ދުވާލު ގަޑީގައި ފިހާރައަކަށް ވަދެ އައިފޯންތަކެއް ވަގަށް ނެގި ހަ މީހެއްގެ މައްސަލައެއް ފެންމަތިވެއްޖެެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހަ މީހަކު ވެގެން ކެލިފޯނިއާގެ ސަންޓާ ރޯޒާ ޕްލާޒާ ޝޮޕިންގ ސެންޓަރުގައި ހުންނަ އެޕަލް ސްޓޯރަކަށް ވަދެ ވައްކަންކޮށް ނަގާފައި ވަނީ ފަހުގެ މޮޑެލްތަކުގެ އައިފޯނެވެ. އެ ފިހާރައިން ވައްކަން ކުރުމަަށްފަހު ހަ މީހުންގެ ތެރެއިން ފަސް މީހަކަށް ފިލުނުއިރު، އެކަކަށް ފިލޭ ގޮތް ނުވިއެވެ. އޭގެ ކުރިން ބަޔަކު ވަނީ އެ މިހާ ހިފަހައްޓާފައެވެ.

މި ހާދިސާ ހިނގާފައި ވަނީ އެޕަލްގެ އާ ޕްރޮޑަކްޓްތައް ފިހާރަތަކަށް ނެރެން ފެށިތާ ދެ ދުވަސް ފަހުންނެވެ. އަލަށް ނެރުނު އެޕަލްގެ ފޯންތަކުގެ އަގުތައް އުޅެނީ 2000 ޑޮލަރަށް ވުރެ މަތީގައެވެ.

އެ މީހުން އެ ފިހާރައަށް ވަދެފައި ވަނީ މޫނު ފޮރުވައިގެންނެވެ.

އެ މަންޒަރު ވީޑިއޯ ކުރި މީހާ ބުނިގޮތުގައި، ހަ މީހަކު މޫނު ފޮރުވައިގެން އެ އެޕަލް ސްޓޯރަށް ވަންނަން ދިއުމުން ކަމެއް ގޯސްކޮށް ހިނގަން އުޅޭކަން އޭނާއަށް އެނގުނު ކަމަށެވެ.

އެތަނަށް އެ މީހުން ވަދެ ވައްކަން ކޮށްގެން ނަގާފައި ވަނީ، އެތަނުގައި ޑެމޯގެ ގޮތުގައި މޭޒު މަތީ ހަރުކޮށްފައި ތިބި ފޯންތަކެވެ. އެ މީހުން އެ ފޯންތައް ވަގަށް ނަގަައިގެން ދިޔައިރު، އެ މީހުންގެ ތެރެއިން އެކަކު ވަނީ ހިފަހައްޓާ ފުލުހުންނާއި ހަވާލުކޮށްފައެވެ.

އެ މީހުން ވަގަށް ގެންދިޔައީ ކިތައް ފޯންކަމެއް އަދި ޔަގީން ނުވެއެވެ، މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަބް

    އެމީހުންގެ ބިޓު ކަޓާތީ ބިޓަށް އައިފޯނެއް ދޭންޖެހުނީ..އޯކޭ ވާނެ??

  2. ޑޮންޑޮން

    ބެގް، ބޮރޯ، ސްޓީލް!!!