އިންޑިއަން އެކްޓްރެސް އަދި ނެށުންތެރިޔާ މަލައިކާ އަރޯރާ އާއި އޭނާގެ ކުރީގެ ފިރިމީހާ އަރްބާޒް ޚާން 19 އަހަރު ވަންދެން އެކުގައި އުޅުމަށްފަހު މި ދިޔަ އަހަރުގެ ތެރޭގައި ވަނީ އެ ދުވަސްވީ ކައިވެނި ނިމުމަކަށް ގެނެސްފައެވެ. ނަމަވެސް ވަރި ވުމަށްފަހުވެސް ދެމީހުން އެކަކު އަނެއްކަކާ ވާހަކަ ދައްކާ ގުޅުން ބަދަހިކޮށް އުޅުމުން، ދެމީހުންކުރެ އެކަކުވެސް އެހާ ދުވަސްވީ ކައިވެންޏެއް ނިމުމަކަށް ގެނައި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ދާދިފަހުން މަލައިކާ މިވަނީ މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއްގެ ގޮތުން ފުރަތަމަ ފަހަރަށް ރޫޅުނު ކައިވެންޏާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

މަލައިކާ ބުނެފައިވަނީ ކައިވެނި ކޮށްގެން އުޅުނު ދުވަސްތަކުގައި އޭނާ އުޅުނީ އެހާ ހަމަޖެހޭ ދިރިއުޅުމެއް ނޫން ކަމަށާއި ނަމަވެސް މިހާރު ވަރަށް ފްރީ ވެފައި މިނިވަން ކަމަށެވެ.

"ވަރަށް އުނދަގޫ ދިރިއުޅުމެއް އަސްލު އުޅުނީ. މީހުންނަށް ހީވެދާނެ ވަރަށް އުފާވެރި ދިރިއުޅުމެކޭ. އެކަމަކު އެ ހަމަ ނުޖެހޭ ދިރިއުޅުން ނިމުމަކަށް ގެނައުމަށްޓަކައި ވަރި ވީ. އަހަރެން ބޭނުން ނުވީ އަހަރެންގެ މުޅި ދިރިއުޅުން އެ ގޮތަށް ނިންމާލަން" މަލައިކާ ބުނެފައިވެއެވެ.

މަލައިކާ އާއި އަރްބާޒް ވަރިވެފައިވީ ނަމަވެސް، އެ ދެމީހުންގެ ދަރިފުޅުގެ ހައްޤުގައި ދެމީހުންވެސް ބަރާބަރަށް އެކަކު އަނެއްކަކު އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެއެވެ. އަދި ދެމީހުންވެސް އެކަކު އަނެކެއްގެ އާއިލީ ބައްދަލުވުންތަކަށް ގޮސް، ކުރިއެކޭ އެއްގޮތަށް ދެ ފަރާތު އާއިލީ ގުޅުންވެސް ބަދަހި ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 3ނިރު

    ޅަކުއްކަޖާ ހިތާވީ އަރުޕިތާއާ ރައްޓެހިވެގެން އަރުޖުން އުޅުނުއިރު އެކަމުގެ ފައިދާ ނެގީ މިއަންހެނާ އަރުޖުން މިހާރު ސަލްމާާާނު ދެކެ އެހާ ބިރުގަންނަނީ ވެސް އެހެންވެ އަަރުޖުން ހުންނަ ޕާޓީއަކަށް ސަލްމާނު ދިޔަސް ފިލަނީ

    • ފަޔާޒް

      ހުވާތަ؟ ކަލޭއަށް ހާދަ ކަންކަން އެނގޭ ދޯ؟ ކަލޭ ކުރިން ރައްޓެހިވިން ދޯ މަލާއިކާ އާއި.

      1
      4