މަތިންދާ ބޯޓުތަކުގައި އެކި ހާދިސާތައް ހިނގައިގެން ރިޕޯޓްކުރުން މި އަހަރު އިތުރުހެން ހީވެއެވެ. މި އަހަރު މަތިންދާ ބޯޓުތަކުގައި ދިމާވެފައި ވަނީވެސް އާދަޔާ ހިލާފު ކަންތައްތައްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ދާދިފަހުންވެސް، މި ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ.

އެ ހާދިސާއަށް ބަލާއިރު، ރަޝިޔާގެ އެއާލައިނަކުން ދަތުރުކުރި އުމުރުން 32 އަހަރުގެ މީހަކު، މަސްތުގެ ހާލުގައި ހުރެގެން ފްލައިޓް ގޮައްވާލާނެކަމުގެ އިންޒާރު ވަނީ ދީފައެވެ. އެ އިންޒާރާއެކު އެ ވަގުތު މަތިންދާ ބޯޓުގައި ތިބި މީހުން ކޮންމެވެސް ވަރަކަށް ބިރުގަތް ނަމަވެސް، އެ މީހާގެ އަނގަ މައިތިރި ކުރަން އެ ބޯޓުގައި ތިބި ފަސެންޖަރުން ވަނީ ތެދުވެފައެވެ.

ރަޝިއާގެ މޮސްކޯއިން ވްލަޑިވޮސްޓޮކްއަށް ދަތުރުކުރަމުންދިޔަ އެ މަތިންދާ ބޯޓުގައި އިންޒާރު ދިނުމާއެކު، އެތައް ބަޔަކު އެ މީހާ ދެކެ ރުޅިއައެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ، ފްލައިޓް ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހާއަށް ހޭއަރުވާލާ މަންޒަރެވެ.

އެ މީހާއަކީ އެޑްވަޓައިސިން ކުންފުންޏެއްގެ ބޮޑު މީހެއްކަމަށް ވެއެވެ. އޭނާ މަތިންދާ ބޯޓު ގޮއްވާލަން އުޅުނީ ޑިވައިސްއެއް ބޭނުންކޮށްގެންކަމަށް ރިޕޯޓްތައް ބުނާއިރު، އެ މީހާ ހައްޔަރުކޮށްފައި ވަނީ ވްލަޑިވޮސްޓޮކްއަށް ފްލައިޓް ޖެއްސިތަނުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ހައްޔަރު ކުރަން އުޅުމުންވެސް ވަރަށް ގަދަ ދައްކަން އުޅުނު ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު