ބުނާ ގޮތުގައި މިއީ ގަސްތުގައި ކޮށްފައި އޮތް ކަމެއް ނޫން ކަމަށާއި މިއީ ޕެއިންޓް ކުރުމުގައި ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. ނުބައިކޮށް ނަންޖެހިފައިވާ ބޯޓުގެ ފޮޓޯތައް ދައުރުވާން ފެށުމާއި އެކު މީސް މީޑިއާގައި ވަނީ ބޮޑެތި ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ތިޔައީ ވިޔަފާރީގައި އިސްތިހާރު ކުރުމުގެ އުކުޅުތައް. އެކަންކަން ބޮޑުކޮށްގެން ދައްކާމީހުން މޮޔައީ.