އެޕަލްގެ އާ ފޯންތަކުގެ ރީތިކަމުގެ ވާހަކަދައްކާލަން އެބަ ޖެހެއެވެ. ފޯނުތަށް ނެރުނީ ދާދި ފަހަކުންނެވެ. މިހާރުވެސް އެ ފޯނުތަށް ގަތުމަށް އެތައް ބަޔަކު ވަނީ ކެތް މަދުވެފައެވެ. އަދި އެ ފޯންތަކުގެ އަގުބޮޑު ވާހަކަވެސް ދައްކާލަން ޖެހެެއެވެ.

އަގުބޮޑު މި ފޯނު ގެންގުޅެމުންދިޔަ ޓައިވާން މީހަކަށް ހިތުން ނުފިލާނެ ވަރުގެ ލަނޑެއް ވަނީ ލިބިފައެވެ. މި މަސް ތެރޭގައި ނެރުނު އައިފޯން ސީރިޒްގައި ހިމެނޭ އައިފޯން އެކްސްއެސް މެކްސްއެއް ގެންގުޅެމުންދިޔަ ޒުއޯ ލިންގ ނަމަކަށް ކިޔާ އެ މީހާ އެ ފޯން ގަނެގެން ފޯން ބޭނުން ކުރަމުންދިޔަތާ މާގިނަ ދުވަހެއް ނުވަނީސް ފޯނު މި ވަނީ ތަޅައިގެން ގޮސްފައެވެ.

އެ ފޯން ތަޅައިގެން ދިޔައީ އޭނާ ފޮޓޯ ނަގަން އުޅުމުގެ ތެރޭގައެވެ.

އޭނާ ބުނިގޮތުގައި، އެ ފޯން އޭނާ ނެގީ ފޮޓޯއެއް ނެގުމަަށެވެ. އެ ފޮޓޯ ނެގުމުގެ ކުރިން އޭނާގެ އަތުން ފޯނު ދޫވީ ކަމަށް ލިންގް ބުންޏެވެ. ބައެެއް ގައުމުތަކުގައި އަދި ވިއްކަމުން ފަށާފައިނުވާ އެ ފޯނު ވެއްޓި ތަޅައިގެން ދިޔައިރު، އެ ފޯނުގެ އަގު 20000 ރުފިޔާއަށް ވުރެ ވެސް ބޮޑެވެ.

މި ނޫނަސް އަލަށް ފޯނު ގަތް އެތައް ބަޔަކަށް މިފަދަ މައްސަލަތަކާއި ދިމާވަމުން އަންނަ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ަީައީސަ

    ނެތީތަ ދެން ލިޔާނެ ޚަބަރެއް؟

  2. އަހްމަދު

    ފޯނުވެއްޓުނީމަ ތަޅައިގެންދާނެދޯ އެއީ އެފޯނުގެފެންވަރުދައްވީމަބާ ނޫނީ ފޯނުގެންގުޅެންނޭނގޭމީހަކުފޯނުގެންގުޅެންޖެހުނީމަ ދިމާވިގޮތެއްބާ؟

  3. ވަގުތު

    މިވެސް ހަބަރެކޯ. އަލަށްތަ އަގުބޮޑެތި ފޯނު ނޫނީ އައި ފޯނު މީހުން އަތުން ވެއްޓި ތެޅެނީ.

  4. އައިފޯން އެކްސް އެސް މެކްސް

    އޭ ކަޑަ ދޯ!!!
    މަ ހީކުރީ ވަރަށް ޓަފު ވާނެ ކަމަށް?

  5. ގަހަ

    ބައެެއް ގައުމުތަކުގައި އަދި ވިއްކަމުން ފަށާފައިނުވާ އެ ފޯނު ވެއްޓި ތަޅައިގެން ދިޔައިރު،

    ބޯ ހަލާކު!!!