ތިމާގެ ކާމިޔާބީގައި އެހެން މީހުން ބައިވެރިކޮށް، އެހެން މީހުންގެ ހުވަފެންތައް ކުލަޖެއްސުމަށް މަސައްކަތް ކުރާނީ މަދު ބައެކެވެ. ބައެއް ފަހަރު އެ ހުވަފެންތަކުގައި ކުލަޖައްސާނެކަމުގެ ޔަގީންކަން ދިނުމަށްފަހުވެސް، އެ ހުވަފެންތައް، ހުވަފެންތަކެއްގެ ގޮތުގައި، އޮންނަ ފަހަރުވެސް އާދެއެވެ. ނަމަވެސް މިއީ އޭނާގެ ކާމިޔާބީއަށްފަހު، ދިރިއުޅެމުންދާ އަވަށުގެ އުމުރުން ދުވަސްވީ ގިނަ ބައެއްގެ ހުވަފެންތައް ހަގީގަތަކަށް ހައްދައިދިން ޒުވާނެކެވެ.

އިންޑިއާގެ ޕުންޖާބުގެ ވިލެޖަކަށް ނިސްބަތްވާ މި ޒުވާނާއަކީ ޕައިލެޓެކެވެ. އޭނާ ޕައިލެޓަކަށްވުމުގެ ކުރިންވެސް ބުނަމުން ދިޔައީ، އެ އަވަށުގެ ދިރިއުޅެމުންދާ އުމުރުން ދުވަސްވީ މީހުން ގޮވައިގެން ދަތުރެއްކޮށްލާނެ ކަމަށެވެ.

އެހެންވެ އެ އަވަށުގައި ދިރިއުޅެމުންދާ 70 އަހަރަށްވުރެ ގިނަ ދުވަސްވީ މީހުންނާއެކު އޭނާ ދަތުރެއް ކުރިއެވެ. އޭގެ ތެރެއިން ގިނަ ބަޔަކީ މުޅިން އަލަށް ފްލައިޓަށް އެރި މީހުންނެވެ.

އެއް ބަޔަކު ވަނީ ދުވަހަކު އެފަދަ ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިދާނެ ކަމަށް އުއްމީދުވެސް ނުކުރާ ކަމަށް ބުނެފައެވެ. އުމުރުން 90 އަހަރުވީ އަންހެނަކު ބުނީ، ގިނަބަޔަކު އުމުރުން ދުވަސްވީ މީހުން ކައިރީގައި ތަފާތު އެކި ވައުދުތައް ކުރިނަމަވެސް، އެ ވައުދުތައް ނުފުއްދާ ކަމަށާއި، ނަމަވެސް، އޭނާ އޭނާގެ ބަހުގައި ހިފެހެއްޓި ކަމަށެވެ.

އެ ދަތުރުގައި 22 މީހަކު ބައިވެރިވިއެވެ. އެ ދަތުރުގައި އެކަކު އަނެކަކުގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ވާހަކަވެސް ދެއްކި މީހުން މަދެއް ނޫނެވެ. މި އެންމެންވެސް ދަތުރުކޮށްފައި ވަނީ ޕުންޖާބް ސަރަންގޕާރް ވިލޭޖުން އަމްނިސްތާރް އެއާޕޯޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑެ

    ޒުވާނުން ކުރިއަރުވަން މަސައްކަތް މިގައުމުގަ ކުރާގޮތަށް އުމުރުން ދުވަސް ވީމީހުންނަށް ކޮންމެވެސް ކަމެއްކޮށްދެވޭތޯ ބަލަމާ.