ކޮންމެ މީހަކުވެސް ސާފް ވައި ބޭނުންވާނެއެވެ. ނަމަވެސް މިއަދު އެފަދަ ވައި ނުލިބޭ އެތައް ގައުމެއްގެ ރައްޔިތުން އެބަތިއްބެވެ. ދުއްވާ އެއްޗެހި ގިނަވެ، އަދި އެކި ކަހަލަ އިންޑަސްޓްރީތަކުން ބޭރު ކުރާ ވިހަ ގޭހުގެ ސަބަބުން އެ ސާފް ވައި މި ވަނީ ތަޣައްޔަރު ވެފައެވެ. އޭގެ ތެރެއިން އެއް ގައުމަކީ ނިއުޒިލޭންޑެވެ. ނިއުޒިލޭންޑްގައިވެސް ވައި ވަރަށް ބޮޑަށް މި ވަނީ ތަޣައްޔަރުވެފައެވެ.

ކުރާނީ ކީއްހެއްޔެވެ. އެ ސާފް ވައި މިއަދު އެ މީހުންނަށް ލިބެން އެެބައޮތެވެ. އެ ލިބެން އޮތީ ގަނެގެންނެވެ. ނިއުޒިލޭންޑުން މިހާރު ދަނީ ސާފް ވައި ފުޅި ފުޅިއަށް އަޅައިގެން ވިއްކަމުންނެވެ. ވެބްސައިޓެއް މެދުވެރިކޮށް ވިއްކަމުން އަންނަ އެ ފުޅީގެ އަގު 98 ޑޮލަރަށް އަރައެވެ.

"ނިއުޒިލޭންޑް ފްރެޝް އެއާ"ގެ ނަމުގައި ވިއްކަމުން އަންނަ މި ސާފް ވައި ގަންނާނެ އެތައް ބަޔަކު ތިބޭނެއެވެ. އެ ވެބްސައިޓުގައި ބުނެފައިވާގޮތުގައި، 5 ލީޓަރުގެ ފުޅިއެއްގައި ވިއްކަމުން އަންނަ އެ ސާފް ވައި ފުޅިން 130 ވަރަކަށް ފަހަރު، ސާފް ވައިގެ ތެރެއަށް ނޭވާ ލެވޭނެއެވެ.

މިގޮތަށް ވައި ވިއްކަން ފެށުމުން ގިނަ ބަޔަކު ހައިރާންވެގެން އެ ވާހަކަދައްކަމުން ދެއެވެ. އެއްބަޔަކު ބުނަމުން ދަނީ މިއީ އެއްވެސް އިރެއްގައި އެމީހުން ގަންނަން ޖެހިދާނެ އެއްޗެއްކަަމަށް ނުދެކޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު