މިއީ އެމެރިކާ އަށް އުފަން އުމުރުން އެންމެ ދެ އަހަރުގެ މެހްލަނީއެވެ. އޭނާގެ ދެ ލޯ އެހެން މީހުންނަށްވުރެ ބޮޑެވެ. އެހެން ނަމަވެސް ވަރަށް ރީއްޗެވެ. ވަރަށް ތަފާތުވެސްތާއެވެ.

މެހްލާނީގެ ލޯ އެގޮތަށް ހުންނަނީ އޭނާއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުންނެވެ. އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އެޒެންފެއިލްޑް ރެއިޖާ ނަމަކަށް ކިޔާ އެ ބައްޔަކީ ލޯ އުފެދުމުގައި ދިމާވާ މައްސަލައެކެވެ. އެ ބަލީގެ ސަބަބުން ލޮލުގެ ކޮރނިއާ އަށާއި، އައިރިސްއަށް ގެއްލުން ވެއެވެ.

އެ ބަލި މެހްލާނީގެ ހުންނާތީ އޭނާގެ މަންމަ ވަރަށް ހިތާމަ ކުރެއެވެ. އެހެން ނަމަވެސް މީހުންގެ ފަރާތުން އެ ކުއްޖާއަށް ލިބެމުންދާ ލޯތްބާއި އަޅާލުން ފެނިފައި އުފަލުން ހިތް ބަންޑުންވާ ވަރުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މެހްލާނީގެ މަންމަ ބުނިގޮތުގައި، އޭނާ ދަރިފުޅާއެކު ބޭރުގައި އުޅޭ ކޮންމެ ފަހަރަކު ދަރިފުޅުުގެ ލޮލަށް މީހުން ބަލާ ތައުރީފް ކުރާތީ ވަރަށް އުފާވެއެވެ. އަދި މެހްލާނީގެ ގަލައިކޮމާ ހުންނާތީ އޭނާ ބޭރަށް ގެންދަނީ އަވިއައިނު އަޅުވާފައެވެ. އެއީ އައްޔަށް އޭނާގެ ލޯ ސަކަރާތް ވެދާނެ ކަަމަށް ބަލައެވެ.

މެހްލާނީގެ މަންމަ ބުނިގޮތުގައި، ދަރިފުޅު ސްކޫލް ފަށައި ކުދިން ދަރިފުޅަށް ބުލީކޮށްފާނެތީ ވަރަށް ބިރުގަނެއެވެ. އެހެން ނަމަވެސް އެފަދަ ގޮތެއް ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި ދަރިފުޅުގެ އެ ލޯބި ލޯބި ދެލޮލުގެ ރީތިކަމުގެ ވާހަކަަތައް ދެއްކުމުން ވަރަށް އުފާވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކުއްޖާއަށް ޖެހުނު ބައްޔަށް އަވަސް ޝިފާއަކަށް އެދެން... ބަލީގެ ގޮތުން ވިޔަސް ކުޑަކުދަ ކުއްޖާއަށް ލިބިދައވާ ދެލޯވް މާޝާﷲ ވަރަށް ވަރަށް ރީތި.... ވވވވ ލޯބި.... އެދެލޮލުގެ ސަބަބުން ބޭބީ ވައްތަރުވަނީ ކިއުޓް ޑޯލްއަކާ....❤

    • މީ

      އާމީން