ރާއްޖޭގެ އެންމެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) "ކޮށާލާނެ ކަމުގެ އިންޒާރު" މީސް މީޑިއާގެ އެކައުންޓަކުން އޭނާ އަށް ދީފިއެވެ.

ސުނީތާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ އޭނާ އަށް އިންޒާރުދީ މީހަކު ކޮށްފައިވާ މެސެޖެއްގެ ސްކްރީން ޝޮޓެއް ވެސް ހިމަނާފައެވެ. އެމެސެޖްގައި ވަނީ ސުނީތާ ދެން ހިންނަވަރަށް އަރައިފިނަމަ އޭނާ ކޮށާލާނެ ކަމަށެވެ. އަދި އޭނާ ބަރަހަނާ ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މެސެޖްގެ ސްކްރީން ޝޮޓާއި އެކު ސުނީތާ ކުރި ޓްވީޓްގައި ބުނެފައި ވަނީ އޭނާ އަށް އިންޒާރުދީ މެސެޖް ކޮށްފައި ވަނީ އޭނާ ނުވެސް ދަންނަ މީހެއް ކަމަށެވެ. އޭނާ ވެސް އަދި އެހެން މީހަކު ވެސް އިންޒާރު ދޭވަރުގެ ކަމެއް ކުރެވިފައި ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސުނީތާ ބުންޏެވެ. ސުނީތާ ބުނީ މިމައްސަލައިގައި ފުލުހުން ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ނަމަވެސް އިންޒާރު ދިން މައްސަލަ ރަސްމީކޮށް ސުނީތާ ފުލުހުންނަށް ހުށަހެޅި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ސުނީތާ އަށް އިންޒާރު ދިން މައްސަލަ ސިރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް ގިނަ ބަޔަކު މީސް މީޑިއާގައި ދަނީ ފުލުހުންނަށް ގޮވާލަމުންނެވެ. އޭގެތެރޭގައި ރާއްޖެ އިން ބޭރުގެ ބައެއް މީހުން ވެސް ހިމެނެއެވެ.

މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ހަމަސް ދުވަހުގެ ޖަލު ޙުކުމެއް އަންނަ ވަރުގެ ކުށެކެވެ.

ބޮލީވްޑާއި ހޮލީވްޑްގައި ވެސް މަޝްހޫރު ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ސަޕޯޓަރުގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ސުނީތާ ވަނީ ފާއިތުވި ފަސް ވަރަކަށް އަހަރުތެރޭގައި އާންމުންގެ ބޮޑު މަގުބޫލްކަމެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނާޑުވާ

  އަންނި މާލެ އަރައިފި ނަމަ ކަރުބުރިކޮށްލަން ބުނި މަންޖެ ރައީސުލް ޖުމްހޫރިއްޔާ އަރިހުގަ އިއްޒަތުގަ. އެހެންވެ އިންޒާެރު ދިނުމަކޯ މިހާރުގެ އާ ޓްރެންޑަކަށް ވަނީ ތޯއްޗެއް!

 2. އިމް

  މުސްލިމުން އެކަކު އަނެއްކަކަށް ހެޔޮ ނަސޭހަތްދިނުން އޮންނަނީ. މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކުރޭ މުޖުތަމައުވެސް ރައްކާތެރި ކުރުމަށް އިންޝާﷲ

 3. ޢިލޫ

  ތީ މިރާއްޖޭގަ މާ ބޮޑުކަމަކައް ނުވާނެ

 4. އީމް

  މާތްﷲ އެންމެހާ އަނިޔާތަކުން ނުބައިކަމަކުން އަޅުގަނޑުމެނާއި މުޅިމުޖުތަމައު ރައްކާތެރި ކުރައްވަވާށި އާމީން

 5. ފޭން އޮފް ޔޫ ބޯތް

  ސުނީ ޕުރޮޓެކްޓް ކުރަން ޕްރިޔަންކާ އަށް ގޮވާލަން !!!!!

 6. Anonymous

  ފުލުހުން ރޯމާދުވާލު ކަރުބުރިކުރަން ގޮވައިރުވެސް އަޅާ ނުލާތީ ހިތާމަކުރަން. މިކަހަލަ ކަންތަކާހެދި އިތުބާރު ގެއްލިއްޖެ. ކޮންމެވެސް ދުވަހަކުން މިވެރިން ޒިންމާއަދާނުކުރާތީ ބަޔަކު ދައުވާކުރަންފެނޭ.

  1
  1