މިއަދު ފެށިގެން މިއުޅޭ ރިޔާސީ އިންތިހާބުގެ ސަބަބުން އަޅުގަނޑުމެން އެންމެންގެ ތެރޭގައިވެސް މިވަނީ "ސިޔާސީ" ފޯރި ހިފާފައެވެ. އެތައް ދުވަހެއް ވަންދެން ދިމާ ނުވެ ހުރި ގާތް ރައްޓެހިންނާއި ދުރުތާ ތިމާގެ މީހުންނާއި މިއަދު ވޯޓް ފޮށި ކައިރިން ބައްދަލުވެ ސަލާން ގަލާން ކޮށްލުމުގެ ފުރުސަތު ވެސް މިއަދު ލިބިދޭނެއެވެ.

ހައެއްކަ އަހަރު ދިމާނުވެ ހުރެ، ދެން މިފަދަ ގާތް ފަރާތަކާ ވޯޓް ފޮށި ކައިރިން ދިމާވުމުން ވަރަށް ގިނަ ވާހަކަ އޮންނާނެކަން ޔަގީނެވެ. ބައެއް ފަހަރު، މިހާ ދުވަސްފަހުން ދެން ދިމާވާއިރު ވަކި ކުރަން ނޭނގޭހައި ވެސް ބޮޑެތި ބަދަލުތައް ހަށިގަނޑަށް އައިސްފައި ހުރެއެވެ. އެކަމަކު މިފަހަރު މިއުޅެނީ ވަރަށް އާދަޔާ ޚިލާފު ކަމެއް ދިމާވެގެންނެވެ. 20 އަހަރު ފަހުން ކުރިން އެކުގައި މަސައްކަތް ކުރި ގާތް ރަހުމަތްތެރިޔަކާ ދިމާވީއެވެ. އެވެސް މިއަދު ވޯޓް ލާން ގޮސް ހުއްޓާ ވޯޓު ފޮށި ކައިރިންނެވެ.

20 އަހަރު ފަހުން ދިމާވެގެން މިއުޅެނީ އަދި އާދައިގެ ބައެއް ނޫނެވެ. އިހުގެ ފިލްމީ ދާއިރާގެ "ކަޕްލް" އެއްގެ ގޮތުގައި މަޝްހޫރްވި އެކްޓަރު އިސްމާއިލް ވަޖީހާއި މަރިޔަމް ޖަމްޝީދާއެވެ.

މިކަން އާންމުކޮށް ވަޖީހު ވަނީ މިއަދު އޭނާގެ ފޭސްބުކް އެކައުންޓްގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ފަހުން ޖަމްޝީދާ ފަދަ ގާތް ކޯ ވޯކާއަކާ ދިމާވުމުން ވަރަށް އުފާވި ކަމަށެވެ.

ވަޖީހު އާއި ޖަމްޝީދާ ދިމާވެފައި ވަނީ މިއަދު މެލޭޝިއާގައި ބަހައްޓާފައި ހުރި ވޯޓް ފޮއްޓަށް ދެމީހުން ވެސް ވޯޓް ލާން ދިޔުމުންނެވެ.

"މިއަދު ވޯޓް ލާން ދިޔައިރު އެންމެ އުފާވީ ގާތްގަނޑަކަށް 20 އަހަރުފަހުން ކުރީގެ ކޯ ސްޓާއެއް އަދި އެހާމެ ރީތި ކުރީގެ ބަތަލާ ޖަމްޝީދާ އާއި ބައްދަލުވީމަ. ވަރަށް އުފާވެއްޖެ" ވަޖީހުއަށް ލިބުނު އުފާވެރިކަން ފާޅުކުރަމުން އޭނާ ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

ޖަމްޝީދާ އާއި ވަޖީހު "ކަޕްލް" އެއްގެ ގޮތުގައި ގިނަބަޔަކަށް މަޝްހޫރް ވެގެންދިޔައީ އެ ދެ ފަންނާނުން އެކުގައި ވީޑިއޯ ލަވަތަކުން ފެންނަން ފެށި ހިސާބުންނެވެ. އޭގެފަހުން މި ދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިނަމަވެސް، އެކަން ވަނީ ކާމިޔާބު ވާގޮށް ނުވެފައެވެ.

ވަޖީހު މިއަދު ބުނެފައިވަނީ އެދެމީހުން އެކުގައި "ރާއްޖެ އަލީ" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ބެލުންތެރިންނާއި ހަމައަށް އެ ފިލްމު އައިސްފައި ނުވަނީ ފަންޑު ނުލިބިގެން ވަކި ހިސާބުން އެ ފިލްމު ހުއްޓާލުމުން ކަމަށެވެ.

ވަޖީހަށް، ކުރިން އެކުގައި އުޅުނު އިރު ބުރުގާ ނާޅާ ހުރި ޖަމްޝީދާ އާއި ދިމާވިއިރު، ޖަމްޝީދާއަށް ވަނީ އެތަކެއް ބަދަލުތަކެއް އައިސްފައެވެ. ކުރިން އޭނާގެ ރީތި ދިގު އިސްތަށިގަނޑުގެ ޖާދޫގައި ޖައްސާ ރާއްޖޭގެ ހުރިހާ ފިރިހެނުން ކަހަލަ ގޮތަށް މޮޔަ ކޮށްލި ޖަމްޝީދާ މިއަދު ވަޖީހު އަށް ފެނުނުއިރު ހުރީ ބުރުގާ އަޅާފައެވެ. މީގެ ކުރިންވެސް ފޮޓޯތަކުން ޖަމްޝީދާ ބުރުގާ އަޅައިގެން ހުއްޓާ ފެނުނު ނަމަވެސް ހަމަ ލޮލަށް އެހާ ދުވަސް ފަހުން ފެނުމުން އަނެއްކާވެސް މި ދެތަރިންގެ ބައްދަލުވުން ހާއްސަވި ސަބަބުތަކުގެ ތެރެއަށް އިތުރު ބޮޅެއް އިތުރުކޮށްލާނަމެވެ.

މިހާރު ޖަމްޝީދާ ފިލްމީ ދާއިރާގެ މަސައްކަތްތަކުން ނުފެނެއެވެ. އެކަމަކު މަދުމަދުން ނަމަވެސް ވަޖީހު އަދިވެސް ފިލްމީ ދާއިރާގެ މަސައްކަތްތަކުން ފެނެއެވެ. އެގޮތުން އޭނާ ވަނީ މި ދިޔަ އަހަރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ދިވެހި ފިލްމު "މީ ލޯތްބަކީ" އިން ޚާއްސަ ފެނިލުމަކުންވެސް ފެނިގެންގޮސްފައެވެ. އަދި އަންނަ އަހަރު ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ ފިލްމު "މާމުއި" ގެ ރޯލަކުން ވެސް އޭނާ ފެނިގެންދާނެ ކަމަށް މީގެ ކުރިން ފިލްމީ ޚަބަރުތައް ވަނީ ބުނެފައެވެ.

ކޮންމެއަކަސް، މިއަދުގެ މި ވޯޓްލުން މިވަނީ ވަޖީހަށާއި ޖަމްޝީދާއަށް ހާއްސަވެފައެވެ. ހަމަގައިމުވެސް މިއަދުގެ މި ބައްދަލުވުން މި ދެ ތަރިންނަށްވެސް ވެގެންދާނީ ކުރީގެ އެކުވެރި ރަން ހަނދާންތައް އާކޮށްލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވޯޓޭ

    ކީކެންެދެން ތިޔައްކިޔާނީ!!

  2. ދީން އެނގޭތަ

    ޙަރާމް ކަންކަން ވަކިކުރން ދަސްކުރޭ . ޢައުރަ އާއި ގައގޯޅިވުމުގެ ހުކުމް

    • ކަލޯ

      ކަލޯ އޮވޭ އައުރަ ބަލަން އަނބިމީހާގެ ކަޅު ފޭލި ދޮށަށް ވަދެ

  3. ޖުމާ

    ޖަމްސީދާގެ އެންމެ ރީތީ އަޑު

  4. އިއްސެ

    ތޯ ކިޔާ.. މޭ ނާނޗޫ..!! ?

    • ??

      ބިލް ކުލް ނެހީ...އާޕް ކީ މަރްޒީ އާޕް ނާޗެ ޔަ ގާއެ ???

  5. ޖ
  6. އަހުމަދު

    ތިޔޮތީވާކަމެއްދިމާވެފަ ދެން މޮޔަވޭ!! ހާދަފޫހިވެޔޭ ފޮނިކަމުން

  7. ޗެރީ

    ދެން ދޭ ކޮފީ އަކަށް، ޔަގީން ދާނެ...

  8. އަލީ

    ކޮންގްރެޓްސް...?

  9. މަރިީ

    ލައްކަ ތާހިރެއްނު؟